ނ.އަތޮޅު ރަށެއްގެ ސުކޫލެއްގެ ގުރޭޑް 9 ގައި ކިޔަވަމުންދާ ކުއްޖެއް ބަލިވެ އިން މައްސަލައެއް ފެންމަތިވެއްޖެ އެެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން އެ ރަށުން ވާހަކަ ދެއްވި މީހަކު ބުނީ، ރަށު ތެރޭގައި އެފަދަ މައްސަލައެއް ފެންމަތި ވެގެން އުޅޭ ކަމަށާއި، އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް އެކަން ބެލުމަށް، އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް އެކަން ބަލަމުންދާ ކަމަށް އޭނާ މަޢުލޫމާތު ދިނެވެ.

އިތުރަށް މަޢުލޫމާތު ދެމުން އޭނާ ބުނީ، އެއްވެސް މީޑިޔާ އަކަށް އެ މަޢުލޫމާތު ނުދެން، އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެރަށު ސުކޫލަށް އަންގާފައި ކަމަށާއި، ސުކޫލުގެ ހިންގުންވެސް އެހެން މީހަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް "ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސުކޫލުގެ ހިންގުން އެހެން މީހަކާ ހަވާލުކޮށްފައިވަނީ، ސުކޫލާއި ހަވާލުވެހުރި ފަރާތް ޗުއްޓީ ނަންގަވަން އުޅޭތީއެވެ.

އެރަށު ކައުންސިލްގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކުވެސް ވަނީ، އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާކަމާއި، ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ މައްސަލަ ބަލަން އެ ރަށަށް ދިޔަ ކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އަދި މައުލޫމާތެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޖަޒީރާ ރާއްޖޭގެ ޙާލު

  ޖަޒީރާ ރާއްޖޭގައި ބަނޑު ބޮޑު ކުރާނެ ގޮތް ކޮންމެ ދަރިވަރަކަށް ވަކިން ކިޔާދޭނެ. ބަނޑު ބޮޑޫވާން ބޭނުންވާ ކުދިންނަށް އެ ޙައްޤު ހޯދާދޭނެ.

  82
  54
  • ސުއިޓީ

   ރާއްޖޭގައި މިހާތަނައް ރަށްމެދަށް ވިހޭ މީހަކު ވިހެއީ ތިޔަ "ޖަޒީރާ ރާއްޖެ" ވުޖޫދަށް އައި ފަހުން.

   38
   35
 2. ތީބޭކާރު އަމަލެއްތާ

  ޤޮތެއްފޮތެއްނެތި އެޅެނީ

  73
  7
 3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ޖަޒީރާގަ ކުދިން އުޅޭނީ ތިހެން.. ތި ވިސްނުން މިރާއްޖެއަށް އާންމުކުރުމަށް މީހަކު ހޭބޯނާރާ މިނިވަންކަމާއެއު ކޮންމެރެޔަކު އެވާހަކަ ދައްކަނީ.. އެހެންވީމަ މިޔަދު އެމީހުން ތިކަމާ ފިސާރި އުފާކުރާނެ..

  92
  41
 4. ޔާމީން

  ކޮބާހޭ އަންނި ބުނި ބާތު ކޮންޓުރޯލު؟ އެ ބޭނުންކުރަން ހަނދާން ނެތުނީހޭ! އެ ބޭނުންކުރިނަމަ ފަހަރެއްގަ.ސަލާމަތްވެވިދާނެޔޭ! ތީކީ މިހާރު މާކަ ބޮޑު މައްސަލައެއް ނޫނޭ! ޖަޒީރާ ރާއްޖޭގަ އޮރިޔާމުން ފަރަންޖީންނަށް ބީޗްތަކުގަޔާއި ގޭގެ އުނދޯލިމަތީގަޔާ އެއް އިރެއްގަ އެހާ ހިތްގައިމު ރާއްޖެތެރޭ މަގުތަންމަތީ އުޅެވޭއިރު، ޒިނޭކުރުމަށް ހިތްވަރުދޭ ހިތާ ހިތުގެ ގުޅުމެއް އޮންނަ 2 ދުވަހު ގައުމުގަ ވެރިކަންކުރި ކުރީގެ ރައީސުން މިފަދަ ކަންކަން ބަލައިގަންނަނީ އެޖެންޑާ 20ގެ ދަށުން. މިފަދަ ކޮންމެ ޚަބަރަކީ އެވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަޚުރަކަށް ނޫނީ ނުވާނެ! ދިވެހިންނޭ! ކޮޑުހުޅުން ނެއްޓެންދެން އަތްޖަހާ! ފަރަންޖީ ޖަޒީރާ ރާއްޖޭގެ ފަރަންޖީކަން މިއަދު މި ފެނިގެންދަނީ މިހާ ކުރު މުއްދަތެއްގެ ތެރޭގަ! ދެން އެ މަންޖެ ވިހައިގެން ދަރިފުޅު ބޮޑުވީމަ އެކުއްޖާގެ ބައްޕައާ ކައިވެނި ކޮށްލީމަ އެއްކަލަ ލާދީނީ ފަރަންޖީ ހިއުމަން ރައިޓްސް އޮންނާނީ ދޮންވެ ފައްކާވެފަ! ސާބަހޭ ދިވެހިންނޭ! މިފަދަ ބަޔަކަށް ވޯޓުދީފަ ބަހައްޓާ! ވެލްކަމް ޓު ޖަޒީރާ ރާއްޖެ!

