ރައްޔިތުން ހޮއްވަވައިދެއްވައިފިނަމަ އެއްވެސް ބަޔަކަށް ނުވިކި އަމާނަތްތެރިކަމަާއި އެކު ރައްޔިތުންނަށް ތަރައްގީ މަގުފަހި ކޮށްދެއްވާނެ ކަމަށް ގައުމަށްޓަކައި "ކަަސްތޮޅުން ނެއްޓެން" މި ސްލޯގަންގެ ދަށުން ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާހަދަ ކުރައްވާ ހުސެއިން އަސްލަމް ވިދާޅުވެއްޖެެއެވެ.

" ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިނގުރައިދޫ ދާއިރާގައި ހިމެނޭ ފަސް ރަށަށް ކޮށްދެއްވާނެ ކަންކަން ހިއްްސާ ކުރަައްވަމުން އަސްލަމު ވިދާޅުވީ ދައިރާގެ އެއް ރަށް ކަމުގައިވާ ރަސްމާދޫގެ ނަރުދަމާގެ ނިޒާމު ފެނުގެ ނިޒާމު އަދި ވެސް ނުނިމޭ ކަމަށާއި މި މަޝްރޫއު ތަަށް ނިންމައި ރަސްމާދޫ ވަށައިގެން ލާން ނިންމާފައިވާ ކަނޑު ތޮށި ލުމަށް ސަރުކާރުގައި ވާހަކަ ދައްކައިގެން ފަހިކޮށްދެވާނެ ކަމަށެވެ.

"ރަސްމާދުގައި ގެތަށް ވަނީ ފުރިބާރުވެ ތޮއްޖެހިފައި , އާބާދީ އިތުރު ކުރަން ރަށް ހިންކަން އެބަޖެހޭ , މި ކަން ކުރުމަށް ވެސް އަޅުގަނޑު މަގުފަހި ކުރާނަން " އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ރަސްމާދޫގެ މަގުތަށް ރަގަޅު ފެންވަރަކަށް ހަދައި , އިންނަމާދޫގެ ބިން ހިންކާ , ފެނާއި ނަރުދަމާ އަދި އުމުރާނީ ގޮތުން ކުރިއެރުމަށް ހުރި ހުރަސްތަށް ނައްތާލުމަަށް ަަސަރުކާރުގެ އެހީތެރިކަމާއި އެކު މައްސަކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހޮއްވަވައިދީފި ނަމަ އިގުރައިދޫގަ ދެސް ފެނާއި ނަރުދަމާ އަދި މަގުހެދުން ސަރުކާރާރުގެ އެހީ އާއި އެކު ކުރުއަށް ގެންދާނަން , އިގުރައިދޫގެ ބިން ބޮޑު ކޮށް ސިއްހީ މަރުކަޒު ރަގަޅު ފެންވަރުގެ ހޮސްޕިޓަލަަކަށް ބަދަލު ކުރަން އަޅުގަނޑު ކެޑި ނޭޅި މައްސަކަތް ކުރާނަން, އިގުރައިދޫގައި ބޭރުގެ ޔުނިވާސިޓީއެއްގެ ކެންޕަހެއް އަޅުގަނޑު ހޮއްވަވައިދީފި ނަމަ ދައުރު ތެރޭގައި ގާއިމު ކޮށްދޭނަން " އަސްލަމް ވިދާޅުވިއެވެ.

ސަރުކާރާއި ވާހަކަ ދައްކައިގެން ފައިނު އެއާޕޯޓް ގެ މައްސަކަތް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަން ހާންމަ ކުރައްވާ އަސްލަމް ވިދާޅުވީ ކިނޮޅަހުގެ ފެނާއި ނަރުދަމާ އަދި ދާއިރާގެ ރަށްރަށުގެ އިސްކޫލު ތަކުގެ ފެންވަރު ރަގަޅު ކުރުމަށް މައްސަކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު