ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ހަދައިގެން މަޖިލިސް އަށް ނިކުންނެވި ނަމަވެސް އެދެބޭފުޅުންނަށް ގުޅިގެން ވެސް މަޖިލީހުގެ ހަ ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއެކު ގާސިމް ވަޑައިގެންނެވުމުން އެއްވެސް ވަރަކަށް އެމަނިކުފާނު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ އެދެބޭފުޅުންނަށް ގުޅިގެން ވެސް ހަ ގޮނޑި ނުނެގޭނެތީ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ވަޑައިގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކުގައި އިއްތިހާދުވެވަޑައިގެން، ދެން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އެ ދެ ޕާޓީގެ ފަރާތުން ހޮއްވަވަން މަސައްކަތް ކުރައްވަން. ވަޑައިގަންނަވާ. އަޅުގަނޑުމެންނަށް އެނގޭ ނުހޮވޭނެކަން. އެކަމާ މެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ. އެއްވެސް ހާލެއްގައި ޝައްކެއް ނުއުފެދޭ. އަޅުގަނޑު މި ދަންނަވަނީ ޕީޕީއެމާ އެކުގައި އިއްތިހާދުވެގެން ރަނގަޅު ހަ ގޮނޑި 87 ގޮނޑީގެ ތެރެއިން ނުނެގޭނެ. ރަނގަޅު ހަ ގޮނޑި ނުނެގޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީނާއެކު ގާސިމް އިބްރާހިމް ކޯލިޝަން ހެއްދެވިޔަސް އެމްޑީޕީއަށް މައްސަލައެއް ނެތް ކަމަށާއި "އެބޭފުޅުންނާއި އެބޭފުޅުން އެއުޅެނީ ނަގޫ ގޮއް ޖެހެން" ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތް އެބޭފުޅުން އެބޭފުޅުންނާ ނަގޫ ކޮށްޖެހޭނީ. އެބޭފުޅުންނާއި އެ ބޭފުޅުން އެ އުޅެނީ ޖެހެން. އެ ގޮށް ޖެހިގެން ވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ އެއްވެސް އެއްވެސް މައްސަލައެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިރޭ ވެސް ވަނީ ކޯލިޝަންގެ އެއްބަސްވުމާއި ހިލާފަށް ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެން އެމްޑީޕީން ނިންމި ނިންމުން ދިފާއު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އެއީ ރައްޔިތުންގެ ވޯޓް ދިނުމުގެ ޙައްޤަށް ހުރަސްނާޅަން ވެގެން ނިންމި ނިންމެވުމެއް ކަމަށެވެ.

"އަޅުގަނޑުނެންނަށް ނެތް ހުޅުމާލޭ ރައްޔިތުން ކައިރީ ބުނެވޭކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓަކު މިތަނަށް ނުލާނެއޭ އެހެންވީމާ މިރަށު ރައްޔިތުން ހުޅުމާލޭ ރައްޔިތުން ވޯޓުދޭށޭ އެމްޑީޕީގެ ކެންޑިޑޭޓް ނޫން އެހެން ބަޔަކަށް. އަޅުގަނޑުމެންނަށް މަޖުބޫރު ކުރެވޭކަށް ނެތް ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންނަށް ވޯޓު ދިނުމަށް ހުރަސް އެޅޭކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބުރޯ

    ކަލޯ ގަމާރާ ކަލެޔަށް ވާނީ ވެސް ތިވަރު އަމިއްލަޔަށް ކުރިމަތިލައިގެން އުޅޭ ގޮނޑިވެސް ނުލިބޭނެ.

    115
    3
  2. ކޮރަލް

    ނަޝީދައް ވޯޓެއް ނުދޭނަމެވެ

    118
    2
  3. ލޮލް

    ބކރ ހިނދުކޮޅުގަ ހުރި ވަގުތެއްގަ ބުނި އެއްޗެއް ކަމަށްވާނީ..!

    107
    1
  4. މުހައްމަދު

    މީ މިޤައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއްނު މިއުޅެނީ ހަމަޖެހުންނަގާލައި ބޮޑު ޖަރީމާއެއް ހިންގާނެގޮތަކަށް މަގުކޮށަންކަން ޔަގީން މަޑުންތިބި މީހުންވެސް އެގޮތުގައި ތިބިޔަނުދީ މީނަގެޖަރީމާގައި ހިމަނަން ކަންޔަގީން މުޅިޤައުމު ދެންވެސް އަވަހަށް ހޭލާ ހެހެހެހޭ

    109
    1
  5. އިންސާނާ

    ޔާ ﷲ، މި ނުބައި ނުލަފާ ޝައިތާނާގެ ކިބައިން މި ދިވެހި ވަތަން ސަލާމަތްކުރައްވައިފާނދޭވެ! މި ނުބައި ނުލަފާ މީހާގެ ހުރިހާ ރޭވުންތައް ފަޞީހަތްކޮށް ނެތިކޮށްފާނދޭވެ! ބޮޑު ބައްޔަކުން މި މީހާ ބަލިކޮށްދެއްވައިފާންދޭވެ! މި ވަތަން އަބަދުމެ އަބަދަށް އަމާންކަށްމަތީ ލަހައްޓަވާނދޭވ!

