ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންގެ ކައިރީގައި އެމްޑީޕީން ވެފައިވާ ގިނަ ވައުދުތައް މިހާރު ފުއްދިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޔާޒްގެ ކެމްޕޭން އެއްވުމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރިކަމަށް އައުމަށްޓަކައި ވެފައިވާ ގިނަ ވައުދުތައް ފުއްދިއްޖެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެހެން ވިދާޅުވުމަށްފަހު ދެން އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދުތަކާއި ތައުލީމީ ދާއިރާގެ ވައުދުތައް ވެސް ފުއްދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މިހާތަނަށް ފުއްދުނު ވައުދުތައް ކަމަށް ވިދާޅުވެ ރައީސް ފާހަގަ ކުރެއްވީ ކިޔަވާ ކުދިންނަށް ނާސްތާ ދިނުމާއި މަތީތައުލީމް ހާސިލް ކުރާ ފަރާތްތަކަށް ހިލޭ ކިޔަވައި ދިނުމުގެ ވައުދެވެ.

"މިއަންނަ ޓާމް ފެށޭއިރު ހުރިހާ ސްކޫލެއްގައި ވެސް ނާސްތާ ބޭނުންވާ ހުރިހާ ކުދިންނަށް ނާސްތާ ލިބޭނެ. މަތީތައުލީމް ހާސިލް ކުރުމަށްޓަކައި، އިތުރު ޚަރަދެއް ނުކޮށް ރާއްޖޭގައި ތިބެގެން މަތީތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ވަނީ މިހާރު ފަހިކޮށްދެވިފައި. މަތީތައުލީމަށް 240 ލޯނު ވަނީ ހުޅުވާލެވިފައި." ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ހުޅުމާލެއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ހުޅުމާލެ ތަރައްޤީ ކުރަން ފެށި މަޤުޞަދު ހާސިލެއް ނުކުރެވޭ ކަމަށެވެ. "މަޤުޞަދު ހާސިލް ނުވާގޮތައް މީގެ ކުރިން ސަރުކާރުން ވަނީ އެތައް ކަމެއް ކޮށްފައި. މިހާރު ތިންބައިކުޅަ ދެބައި މީހުން ދިރިއުޅެނީ ގްރޭޓާ މާލޭ ސަރަހައްދުގައި. މިގޮތައް ދާނަމަ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ދިރިއުޅޭނީ މާލޭގައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އުޅުނު އިރު ރައްޔިތުން އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި އޮތީ ބޯހިޔާވަހިކަން ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް އައިއިރު ވެސް ބޯހިޔާވަހިކަން ބޭނުންވަނީ ކިތައް މީހުން ކަމެއް ބެލެވިފައެއް ނެތް ކަމަށެވެ. "ނަމަވެސް މިހާރު އެދިރާސާ އެދަނީ ނިމެމުން. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ކިތައް މީހުން ކޮން ސަރަހައްދުތަކުގައި ކަން އެނގިގެން ދާނެ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ އެންމެންނަށް މި ފަސް އަހަރު ނިމިގެން ދާއިރު ބޯހިޔާވަހިކަން ލިބިގެން ދާނެކަމުގެ ކަށަވަރުކަން ރައީސް މިރޭ ވެސް ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެށިފަހި ނުވަތަ ހިޔާ މަޝްރޫޢުގެ ދަށުން ނަމަވެސް ގޯއްޗަކަށް ނުވަތަ ފްލެޓަކަށް އެދިފައި ތިބި އެންމެންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. މިސަރުކާރުން ފަށާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢު ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިފްތިތާހް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

ކޯލިޝަންގެ އެއްވެސް ބައިވެރިޔަކަށް ދެރަގޮތެއް ނުވާނެ ކަމަށައި އެއްވެސް ބަޔަކު ބާކީއެއް ނުވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ. "އަޅުގަނޑުމެން ވެރިކަމަށް ވައުދުތަަކަކާއި އެކު. މިވައުދުތައް ފުއްދުމަކީ އަޅުގަނޑާއި އަޅުގަނޑުގެ ބައިވެރިން ކުރަން ޖެހޭކަމެއް. އަޅުގަނޑުގެ ވާޖިބެއް މިވައުދުތައް ފުއްދުން އެއީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައުދުތައް ފުއްދޭނީ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

 1. ރަސިދު

  އަވަހައް ފައިބާ ، ހަމަ ހެއިގަތޯ ތިހުރީ

  76
  1
 2. ާއަހުމަދު

  ސޯލިހުގެ ވައުދުތައް ފުއްދިއްޖެ އަވަހަށް އަންނިއާ ހަވާލުކުރޭ

  58
  6
 3. ދޮނަބެ

  މިކަހަލަ ނާގާބިލު މީހުން ވެރި ކަމައް އާމަ ވާނެ ހައެތި މަިވަނީ

  73
  1
 4. ކެޔޮޅު

  ވައުދުތައް ތިޔަފުއްދުނީ ހުވަފެނުން ތިކަންކަން ފެންނާކައް ނެތް ފެންނަންހުރީ އަދިހުޅުވަމުންދަނީވެސް އަދި ޔާމީނު ކުރިކަންކަން ރަނގަޅައް ލޯހުޅުވާފަ ބަލާލަބަލަ؟

  79
 5. ގޑ

  ފަރްޟު ފަސް ނަމާދަށް މިސްކިތަށް ދިއުމަށް ވީ ވަޢުދު ފުއްދޭބާ. އިސްލާމް ދީނަށް ޙުރްމަތްތެރިކޮށް ހިތަން ވަޢުދީ ވި. އެވައުދު ފުއްދޭބާ

  73
  1
 6. ކިނބޫ

  ދެން އޮށޯވޭ. އެއް ނަމްބަރު ރައީސް ދެން އޮތް ބައި ކުރިއަށް ކުރިއަށް ބާރަށް ގެންދާނެ. ނިމުނު ކަމެއް ފެންނާނީ ކޮން ތަނަކަށް ގޮސް ހޯދާ ބެލީމަތޯވެސް ބުނެލަދީފަ އޮށޯންނާނީ އިނގޭ.