  112
  31
 5. ހެހެ

  ޖަޒީރާ ރާއްޖޭގެ ކަންކަން ހިނގާނެ ގޮތް.

  77
  21
 6. އެލެކްސް

  ރަށެއްގައި މީހަކު ބަލިވެ އިންވާހަކަ ހާސްކަމާއި ކަންބޮޑުވުމާއި އެކު ދެއްކުމުގެ ބޭނުމެއް ނެތް މިރާއްޖޭގެ މިހާރު ހުރި އެންމެ ބޮޑު ފާދިރީ އަކީވެސް ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބުނެ މައްސަލަ ބަލާފައިވާ ފަރާތެއްކަމަށް އަޑުތައް ފެތުރިފައި ވޭ އަދި ހަމަ ކުޑަ ކުދިންމާއި ބޮޑެތި މީހުންވެސް ވިހަންބޭނުން ނުވާނަމަ ނުވިހާ އޮޕަރޭޝަން ކުރަން ސަރުކާރުން ބާރުއަޅާ ހުއްދަ ދޭންކެހޭ ކަމަށް ބުނެފައިވޭ ވީމާ ޖަޒީރާ ރާއްޖޭގައި އެޖެންޑާ19 ހިންގާ އިރު ތިޔަ ވަރުގެ ކަމެއް ހިގާފާނެ.

  88
  21
 7. ޖަޒީރާ

  ދެރަނިކަމެތި އާއިލާއަކަށް ނިސްބަތްވާ މީހަކު ކުރިކަމެއްނަމަ. ބުރިން ހަންދަމާނެ. އެކަމަކު ހޯރަ އިއްބެމެން ކަހަލަ ގޮލައެއް ވެއްޖެޔާ ދޫކޮއްލާނެ. އެއީ ޒީރޯ ޓޯލަރެންސްގާ ހޯދައިދޭ ޖަޒީރާވަންތަ އިންސާފް

  100
  9
 8. ދެއުޅި ރައީސް

  ހާސްނުވޭ ޑިމޮކްރަސީ އޭ އަޑު ގެ ނެއްތަނައް ގޮވާ މީހާ އެ މަންޖެ އާ އިންނާނެ

  52
  9
  • ސުއިޓީ

   ކޮބައިތޯ އެ މަންޖެގެ މައިން ބަފައިން. އެމީހުންގެ ޒިންމާ ނެތީތޯ؟

   39
   6
 9. Anonymous

  ދެން އަތް ޖަހާ ،ދެން އަތް ޖަހާ، ދެން އަތް ޖަހާފަ އެންމެން ހިނިގަޅަބަލަ، ކޮން ޖަޒީރާ އަކާ ބެހޭކަށް ދެން،

  8
  15
 10. ދޮށިކޮއި ޢަލީގެ މުޙައްމަދު

  އެވާނި ކުރީ ސަރުކާރުގެ ދަރިޔަކަށް މިސަރުކާރު އައިފަހުން އަދި މިއުޅެނީ 100 ދުވަސްވެސް ނުފުރިގެން އެހެން ވީމާ އިބޫސޯލިހުވާނީ ދޮންބައްޕައަށް