    147
    1
  6. ހަކުޅި

    ހަކުޅި ހަގޮނޑި ހައެތި ހައެއް އެއީ ވަރަށް ފަސޭހަ ވަރަށް ފައްކާ އަދަދެއް. މިހާތަނަށް މަނިކުފާނު މިވެނިކަމެއް މިހެން ނުވާނެއޭ ވިދާޅުވެއްޖެއުތަ އެކަމެއް އެހެން ވާނެ. ވާނެއޭ ވިދާޅުވެއްޖެއުތަ އެކަމެއް ނުވާނެ. މުޖައްރިބު.

    118
    3
  7. ލޮޖިކް

    ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުން ނަޝީދާއި އަދި އެމްޑީޕީ ޗޮކުން ދާން ބޭނުންވާ ބޭފުޅުން މި ކޮމެންޓަށް ލައިކް ދީ!

    260
    7
  8. ޚަރާ

    ރޭގެ އެއްވުމައް ދިޔަ މީހުންގެ އަދަދައް ބަލާފަވެސް ތިކަން އިންގައްޖެ. ދެން އަވަހައް ބޮޑުވަޒީރައްވާން ކޯޓުފަހަންދޭ.

    29
    2
  9. އޮރެންޖު

    ދެން ކީއްވެތަ މިގަންޖާ ކެމްޕެއިން މިކުރަނީ އާދޭސް ކޮށް ކޮށްފަ؟؟؟ މީ ބޮޑު މުޞިބާތެއް ކަހަލަ މީހެއް... މީނަ މިއުޅެނީ އިބޫ އާ ދެކޮޅަށް ބަގާވާތް ކުރަން ވެގެން.

    33
  10. ޗިއްލޫ

    ކެލޭއުޅެނީ ހޭބަލިވެގެންތަ؟؟؟ ދަންދޮރު ނުފިލިޔަސް ތީދެންބޮޑުވަރު!

    28
  11. ރައްޔިތު

    2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގަ މައުމޫނަށް 2000 ވޯޓު ލިބުނަސް ތިމަންނަ ސިޔާސީ ކަންތަކުން އެއްކޮށް ދުރުވާނަމޭ މިބުއްޅަބޭ ނުބުނޭތަ؟ ޢެކަމަކު މިކަލޭގެއަށްވުރެ މާގިނަ ވޯޓު އެބުރުގަ މައުމޫނަށް ލިބުނު. ކޮންމެ ކަމެއްވެސް އާޚިރުގަ ނިމެނީ މިޝައިޠާނު ބުނާގޮތާ ދިމާ އިދިކޮޅަށް. އިރާދަ ކުރެއްވިއްޔާ މިފަަހަރުވެސް އަޣުލަބިއްޔަތު ލިބޭނީ އިދިކޮޅަށް.

    32
  12. އެލެކްސް

    6 ގޮނޑި ނުގޭނެންޏާ ކޮންކަމަކާ ތަ ބިރުން ތިޔަ އުޅެނީ. މައިތިރި ވެ ހުރީމާ ނިމުނީނުން. ބަލަގަ މުޅި އެމްޑީޕީ މިހާރު އެއޮއް ރޫޅެނީ އަންނިގެ ސަބަބުން އެންމެ އިހުލާސްތެރިން މަޑުމަޑުން ދުރަށްދަނީ. ދެން އެޖެންޑާ 19 ވާނީ ދުނިޔެއަށް މޮޔަ ހެން ހީވަނީ. އިބޫ އެއުޅެނީ އަންނި ކިބައިން ސަލާމަތް ނުވެވިގެން މިނިސްޓަރުން ލައްވާ އެންޓި ކެމްޕޭން ވެސް ކުރުވަނީ. އާޗާ އެޖެންޑާ 19 ގަންޖާ 19 އަކަށް ވަނީ ނޫންތަ

    22
  13. ޖަޒީރާވަންތަ

    ޖަޒީރާވަންތަކޮށް ގޮނޑި ހޯދާކަށްތީ އެއްވެސް ކަމެއްނޫން. ޖެހޭނީ އީސީ ސަރީފުއަށް ކުޑަކޮށް ރިލޯޑް ކޮއްލަދޭން. މިފަހަރު ގޮނޑީގާ އިށީންނާނީ އަންނި އެއްވެސް ޖަޒީރާ ރަށެއްގެ ވަލުތެރެއިން މަޖިލީހަށް ވަދެ. ހެހެހެހެހހެ