  65
  1
 7. ބުރޯ

  ގައުމަށް އައި ބަދަލެއް ތަރައްގީ އެއް ނެތް ވައުދު ފުދިއްޖެ . މާނަޔަކީ މިގައުމުރެ ރައޔިތުންގެތެރޭ ގިނައީ ތަންދޮރު ނުދަންނަ ޖާހިލުން ބާ ؟ ތިޔަ ވިދާޅުވުމުން މާނަކުރެވޭ މިގޮތަށް.

  72
 8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ރައްޔިތުންގެ ސިކުނޑިކާން ކަލޭ ވި ވައުދުތަކުން ނަމެއްގަ ތި ފުއްދި ވައުދުތަކުން ރައްޔިތުންނަށްވި ފައިފާއެއް ކަލޭ މަށަށް ބުނެދީބަލަ!

  63
 9. އަމީރު

  ހުދު ލައިންތައް ރީނދުލަށް ބަދަލުކުރުން. މާރބްލްތައް ތަޅައިލުން. ދީނަށް ފުރައްސާރަކުރުން ޢާއްމުކުރުން. ދީނީ ދަރުސް ދިނުަމަށް ހުރަސްއެޅުން. ގޮތްނޭނގޭ އަދި ކުއްލި މަރުތައް ގިނަވުން. ވައްކަމާ ފޭރުން އިތުރުވުން. އަުވާނުންނަށް ނުޙައްޤުން ފައިސާ ދިނުން. އިންޑިއާގެ އުނގަށް ވެއްޓުން. އިޤތިޞާދީ ޗައިނާ އާ އޮތް ގުޅުން ހީނަރުކޮށް ތަރައްޤީ ފަހަށް ޖެއްސުން. ރާއްޖޭގެ އިސްތިޤުލާލް ނުރައްކަލަށް ހުށަހެޅުން. ޢަރަބިއްޔާ ސްކޫލް ހީނަރުކޮށްލުން. އަދިވެސް ވަރަށް ގިނަ ކަންތައް ކޮށްދެވިއްޖެ. ޝުކުރިއްޔާ ރައީސް

  82
 10. Anonymous

  ދެން ގެއަށްދޭ. އެހެން މީކަހަކަށް ފުރުސަތުދީ. ފޭރުނު ވަރުން ވާނެކަމަށް ތިވީ.

  67
 11. ދިސްވޭއޭ

  ވެރިކަމަށް އަންނަންވި ގިނަ ވައުދުތައް ފުއްދިއްޖެ ކަމަށް ރައީސް އިބޫ ބުނި ނަމަވެސް އެއީ ކޮން ވައުދެއް ކަމެއް ރައްޔިތުންނަށް ނޭގެއޭ ރައްޔިތުން ނުބުނޭ ދޯ އިބޫ ގާތު އެމެން މިއުޅެނީ ކާން ނުލިބިގެންނޭ އެމެންގެ ދަރިންނަށް ހެދުނު މުޅަ ތަކެތި ކާންދޭށޭ ރައްޔިތުން އެދޭ ކަން އެއޮތީ ވަރަށް ސާފުކޮށް އިނގެންއޭ 35 ހާސް މީހުން އެއޮތީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައި ހުޅުމާލޭން ދޭންވީއޭ 50 ހާސް ގޯތި ކޮންމެ ގޯއްޗެއްގައި 2 ހާސް އަކަފޫޓް ހުންނަ އުސޫލުން އެއިރުން އެއީ ވައުދު އެމްޑީޕީގެ މެނިފެސްޓޯ އާއި އެއްގޮތަށް ފުއްދުމަކީ ރައީސް އިބޫވައުދު ފުއްދައިފީމޭ ބުނާނީ އަމިއްލަ އަށް ނޫނޭ އެވާހަކަ ދައްކަން ޖެހޭނީ ތާރޑް ޕާރޓީ އަކުންނޭ އެއީއޭ އެކަން އޮންނަ ގޮތަކީ،...

  54
 12. ޒައިދު

  ޢިންޑިޔާއާއިއެކު ހަދާފަވާވަގު ޑީލްތައް ފަޅާއަރާދުވަސްވެސް ވަރައްކައިރިވެއްޖެ.

  71
 13. އަބުދުއްލޯ

  އެމީހެއްގެ ގާބިލު ކަން ހުރި ވަރުން އެމީހަކައް ކަން ތައް ކުރެވޭނީ އޯކެވާނެ މިހާރު އިސްރިއުފަ ދިނީމަ އިރުރައް ލަދެއްގަ ނުބެދެ ނީސް

  65
  1
 14. އަހަންނަކީ އަހަރެން

  މަނިކުފާނުއައް ފުއްދުނު ވައުދަކީ އެމްޑީޕީ މީހުން އުފާކުރަން ބައެއް ވިޔަފަރި ކުރާމީހުންނަށް ކުއްޔަށް ދީފަހުރިތަންތަނުން އެމީހުން ނެރެން ތާކުން ތާކުނުޖެހޭ ހަރުކަށީ މުޑުދާރު ފައްތޫރަ ފޮނުވުން' މަނިކުފާނުގެ އޮފީހުގެ އިސްވެރިން ލަށްވާ އެމީހުންގެ އާއިލާ އައްބިރުދެއްކުން'

  65
  1
 15. ދޮންބެ

  ކަލޭމެންނަށް ވެރިކަން ލިބުނުއިރުވެސް ހުރީ ވަޢުދުތަށް ފުދި އުތުރިއަރާ ބަންޑުންވެފަ. ކުރެވުނުކަމަކީ ޑެޕިއުޓީ މިނިސްޓަރުން ގިނަކުުރުމާ ރިޔާރީ ކޮމިޝަންތަށް އުފެއްދުން.