  17
  9
 11. ޢަންނި

  މިދެނަ ކިހާބޮޑު ކަމެއް.. ބަލަ ޖަޒީރާ ރާއްޖެ ގެނަ ފަހުން ދޯ ރާއްޖޭގަ 18 ނުވާ އަންހެނަކު ނަހަލާލަށް ބަލިވެ އެއިނީ... މީގެ ކުރިން މިރާއްޖެ މީހުން ނުދަންނާނެ ޒިނޭ އެ ކޮންޗެއް ކަން ވެސް... ކަމެއްވާއިރަށް އަންނި އޭ ޖަޒީރާއޭ ކިޔައިން އަނގަ ފުޅާ ނުކޮއްބަލަ ހެޔޮނުވާނެ... ޢަންނި ތަ ގޮސް އެކުއްޖާ ބަނޑުބޮޑު ކޮއްލީ..؟؟

  30
  24
 12. ގުންޑާ

  ހިތާމަހުރި. މިތާ ކޮމެންޓް މި ކުރާމީހުން ކަންކަން ދެން މިކުރަނީ ސިޔާސީ. މިއީ ލޮލަށްނުފެންނަ ކަނު އަޑު ނީވޭ ބީރު ބަޔެއްކަހަލަ. ތާއީދު ކުރަންޏާ ކޮންމެ ކަމެއްވެސް އޯކޭ އެހެންނޫނީ ހުސް ގޯސް. މިސާލަކަށް ކުއްޖާގެ ބަނޑަށް 5 މަސް ކަމުގާވާނަމަ އެއީ ޔާމީނު ނުވަތަ ޕީޕީއެމްގެ ވެރިން ކުރިކަމަކަށް ވާނެތޯ؟

  15
 13. ކަމަނަ

  ޥަކިބަޔަކު ވެރިކަމުގަ ތިބެގެން ވާކަމެއް ނޫން އެއީ އިސްލާމީ ތަރުބިއްޔަތު ނުދެވި ގޭގޭ ސިޓިންރޫމް ތަކުގަ ދރިންނާ މައިން ބަފައިން ތިބެގެން ބަލާ ފިލްމުތަކާ ދައްކާ މަންޒަރު ތަކުގެ ނަތީޖާ އެ ފެންނަނީ

  18
  2
 14. ޖިލޭބީ

  ހުރިހާކަމެއް ސިޔާސީ ނުކޮށްބަލަ ތިމީހުން. އެމަންޖެ މި ޚަބަރު ކިޔާފަ މީހުންގެ ތިކަހަލަ ކޮމެންޓިުތައް ކިޔާފަ ކީކޭ ހިތަށް އަރާނީ. ރާއްޖޭގެ ގިނަ އަންހެން ކުދިންނާ ރަށްރަށުގަ ގުޅުން ހިންގަނީ އެކުދިންގެ ނުރުހުމުގައި. ރަނގަޅަށް ބަލާލާއިރު އެކުއްޖާއަށް ފެނާ ތެލާ ވަކި ނުކުރެވެ އިރުއްސުރެ މީހަކު އޭނަޔާ ބެހެމުން ދާނީ. ހަމަ ކަމެއްވާއިރަށް ޖަޒީރާއެކޭ ޔާމީނެކޭ ގޮވާނުހަދަބަލަ. މީގެ އަނެއްކޮޅަކީ އެވެދާނެ ހަމަ އޭނާގެ އަޚުލާޤެއް ނެތީކަމަށްވެސް. އެކަމަކު ތިތަނުން އެކަކަށްވެސް ލިބިދޭ ހައްޤެއްނޫން އެކަމާ އެއްޗެކޭ ކިޔުމަކީ. ތީ ޚިޔާލު ފާޅުކުރުމެއްނޫން. ތީ ޑިޕްރެޝަންގެ މައްޗަށް ޑިޕްރެޝަން އިތުރުކުރުން.

  16
  1
 15. ޭދެންމާ ސިޔާސީ

  ޔާމީންގެ ސަރުކާރުގައި ވެސް މިކަހަލަ އެތައް ކަމެއް ހިނގާފައިވޭ، އެކަމް އެއީ ޔާމީން ކުރި ކަމެކޭ ބުނެވިދާނެތަ؟ އެހެންވީމަ މިކަމާ އިބޫއާއި ކޮންކަމެއް. ތިއިން މީހެއްގެ ދަރިއަކަށް އެކުއްޖާ ވީނަމަ ބުނާނީ އިބޫއޭތަ އެހެން ހެދީ އެކުއްޖާއަށް. ކޮންމެ ކަމެއް ސިޔާސީ ނުކޮއްބަލަ. ރާއްޖޭގަ އެކަންޔެއް ނޫނޭ ސިޔާސީ ކަންކަން އޮއްނަނީ. ޢެކަމް މިވަރެން ނޫންކަންނޭގެ.