ޙަރާމް އެއްޗެއް ކައިގެން ހަށިގަނޑު ހެދިބޮޑު ވުމަކީ އިލާޙީ ކޯފާ އެ ހަށިގަނޑަކަށް ވާޖިބުވާ ކަމެއް ކަމަށާއި، ކަމެއް ޙާޞިލްކުރަން ބޭނުންވެފައިވާ މީހާ އެކަމެއް ޙާޞިލްކުުރުމަށްޓަކައި ހޭދަކުރާ ހޭދަކުރުމަކީ ރިޝްވަތު ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވެވި ޚުޠުބާގައި ވިދާޅުވެފައި ވަނީ، ޙަލާލު ނޫން ގޮތުގައި ރިޒުޤު ހޯދުމަށް، އަބަދުވެސް ޝައިޠާނާ މަގު ދައްކާނެ ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އިސްލާމް ދީން ގެނެސްދީފައިވާ އިރުޝާދުތަކަށް ބައްލަވަންވާނެ ކަމަށެވެ.

"ލިބޭ އާމްދަނީ މަދުވީމަ ޙަލާލު ނޫން ގޮތުގައި ރިޒްޤު ހޯދުމަށް ޝައިޠާނާ މަގު ދައްކާނެއެވެ. އަދި ނަފްސުވެސް އެކަމަށް އެއްބަސްވެދާނެއެވެ. ނަމަވެސް މުސްލިމުން މިފަދަ ޙާލަތެއްގައި ބަލަން ޖެހޭނީ އިސްލާމްދީން ދެއްވާފައިވާ އިރުޝާދަކީ ކޮބައިތޯއެވެ. އެއްވެސް ކަމެއް ކުރުމުގެ ކުރިން، ދީނުގައި އެކަމެއް އައިސްފައިވާ ގޮތް ބެލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ." މިއަދު ޚުޠުބާގައި ވިދާޅުވިއެވެ.

އަދި ރިޝްވަތަކީ ޙަރާމް އެއްޗެއް ކަމަށާއި، ކަމެއް ޙާޞިލްކުރަން ބޭނުންވެފައިވާ މީހާ އެކަމެއް ޙާޞިލްކުރުމަށްޓަކައި ހޭދަކުރާ ހޭދައަކީ ރިޝްވަތެއްކަމަށް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

"އަދި މިފަދަ އެންމެހާ ކަންތައްތަކުން ދުރުހެލިވުމަށް ތިޔަ އެންމެހައި ލޮބުވެތި އަޚުންނަށް ނަޞޭހަތްތެރިވެ ވަޞިއްޔަތް ކުރަމެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަސީދު

    އިލިޔާސް ދިރި އުލުމައް ކުރަނީ ކޮން މަސައް ކަތެއްބާ ހަލާލު ފައިސާގެ ވާހަކަދައްކާއިރު އިރުކޮލަކާމެލޭސިތާއައް ދިރިއުން ފެންނަނީ އާއްމު މީހަކައް ވުރެ މަތިން

    8
    4
  2. ފިރުޓޭ

    މިރާއްޖޭގައި ހެދިބޮޑުވަނީ ތިޔަފަދަ ހަށިތައް. ހައްތާ ރަލާ އޫރުމަހާ ވިއްކައި ރާއްޖޭގެ ތާހިރުބިމުގައި ޒިނޭ ކުރުވައިގެން ލިބޭ ޑޮލަރު ޚަރަދުކޮށް ކާންދީ ބޮޑެތިވާ ހަށިތައް.

    3
    1