  69
  1
 16. އޮރެންޖު

  ދެން ކީއްކުރަންތަ ވަޢުދު ފުއްދަން މަޖްލިސް ހޯދަން މިއާދޭސް ކުރަނީ. ޥަގު ކިނބޫ....

  24
  1
 17. އާމިނާ

  ފުލެޓާގުޅޭގޮތުން އަޅުގަނޑުގެ ހިޔާލަކީ ފުލެޓު އަޅާއިރު އެޕާޓްމަންޓްގަ ނަމާދުގެޔެއްވެސް އިތުރުކުރަންޖެހޭ. މީ މުސްލިމުން. އަދި ޤިބްލައަށް ކުރިމަތިވާގޮތަށް ނުވަތަ ފުރަގަސްވާގޮތަށް ފާޚާނާ ނުބަހައްޓާ ގޮތަށް އެޕާޓްމަންޓްތައް ޑިޒައިން ކުރެވެން ޖެހޭ! އަދި ސްޕޭސް ލިބޭގޮތަށް ބޮޑެތިއެޕާޓްމަންޓް ތަކެއް ތަރައްގީކުރަންވީ. ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސްނުކޮށް ބިންބޮޑެތި މީސްމަދަސް ގިނަޔަސްް ބިންބޮޑެތި ރައްރަށަށް އިސްކަންދޭވީ. ބިން ހިއްކުމަށް އެތަކެއް ހަރަދުތަކެއް ނުދުއްވަންވީ.

  11
 18. ޗިއްލޫ

  ކޮބާ ކަރަންޓް ބިލު ގެއަގު؟؟؟ ކޮބާ ކޮންމެ ދަރިވަރަކަށް ހެދުނުގެ ނާސްތާ؟؟؟ ކޮބާ ދަރިވަރުންގެ ސްކޫލްދަތުރުގެ އަގު؟؟؟ މިހެންގޮސް ކީދާނެ 100ދުވަސްތެރޭ ކުރަންބުނި ކިތަންމެ ކަމެއް، އަމާބުނީތީ ފަރަށްދާއުސޫލުންތޯ ކުރީ ވެރިކަމަށް އަންނަން ވައުދު ވިއިރަކު ނުބުނޭ މާލޭގެ ރައްޔިތުންނަށް އެކަންޏޭ މިކަންކަންކޮށްދޭނީކީ!!!

  17
  1
 19. ޖޮއްބެ

  ހޫނ މިހެންވެގެނޭދޯ މިކަލޭގެ ރައީސް ކަމުގެ ދައުރެއް 5 އަހަރަށްވީމާ ދިގުވެގެން އުޅުނީ؟ ބަލަ މޮޔަޔާ އަދި ހަމަ ކުރެވުނުހާ ވެސް ކަމަކީ ކަމިޝަން ތަކާ ކޮމެޓީތައް ހަދާ އެތަންތަނަށް ރީނދޫ ޕަޕެޓުން ލެއްވުން. މިމީހާއަކީ ދުވަހަކު ވެސް ހިންގުމުގެ ދާއިރާގެ ވަޒީފާއެއްވެސް އަދާކުރި މީހެއް ނޫން ދެން ކޮން ވެރިކަމެއް ކުރެވޭނީ؟ ދެން އަވަހަށް އިސްތިޢުފާދީފަ ހިންނަވަރަށް ކަނޑާލާ.

  17
 20. ބޮއްބޮ

  ހެހެހެހޭ އެކަމަކުވާ ސޯލިހޫ....!!! ބަލަގަ ވަޢުދު ފުއްދުނު ކަން ނުވަތަ ނޫންކަން ބަލާނީ ރައްޔިތުންނޭ. ނޫނޭ ކަލެއަކީ ހަމަ ކައިރީގައި ހުރެގެން ސެލްފީއެއް ނެގުން ނޫން ކަމަކަށް ކަމުދާމީހެއްނޫން.

  17
  • ޕްރައިވެޓް

   ސެލްފީ ނަގަންވެސް ކަމަކު ނުދޭ

 21. މެދުބެ

  ޜައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަލަތަށް ދެން އައްނަ ސަރުކާރަކުން ފުއްދާނެ . ދެވެރިން ވެގެން ވިލާތަށާއި އުތުރު ކަރަޢަށް ގޮސްލާ ހެއްދެވީމަ އެވީ، ހައްޓަށް އުފާލިބިގަނެ ތިބީމާ ފަހުލަވާނުން އަތްޖަހަ ޖަހާ ތިބޭނެ.

  14
 22. ކެޔޮޅު

  ސޯލިހުގެ ލަދުގެ ކަންފުޅެއްވެސް ހުރިނަމަ އިސްވެ ވައުދުގެ ވާހަކަ ނުދެއްކީސް އެއިރުވެސް އަހަރެމެން ކަލެއައް ވޯޱްނުދިނީ ނާގާބިލުކަން އެނގޭތީ ކަލޭ ހޮވީ ރައްޔިތުންނެއްނޫން ކަލޭހޮވީ އަނގޮޱިވަގު ސަރީފް!!!

