ޕީއެސްއެމްއިން އިންތިޒާމުކޮށްގެން ގެނެސްދޭ މަޖިލިސް ބަހުސްގެ ތެރެއިން، މިއަދު ކުރިއަށް ދިޔަ ވިލިނގިލި ދާއިރާގެ ބަހުސްގައި ބައިވެރިވި، ޝަހީބް އިބްރާޙިމް، އެންމެ ފުރަތަމަ ލިބުނު ފުރުޞަތުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވަގުތުން މިނިވަން ކުރެއްވުމަށް ގޮވާލައިފިއެވެ.

މިއީ މަޖިލިސް ބަހުސްގައި ރައީސް ޔާމީން މިނިވަން ކުރުމަށް ކެންޑިޑޭޓަކު ގޮވާލި ފުރަތަމަ ފަހަރެވެ.

ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝަހީބު ވިދާޅުވީ، ޙިމާޔަތްކުރަންޖެހޭ އެއްވެސް ވިޔަފާރިއެއް ނޯންނާނެ ކަމަށާއި، ދާއިރާގެ ރަށްތަކަށް ތަރައްޤީ ގެނައުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ޙިމާޔަތްކުރަންޖެހޭ އަމިއްލަ ވިޔަފާރި އެއް ނޯންނާނެ. ވިލިނގިލީގެ ތަޞައްވަރު ވަރަށް ފުރިހަމަ. އަޅުގަނޑު އިސްކުރާނީ ރައްޔިތުންގެ މަޞްލަޙަތު. އަޅުގަނޑު ބޭނުން ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅިގެންދާން. އަޅުގަނޑު ބޭނުން ކޮލަމާފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް އޮންނަން. އަޅުގަނޑު ބޭނުން ކޮލަމާފުށީގައި ޒަމާނީ ފެންވަރުގެ މަގުތަކެއް ހެދިގެންދާން." ޝަހީބު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝަހީބު ވިދާޅުވީ، ރައްޔިތުންގެ ހައްޤުގައި އަންނަ ކޮންމެ ބިލަކަށް ފުރިހަމަ އަށް ތާޢީދު ކުރައްވާނެ ކަމަށާއި، އެކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވާނެ ކަމަށެވެ.

"މިކަންތައްތައް މަގުފަހިކުރުމަށްޓަކައި އަޅުގަނޑު ސަރުކާރާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމަށް އަޅުގަނޑު ހަމަ ތައްޔާރު. އެންމެ ފުރަތަމަ އެމް.ޑީ.ޕީ ކެނޑިޑޭޓުންނަށް ވުރެ ކުރިން އަޅުގަނޑު ސަރުކާރަށް ތާޢީދު ކުރާނަން. ރައްޔިތުންގެ ހައްޤުގައި އަންނަ ކޮންމެ ބިލަކަށް، އެކަމަށްޓަކައި ވާންޖެހޭ ކޮންމެ ޤުރުބާނީއެއް ވެސް އަޅުގަނޑު ވާނަން." ޝަހީބު ވިދާޅުވިއެވެ.

ޝަހީބް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ، ޕްރޮގްރެސިވް ކޯލިޝަންގެ ފުރިހަމަ ތާޢީދާއި އެކުގައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާން

    ބޮޑެތި ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ދޫކުރުމަށް ގޮވާނީ ތަސައްރަފު ނުފުދޭ ގަބު މީހުން.

    4
    18
  2. ޕީޕީއެމް

    ޔާ ﷲ، ޝަހީބަށް މި އިންތިޚާބު ފަސޭހަކަމާއިއެކު ކާމިޔާބު ކުރެވުމުގެ ހެޔޮ ތައުފީގު މިންވަރުކޮށްދެއްވާނދޭވެ! ލާދީނީ ބައިގަނޑު ބޮޑުތަނުން ބަލިކޮށް އިބަސުވާމީންގެ ބަރަކާތުން މި ބިން އަބަދުމެ އިސްލާމް ކަންމަތީ ލަހައްޓަވާނދޭވެ!
    މިނިވަންކަމުން، އަޅުވެތިކަމަށް،
    ދާނަންހޭ، ނުދާނަމޭ!

    15
    5
  3. ނަޖީބު

    ޟިމދެންކާކު ވާއެއްނުވާއެއް ނޭގިގެން އުމުރުދުވަހު މަސައްކަތްކޮށް ދެފައްގަނޑު ކޮނޑުގައޖަހާ ނުލެވުނު ގަމާރެއް ވަނުވާނޭނގޭތީ އމްއެންޑީއެފް އިންވެސް ބޭރުކޮށްލީ

    2
    10
  4. ޏަމްނަމް

    އެހެން ވިއްޔާ ތިވީ ވަރައް ބޮޑުވަރު ތި ހޮވުނީ ދެން ވަގެއް ދޫ ކޮއްލައިގެން.

    5
    8
  5. ރާޅު

    އޮތީ ދޫކޮށްލާފަ ! ދެން ދޭމަހަަށް.....

    1
    3