    19
  14. ނެތޭނެތޭނެތޭ

    ޕީޕީއެމާ ގުޅިގެން ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ ކަމަށް ކެނެރީގެ ނަޝީދު ބުނި ނަމަވެސް އެކަން އެހެން ނުވާނެއޭ ސަބަބަކީ އެއީ މިރާއްޖޭގެ މަޖްލީހުގެ ގޮނޑި ތަކަކީ އެއީ ކެނެރީގެ ނަޝީދުގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ އޭނާ ބުނާ ގޮތަށް ނުޖެހޭނެއޭ ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް ޑްރައިވް ކުރަން މަމެންނަށް މިރަރ ކޮށް ލުމުން ފެނިގެންދެއޭ ކެނެރީގެ ނަޝީދު ނުހޮވޭނެ ގޮތް ތައް ވެސް ގާސިމް އިބްރާހިމް މެން އާނދޮގޭ ކިޔާ ހިފާލައިފިނަމަ ގާސިމަށް ޗެލެންޖް ކޮށް ކުރިއަރާފައިނެތޭ މިހާތަނަށް ސިޔާސީ އެއްވެސް ލީޑަރަކު ނެތޭ ނެތޭ ހަމަ ނެތޭ...

    22
  15. Anonymous

    ކަލޭ ތިދެއްކި ވާހަކަ ކަލެއަށް ރައްދު ކުރައްވާށި،

    35
  16. Anonymous

    ޔާ ﷲ، މި ނުބައި ނުލަފާ ޝައިތާނާގެ ކިބައިން މި ދިވެހި ވަތަން ސަލާމަތްކުރައްވައިފާނދޭވެ! މި ނުބައި ނުލަފާ މީހާގެ ހުރިހާ ރޭވުންތައް ފަޞީހަތްކޮށް ނެތިކޮށްފާނދޭވެ! ބޮޑު ބައްޔަކުން މި މީހާ ބަލިކޮށްދެއްވައިފާންދޭވެ! މި ވަތަން އަބަދުމެ އަބަދަށް އަމާންކަށްމަތީ ލަހައްޓަވާނދޭވ!

    34
  17. ރައްޔިތުން

    މި ގައުމަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ކޮން ވެރިއެއް؟
    1. ޔާމީން އ.ގައްޔޫމް (ލައިކް)
    2. ނަޝީދު (ޑިސްލައިކް)

    ބޭނުންފުޅުވާ ގޮތަކަށް ވޯޓުދެއްވާ!

    16
  18. ހަސަން

    ކޮސްވާހަކައެއްނޫނީނުދައްކާތި

  19. ނަފީސް

    އަހުރެމެން ޖެހި ހިސާބުންދައްކަނީ ރައީސް ޔާމީން އަދި މަޖްލިސްރައީސް ޤާސިމު ގުޅިގެން 47 ގޮނޑި ނަގާނޭކަމަށެވެ. އިންޝާއަﷲ މި ހިސާބު ތެދުވާނެއެވެ.

    9
    1
  20. ރީނދޫވަގުއެޖެންޑާ19

    ކަލޭ އީސީގަ ތިބި ވަގުން ލައްވާ ވޯޓުން ވައްކަން ނުކުރުވައިފިއްޔާ އިންޝާﷲ ގާސިމްގެ ޓީމު ކާމިޔާބު ކުރާނެ. ކަލޭގެ އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.

  21. ހީހީ ހަލާކު

    ޔާ ﷲ، މި ނުބައި ނުލަފާ ޝައިތާނާގެ ކިބައިން މި ދިވެހި ވަތަން ސަލާމަތްކުރައްވައިފާނދޭވެ! މި ނުބައި ނުލަފާ މީހާގެ ހުރިހާ ރޭވުންތައް ފަޞީހަތްކޮށް ނެތިކޮށްފާނދޭވެ! ބޮޑު ބައްޔަކުން މި މީހާ ބަލިކޮށްދެއްވައިފާންދޭވެ! މި ވަތަން އަބަދުމެ އަބަދަށް އަމާންކަށްމަތީ ލަހައްޓަވާނދޭވ!އަހުރެމެން ޖެހި ހިސާބުންދައްކަނީ މަޖްލިސްރައީސް ޤާސިމު ގޮނޑި ނަގާނޭކަމަށެވެ. އިންޝާއަﷲ މި ހިސާބު ތެދުވާނެއެވެ.

  22. ކަމަނަ

    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.
    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.
    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.
    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.
    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.
    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.