  15
 23. ސޯކާބެ

  ތިކަން ގަބޫލް ކުރަންދަތި ގާނޫނުގެ ކުރިމަތީގައި އެންމެންހަމަ އެކަމަކު މުޅި ދިވެހިރާށްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ދިރިއުޅޭނެ ބިން ދޫކުރޭ މާލެ ފިޔަވާ މީކޮންގާނެއްގެ ދަށުން ސަރުކާރުން ކުރަށްވާކަމެއްތޯ މިހާރުވެސް ކުޅުދުއްށިން ގޯތިދޭން ނިންމާފައި ވީމާމިމާލޭގެ ރަށްޔަތުންނަށްވެސް ހަމަ އެއުސޫލުން ގޯތި ލިބެންޖެހޭނެ މީރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާގެވެސް ހައްގެއް ވީމާ އެމަނިކުފާނުގެ ކާފަބޭފުޅުންގެ ހައްގެއް ކޮބާތޯ އިންސާފަކީ މީގެ ކުރީގަވެސް ނެއް ދުވަހަކުވެސް ފުލެޓް އަޅައިގެން އެތަނަށް ކުލިނުދެއްކިގެން އުޅުނު ބަޔެއްނޫން ނަޒާހައްތެރިކަމާއެކު އަމިއްލަޔައް ގެދޮރުއަޅައިގެން އުޅުނުބަޔެއް 1978 އަހަރު މިއައި ޑިމޮކްރަސީގައި މިޖެހުނީ އަޅުވެތިކަން އިހުސާސް ކުރަން

 24. ޥާހީ

  ނޫނޭ. ހުރިހާ ވައުދުތައް ފުދިއްޖެ މިހާރު

 25. އެލެކްސް

  މި ސަރުކާރުން ވަނީ ވެރިކަމަށް އައުމަށްވީ ހިރިހާ ވައުދެއްވެސް ފުއްދާފަ އޯކޭ އެންނު ދެނަ ކީއްކުރަން އިތުރަށް ވެރިކަމުގައި ތިޔަ ހުރީ އަވަހަށް އިސްތިއުފާދީފަ ދާންވީނު. މައްސަލަ އަކީ ކޮއްދިން ކަމެއްފެނުނު މީހަކު އަދި މި އުޑުދަށުގައި ފެންނަން ނެތުން.

  11
 26. އިއްބެ.ކުޑަހުވަދޫ

  ބަލަ ވައުދުތަށްފުދި އިތުރުވެ ބަނޑުންވަމުން ދިޔަނަމަވެސް މި ކުޑަހުވަދޫއަށް ލިބުނު އުފަލެއްނެތް. ބައްލަވާ ތިބޭޅާ ނޫންތޯ ބުނީ ކުޑަހުވަދޫގައި އިންޓަނޭޝަނަލް ސީޕޯޓެއް އަޅައި އެއާރޕޯޓް އިންޓަނޭޝަނަލް ކުރާނަމޭ. މިކިޔަނީ މިކަހަލަ ވައުދު ފުއްދާށޭ.އަދި ތިކިޔެނީ ހުސްވެސް ހޮޅި ވައުދު ފުދުނުވާހަކަ..........ލަދު.......

  15
 27. ދޫކުރޭ

  ރައީސް އިބޫ މާލެ ސަރަހައްދުން ގޯތި ނުދީ މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭން ނިންމާ އެމަގުން ކަންކަން ކޮށްގެން ނުވާނެއޭ ކެބިނެޓް މިނިސްޓަރުން ބުނި ނަމަވެސް އާންމު ކޮށް ކެބިނެޓް މިނިސްޓަރުންނަކީ އެއީ ސްޓޭޓަސް އެއްގެ ބޭނުމުގައި ވަޒީފާ އަދާ ކުރާ މީހުންނޭ އެމެންނަށް ނޭގޭނެއޭ ހަގީގީ އިޝޫ އެއްގޮތަކަށް ވެސް އެމެން ބޭނުންވާނީ އަބަދު ވެސް ސަރުކާރުގެ ފައިސާ ގަނޑެއް ކަޓްގެ އުސޫލުން ކައްވާލެވޭނީ ކިހިނެއްތޯއޭ އެކަންއޭ އެމެން އެކުރަނީ ހުޅުމާލޭން ގޯތި ތައް ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ...

 28. ދިސްވޭއޭ

  މިސަަރުކާރުން ބުނަނީ އެއީ ހުރިހާ އެންމެންނަށް ބޯހިޔާ ވަހި ކަން ދޭނީ 5 އަހަރު ނިމޭއިރުއޭ މިހާރު އެކަން ނުވާނެ ކަން މަމެން ޔަގީން ކަން ކޮށްދޭނަމޭ ސަބަބަކީ ސަރުކާރުން ގުޅިގެން އުޅެނީ އެއީ އިންޑިއާ އާއި ކަމަށްވެފައި އިންޑިއާ އަކީ އަދި ވެސް ފަގީރު ކިބަޅީ ގައުމެކޭ އަމިއްލަ ހާލާއިގެން ނޫޅެވޭ ގައުމެއްގެ އަތުން އެގްޒިމް ބޭންކް އިން ލޯން ނަގައިގެން މާލެ ސަރަހައްދުގައި އިންޑިއާގެ ކޮންޓްރެކްޓަރުންނަށް ކޮންޓްރެކްޓް ދީގެން އަޅާ ފްލެޓްސް ތައް ބޮލަށޭ ވެއްޓޭނީ އިންޑިއާއިން އަޅާ އިމާރާތް ތަކަކީ ދުނިޔޭގެ އެއްވެސް ތަނަކުން ގެރެންޓީ ދޭ އިމާރާތް ތަކެއް ނޫނޭ އިންޑިއާގެ ޓާޓާ އިން އެޅި ފްލެޓްސް ތަކާއި މެދު ވެސް މަމެން އެއްވެސް ގެރެންޓީ އެއް ނުދެމޭ އެތަން ބޮލަށް ނުވެއްޓޭނެ ކަމަށް އަދި 5 އަހަރު ދުވަސް ފަހުން...

 29. އަޅާށޭ

  ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ބޯހިޔާ ވައްސެއް ދޭނެ ކަމަށް ބުނެ އަނެއް ކޮޅުން މާލެ އަށް މާލެ ތާރީޚް ގައި އައި އެންމެ ބޮޑު އިންވެސްޓްމެންޓް ކަމުގައިވާ ރަސްފަންނު ސަރަހައްދުގައި އަޅަން ހަމަ ޖެހުނު ފްލެޓްސް ތަކާއިހޮޓާ ތައް މާތޮޑާ އަށް އުފަން މީހަކު ބުނެގެން ރައީސް އިބޫ ކެންސަލް ކުރުން އެއީ މަމެން މިފަހަރު މަޖްލީހުގެ މެމްބަރުންނަށް ވޯޓް ދޭއިރު އެމްޑީޕީ އަށް އަދަބު ދޭނެ ކަމެކޭ އެނޫން ނަމަ އެކަން ރިސްޓޯރ ކުރަންވީ ރަސްފަންނު ފްލެޓްސް އަޅަންވީއޭ

 30. އަޑާދަމަނީތޭ

  ބޭނުންވާ އެކަކަށް ވެސް ރައީސް އިބޫގެ ވެރިކަމުގައި ބޯހިޔާ ވައްސެއް މާލެ ސަރަހައްދުން އެމެންގެ 5 އަހަރު ނިމޭއިރު ވެސް ފްލެޓްސް އަޅައިގެން އެކަން ނުކުރެވޭނެއޭ ފްލެޓްސް ތައް އަޅާނަމަ އިންޑިއާގެ އެގްޒިމް ބޭންކް އިން ލޯން ނަގައިގެން އެކަން ކުރާނަމަ ޔަގީނޭ އެއީ 10 އަހަރު ކަން އޭގެ ބަދަލުގައި އިންޑިއާގެ އެގްޒިމް ބޭންކް އިން ލޯން ނަގައިގެން ހުޅުމާލެ 2 އަދި 1 ގެ އިރުން އޮތް ފަޅު ހިއްކާލާ ގުޅިފަޅު ހިއްކާލާ އަދި ފުށިދިއްގަރު ފަޅު ހިއްކާލާ ގޯތި ތައް ދީފިނަމަ އެކަންވާނެއޭ އިބޫ އަށް ނޭގެއޭ ހަގީގަތުގައި ރައްޔިތުން ބޭނުންވެގެން އުޅޭ ގޮތެއް އިބޫ އަކީ ރާއްޖޭގެ ތާރީޚް ވެސް ދުށް އަންހެން ދުޅައިގެ ހަމަ އެކަނި ރައީސް އޭ އޭނާ އަށް ނުވާނެއޭ އެއްކަމެއް ވެސް ދަ ރާއްޖެތެރޭ އާލާތުން ކަންކުރާ ގޮތަށް މަސް ނުބޭނުނީމާ ކަނޑު ނުބައި ކުރާ އުސޫލުން އޭނާ ނުބައި ކުރާނީ ކުރީގެ ސަރުކާރޭ ކުރީ ސަރުކާރު ކަމުނުދާތީވެ އޭނާ އާއި ވެރިކަން ހަވާލު ކުރީ ދެން ކަންކަން ކޮށް ދިނުމުގެ ބަދަލުގައި ސަރުކާރުގެ މުސާރަ އާއި އިނާޔަތް ތައް ބަނޑު އަޅާލައިގެން އަތް ދިގު ހުދު ގަމީސްލާ ގަބުޅި ކަތީބު ހެދިފައި ހުންނަނީ އަކުން ބަކުން ކުޅެންއޭ ދަ ރާއްޖެތެރޭ އައްޑޫ ހުޅުދޫ ފަދަ އީގޯ ސިންޑްރޯމް ހުންނަ އާލާތުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީން ނަށް ލައިގެން އަޑާ ދަމާ ކަންކަމޭ ކުރަނީ ނުކުރެއޭ އެއްވެސް ކަމެއް އިބޫ...

 31. ދިސްއިޒްއިޓް

  ރައީސް އިބޫގެ ވެރިކަމުގައި ކޮންމެ ކަމެއް ވެސް ރައީސް ބުނަނީ ދިރާސާ ކުރަމުންނޭ ދަނީ ރޯމާ ދުވާލު ފެންނާން ހުންނަ ކަންކަމުގައި ވެސް ބުނަނީ ދިރާސާ ކުރަމުންނޭ ދަނީ މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލު ކުރަން ދަ ރާއްޖެތެރޭން ބޭނުންވާ މީހުންގެ އަދަދު މިހާރުވެސް އަރާނެއޭ އެއް ލައްކަ އަށް އަދި މާލެ ސަރަހައްދުގައި މިހާރު ގޯތި ނެތް މީހުންގެ އަދަދު އަރާނެއޭ އެެއް ލައްކަ އަށް މީއޭ ހަގީގީ ފިގަރސް ތަކަކީ ސަރުކާރުން ނެރޭ ފިގަރސް ތަކަކީ އެއީ ހަގީގީ ފިގަރސް ތަކެއް ނޫނޭ ސަރުކާރުގައި ނުތިބޭނެއޭ އެފެންވަރަށް ދިރާސާ ކުރަން ދަންނަ ރުނޑިން ތަކެއް އިބޫގެ ކެބިނެޓް އެއީ ދަ ރާއްޖެތެރޭ ވައްލަ ކޫޓިންނާއި މާލެ ވަކަރުގޭ ދަރިންނާއި އަދި މާލޭގެ ވަގުންގެ ދަރިންނޭ އެމެން ނަކީ އެއީ ސްޓޭޓަސް އެއްގެ ބޭނުމުގައި ދަ ކިއްލި ތަޅާ ކިޔަވައިގެން ތިބި އާލާތުންނޭ އެއާލާތުންނަށް ނޭގޭނެއޭ ދިރާސާ ކުރަން ދިސް އިޒް އިޓް...

 32. ކިއެއްވެތޭ

  ރައީސް އިބޫގެ ވެރިކަމުގެ ހަނީ މޫން ސްޓޭޖް ގޮސް މެރިޖް ލައިފް މެރިޖް އަށް ބަދަލުވެ ދަރިން ހޯދާ ދުނިޔެ ބިނާ ކުރުމަށް ޓަކައި ބުރަ މަސައްކަތް ތައް ކުރަން ޖެހޭއިރު ރައީސް އިބޫ އަށް މާލެ ސަރަހައްދުގައި ހުރި މައްސަލަ ތައް ދަނެގަންނަން މާލެ ސަރަހައްދުގައި ހުރި ހުޅުމާލެ ގުޅިފަޅު އަދި ތިލަފުއްޓަށް ގޮސް މިތަންތަން ތަރައްގީ ކުރުމަށް ޓަކައި އެމްޓީސީސީ އާއި ވާހަކަ ދައްކައިގެން ހޯރަފުށި އެއާރޕޯރޓް ހިއްކުން މަޑުޖައްސާލުމަށް ފަހު މިތަންތަން ހިއްކަން ބާރުނާޅަނީ ކިއެއްވެތޭ

 33. ބިލީވްމީ

  ރައްޔިތުންގެ މަޖްލީސް އިންތިޚާބުގެ ހީޓް އެންމެ ގަދަވެ އޭގެ ޓެމްޕަރ ހައިލެވެލް ގައި އުޅޭ އިރު ވެސް ރައީސް އިބޫގެ ވެރިކަމުން ރައްޔިތުންނާއި ސީދާ ގުޅިފައިވާ އަދި ކަލެކްޓިވިލީ އުސޫލުން އެންމެހާ ރައްޔިތުން ބޭނުންވާ ކަންކަން ޖޯޝާ ފޯރީގައި ގަޓްސް ހުރެގެން ނުކުރެއޭ ބުނެ ވައްޓާލަން މަމެން ދެކުނީމޭ ރައީސް ޔާމީންގެ ވެރިކަން ނިމެން އޮތް އަހަރުގެ ޖުލައި މަހު ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއު ކުރިއަށް ގެންދަން ޔާމީން ޖޯޝާއި އެކު ލެޓްސް ޑޫ އިޓް މޭން އޭ ބުނާގޮތަށް އެކަން ކުރި ތަން ރައީސް އިބޫ އެކޭ ވަޅޯ ވެފައި އޮތް މަސްގަނޑެކޭ ނެތޭ ތަފާތެއް ޔޫ ކާންޓް ޗޭންޖް ދިސް ކަންޓްރީ އަ ބެޓަރ ޕްލޭސް ޔޫ ކާންޓް ޓަޗް ދަ ސްކައި ޔޫއާރ ނޮޓް ދަ ޗޯސެން ވަން އައި އޭމް ގޮނާ ނީޑް ސަމްކައިންޑް އޮފް އަ ގުޑް ސައިން ފޯރ އަ ރިޕްލޭސްމެންޓް ހޯލްޑް އޮން ރެސްޕެކްޓް ޓު ބިލީވްމީ...

 34. ނުވާނެއޭ

  ރައީސް އިބޫ އަށް ހަގީގަތުގައި ސިޔާސީ ގޮތުން މާލެ ސަރަހައްދުގައި ފްލެޓްސް އެޅުމުގެ ވާހަކަ ދެއްކުމުގެ ލެޖިޓިމަސީ އެއްވެސް ނޯންނާނެއޭ އެމްޑީޕީން ގެންގުޅޭ ލެގަސީގެ ދަށުން ރައީސް އަމަލު ކުރާނަމަ ސަބަބަކީ އެއީ އެމްޑީޕީން ބުނަނީ އެމެންގެ މެނިފެސްޓޯގައިވާ ވައުދު ފުއްދުމަށޭ އެމެން އައީ މެނިފެސްޓޯ ގައި ވަނީ މާލެ ސަރަހައްދުން ބޯހިޔާ ވައްސަށް ބޭނުންވެ އެދޭ ކޮންމެ މީހަކަށް މާލެ ސަރަހަައްދުން ކުޑަ ކުއްޔަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް އެއްވެސް ޝަރުތެއް ނެތި އެކަން ނުކޮށް ޗަބުޅާ ޗަބުޅާ ވާހަކަ ތިޔާ ދައްކަނީ އެއީ ކިއެއްވެތޭ...

 35. ނުކުރެއޭ

  ރައީސް އިބޫގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުން ސަފާރީ އެއް ކޮންމެ ކުންފުންނަކުން ބަނުމުން އޭނާގެ އާއިލާ އަށް އެކަން ނުވާތީވެ އޭނާ ޖޭވެގެން މަމެންދޭ މުސާރަ ބަނޑުއަޅާލައިގެން ރައީސް އޮފީސް ތެރޭ އިނދެ މާލެ ސަރަހައްދުގެ ވިޔަފާރިވެރިން ނަށް މަލާމާތް ކޮށް ވާހަކަ ދެއްކި މީހަކު ބުނެގެން އިންކަމް ޓެކްސް ނަގާ އަދި މިނިމަމް ވޭޖް ގާއިމް ކުރަން އުޅެނީ އެއީ އެއްވެސް ގޮތަކުން ބާޒާރަށް އަންނާނެ ލޮޅުން ބަލާ ދިރާސާ ކޮށްގެން ނޫނޫ ކުރާކަމަކީ

 36. Anonymous

  200 މިލިއަން ޑޮލަރުގެ ދަރަނި ނަގައިގެން ރައްޔތުން ނަށް ކޮށްދިން ކަމަކީ 5 ސްކޫލަށް ހރނދުނު ނާސްތާ ދިނުންތަ؟ މިގައުމު މިއީ އެފްރިކާގެ ފަގީރު ގައުމެއްތަ؟ ކާއެތިކޮޅު ނުލިފަ ތިބި ކުދިތަކަކަށް ކާންމިދެނީ. ކާނާ ބެހުމަކީ ނަޝީދުގެ 2013 ގެ ވައުދެއް. ގަމީރު ރައީސްގެ ވައުދެއްވެސް ނޫން.

  9
  1
 37. Anonymous

  ކަލޭމެން ކުރާހާވެސް ކަމަކީ ރައްޔިތުންގެ މުދާ ހަލާކުކުރުން. ބްރިޖް ހަލާކުކޮށްފި. ރަސްފަންނު ސާފެއް ނުކުރޭ، ނުބަލަހައްޓާ. މިސްކިތްތަކަށް ގެންލުންދީ ބަންގީގެ އަޑު ކަނޑުވަނީ. ރައްޔިތުންގެ ފައިސާތަށް ފޭރެނީ.. ބޮޑެތި ކޮންޓްރެކްޓްތައް ހުއްޓުވާ އިގްތިސާދީ ގޮތުން ގައުމު އިނދަޖައްސާލަނީ. އެއީތަ ކަލޭ ވެރިކަމަށް އަންނަން ނަޝީދުއާއެކު ހެދި އެއްބަސްވުމަކީ.

  11
 38. ޥިންދު

  ސްކޫލްތަކަށް ހެނދުނު ނާސްތާއަށް ގެންދާ ގިނަ އެއްޗެހި އުކާލަނީ. މި ދޮގެއްތޯ ސްކޫލުގެ އެންމެ މާތް މަސައްކަތްކުރާ މަސައްކަތު މީހުންކުރެ އަހާބަލަ. ގިނަ އެެއްޗެހީގެ ރަހަ ހުންނަނީ ސަކަރާތްވެފަ.

 39. މުހައްމަދު

  ތިކަހަލަވެރުންނަކީ ގައުމުތަކުގެ ހަލާކު ތިހެދި ބޮޑުދޮގު ނިކަން ދެކިބަލަ އެތައްބައެއްގެ ވަޒީފާ ގެއްލުވާލާ ދީނަށް ފުރައްސާރަކޮށް ލާދީނީމީހުން އިތުރުކުރުވާ ނިކަމެތިން ބިކަކޮށް ވަގުންނާ ލޫޓުވުން އިތުރުކުރުވާ މުޅިގައުމު ދަރުވާލާ ކުއްވެރިން އިއްޒަތްތެރިންނަށްހަދައި ޚުދުމުހުތާރުވުމާއެކު ރައްޔިތުން އޮބިއަޅާ ވެރިކަމުގެބާރުތައް ގައުމުހަލާކުކުރާމީހަކު ބުނާގޮތަކަށް ހެދުމާއި މުޅިގައުމު އިންޑިޔާގެ ބާރުދަށަށް ފޮނުވާލައި މިނިވަންކަން ގެއްލުވާލުން ނޫންކަމެއް ކޮށްފައި ކޮބާ؟ ލަދުންބޯހަލާކު

 40. ލާމު

  ދެން ކީއްކުރަން މަޖުލިހުގެ އަޣްލަބިއްޔަތު ހޯދަން ތެޅިފޮޅެނީ.

 41. محمد

  މިއީ ވައުދުގެ އިތުރުން ކުރާ ކަންތައް. ހުރިހާކުދިނވެސް ހަދާނ ބަހައްޓާތި.

 42. ދޭންވީއޭ

  ބިކަވެފައި ތިބި މާލޭގެ އެތައް ހާސް އާއިލާ އެއް ހާލުގައި ތިއްބާ ރައީސް އިބޫ ކިއެއްވެތޭ ނޭފަރު ގައި 100 ހައުސިންގް ޔުނިޓްސް އަޅަން އިއުލާން ކުރީ ނޭފަރުގައި ނެތޭ ގެދޮރު ނެތް އެކަކު ވެސް އެ 100 ހައުސިންގް ޔުނިޓްއަށް ވާފައިސާ އާއި އަދި ދަ ރާއްޖެތެރޭގައި މިއަހަރު އަޅަން ސަރުކާރުން އިއުލާން ކުރަމުންދާ ހުރިހާ ހައުސިންގް ޔުނިޓްސް ތައް ޖެހޭނީ މާލެ ސަރަހައްދަށް ބަދަލު ކޮށް އެފައިސާ އަށް ހުޅުމާލޭގެ އިރުން އޮތް ފަޅު ހިއްކާލާ އެފަޅުން ގޯތި ތައް ކުއްޔަށް ދޭންވީއޭ ދޭންވީއޭ...

 43. ލަބީބު

  ޑީސެލްގެ ޑިޔުޓީކެނޑި! އޭގެފަހުން ދެފަހަރު ހެސްކިޔާފަ އަގުބޮޑުވެއްޖެ! ކާޑު ހެޔޮކުރަން ނިންމި ނިންމުން ޢާއްމުންނަށް ބަސްދާއަކުން 8 ރުފިޔާ! ގަދަ ބަކަރި!

 44. Abdul Latheef

  މަޖިލިސް މެޖޯރިޓީ އޮޅާލާ. ހީވޭ ކަމެއްހެން. ކިހާފަރިތަ. އަނެއްކާ މަޖިލިސް މެޖޯރިޓީ އާ ނުލާ ތިޔަވައުދުތަކެއް ނުފުއްދޭނެކަމަށް ބުނިބުނުމަކީ ހެދި މަކަރަކާ ބޮޑު އޮޅުވާލުމެއްދޯ. ދިވެހިންނޭ! މިބައިގަނޑާމެދު ވިސނާ ފިކުރުކުރޭ.

 45. ޔަގީނޭ

  މަމެން އުއްމީދު ކުރަނީ އެމްޑީޕީން ތައްޔާރު ކޮށްފައިވާ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ސީދާ ރައީސް އިބޫގެ އަމިއްލަ ޑިސިޝަން އެއްގެތުގައި ޑިސިޝަން އެއް މޭކް ކޮށްގެން ނަމަވެސް ހުޅުމާލެ އެކެއް އަދި ހުޅުމާލެ ދޭކުން 2 ހާސް އަކަފޫޓްގެ 25 ހާސް ގޯތި ދޭންވީއޭ މިހެން މިކަން ވެއްޖެނަމަ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބޫމް ވާނެއޭ އެކަން ދަންނަންވީ ރައީސް އިބޫ އެއިރު މަޖްލީސް އިންތިޚާބުގެ މެޖޯރިޓީ އޮޓޯއިން ލިބޭނެއޭ އެމްޑީޕީ އަށް އެއީ ޔަގީން ކަމެކޭ....

 46. ނުދޭނަމޭ

  ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން ކަމަށް ރައީސް އިބޫ އެވިދާޅުވަނީ އެއީ އޭނާގެ 5 އަހަރު ވެރިކަން ނިމުމުގެ ކުރިންނޭ އެއީ އެއް ނޫނޭ މާލެ ސަރަހައްދުގައި ތިބި އެންމެން އެދޭ ގޮތަކީ އެޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ކުރިން 24 މާރޗް ވާ އާދިއްތަ ދުވަހު ސީދާ ރައީސް އަމިއްލަ އަށް އިއުލާން ކުރަންވީއޭ މާލެ ސަރަހައްދުން ފްލެޓަށް އެދިފައިވާ އެންމެންނަށް ހުޅުމާލޭން 2 ހާސް އަކަފޫޓްގެ ބިމެއް ދޭނެ ކަމަށް ކުރަންވީ ވައުދާއި ޚިލާފު ނުވެ ވައުދުވީގޮތަށޭ އެނޫނީ ވޯޓެއް ނުދޭނަމޭ ނުދޭނަމޭ ނުދޭނަމޭ...

 47. ޔަގީނޭ

  މާލޭ މީހުންގެ އަދަދު ބޮޑުވާނެ ރާ އަތޮޅަށް ވުރެން މާލޭގައި ހުރި މައްސަލަ ތައް ވެސް ގިނަވާނެ ރާ އަތޮޅަށް ވުރެން ސަރުކާރަށް އެންމެ ބޮޑު ޓެކްސް އެއް ދައްކާ ވިޔަފާރިވެރިން ވެސް ތިބީ މާލެ ސަރަހައްދުގައި ރާ އަތޮޅުން ދައްކާ ޓެކްސް ސަރުކާރަށް ދައްކާނެއޭ މާލޭގައި ހާރޑްވެއަރ ވިޔަފާރި ކުރާ އެންމެ ފިހާރައަކުން އެކަމަކު މާލޭގެ ވިޔަފާރިވެރިންނަށް ގުޅިފަޅުން ބިން ދޭނަމޭ ވިދާޅުވުމަށް ފަހު ވެރިކަމަށް އައިސް އެކަން އެއީ ނުވާ ވައުދަކަށް ހައްދަވާ ވައުދު ފުދިއްޖެ ކަމަށް ދަ ހިންނަވަރޭ އެބުނަނީ މިހެންނޭ ވާނީ ދަ ރާއްޖެތެރޭ އާލާތުން މިރާއްޖޭގެ ވެރިކަމަށް ގެނައުމުން ކުރިން ވެސް މަމެން ބުނީމެއް ނޫންތޭ ދަ ރާއްޖެތެރޭ އާލާތުން ނަށް ހެޔޮ ނުވާނެއޭ ރާއްޖޭގެ ވެރިކަން ދޭން އެކަމުގެ ހިތި ނަތީޖާ މިފެނިގެންދަނީއޭ ދެން ފެންނާނީ މާލެ އެއްކޮށް އިންޑިއާ އާލާތުންނަށް އެޅާ ވިއްކާލާ ކަޓް ކައިފައި އޮތްވައޭ ޔަގީނޭ މިކަން މިމަގުން ހިނގާނެ ކަން...

 48. އިންސާފު

  މިގައިމު މޮޔައެއްއްތަ!