ރައްޔިތުންގެ މަޖިލީހުގައި ތިބެންވީ މިލިއަނަރުން ކަމަށާއި، އެއިރުން ރިޝްވަތުދީގެން ވިކިގެން ނުދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިގޮތަށް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ، މަޖިލީހަށް ކުރިމަތިލާން ޖެހެނީ ތަޖުރިބާ ހުރި، ގާބިލު، ތައުލީމީ އަދި ފުއްދުންތެރިކަން ހުރި މީހުން ކަމަށެވެ. ނަމަވެސް އަމިއްލަ އަށް ކައިގެން ބޮއިގެން އުޅެވޭނެ ވަރު ނެތް މީހުން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލައިގެން ހޮވުމުން އޭނާ މަސައްކަތް ކުރާނީ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެ މީހާ މަސައްކަތް ކުރާނީ އަމިއްލަ ޖީބު ފުރާލުމަށް ކަމަށާއި، ނޫނީ ބަލާނީ އަމިއްލަ ކަމެއް ކުރެވޭ ކަމަށެވެ.

"އެމީހާ އަމިއަލައަށް ކައިގެން ބޮއެގެން އުޅެވޭނެވަރު ނެތް މީހަކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލައިގެން ހޮވުނީމަ ވިދާޅުވެ ބައްލަވާ ދެން ކިހިނެތްތޯ ވާނީ. މުއްސަނދިންނޭ މަހުޖަނުންނޭ މިލިޔަނަރުންނޭ ކިޔައިގެން ވާހަކަ ދައްކާއިރު، މިލިޔަނަރުން ތިބެންވީ އެތަންތާގައި. އޭރުން އެ ވިދާޅުވާ ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ،" ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހަށް ހޮވަންވީ މުއްސަނދިން ކަމަށް ބުނެ އެފަދަ މޭރުމަކުން ގާސިމް ވަނީ ވާހަކަދައްކާވާފައެވެ. އެއިރުން ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގިވްއިން

    މަޖްލީހުގައި ތިބެން ޖެހޭނީ ރިޗް ޕީޕަލް އޭ އެއީ ޔަގީންވެ ކަށަވަރު ކަމެކޭ ރައްޔިތުންގެ މަޖްލީސް މެމްބަރުންނަކީ އެއީ ސުޕަރ ރިޗް ބަޔަކަށް ވާން ޖެހޭނެއޭ އެކައުންޓް ގައި މަދުވެގެން 100 މިލިއަން ރުފިޔާ ހުންނަން ޖެހޭނެއޭ ބަރާ ކޮށްފައި އެވަރު ނެތް މީހުންނަށް މަޖްލީހުގެ މެމްބަރު ކަމަށް ފައިނޭންޝަލީ ކުފޫ ހަމަވާ ކަމަށް މަމެން ނުދެކެމޭ ރައްޔިތުން އެދޭ ކަންކަން ސަރުކާރާއި ގުޅިގެން ކުރެވޭނީ އެއިރަށޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

  2. ފޯރި ފޯރި

    ސާބަހޭ ޤާސިމްބޭ! ދޫނުދޭތި!! ފޯރި އެބަހުރި

    2
    1
  3. ރަކޫޓަންޖިންނި

    އަނެއްހެން ބަލާއިރު ތިވާހަކަ ހަމަރންަގަޅު، ގޯހެއްނޫން.

    3
    1
  4. ގިވްއިން

    މަޖިލީހުގައި ތިބެންވީ "މިލިއަނަރުން"، ނުވިކޭނީ އޭރުން ކަމަށް ގާސިމް ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މިލިއަނަރުން މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ތިބީމައޭ ޕްރެކްޓިކަލް ވާނީ އަދި ރާއްޖޭގެ ވިޔަފާރި ވެސް ކުރި އަރާނީ އެބަޖެހޭ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންގެ ލާބައާއި މަންފާ އަށް ޓަކައި ވާހަކަ ދައްކާނެ މަޖްލީސް މެމްބަރުން މަޖްލީހުގައި ޕޫލެއްގެގޮތުގައި ތިބެން އިންކަމް ޓެކްސް އެގޮތަށް ނެގިގެންނުވާނެއޭ ރާއްޖޭން އިންވެސްޓަރުން ފިލާނެއޭ އެއިރުން ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

  5. ބަލާތި

    މަޖިލީހުގައި ތިބެންވީ "މިލިއަނަރުން"، ނުވިކޭނީ އޭރުން ކަމަށް ގާސިމް ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ތިއޮތް އައްޑޫ ދަރުބާރުގެއެއް އެޅިއިރު އެތަނުގައި ސިފައިން ކުރި މަސައްކަތެއް އެއީ ލަބިއްޓެ ގްރޫޕް ގެންގުޅޭ އަފިރިން ތަފިރިން ކުންފުނިން ކޮށްފައިވާ މަސައްކަތް ތަކެއް ކަމަށް ބުނެ އެމެން ވަނީ މިލިއަނުން ދަވާލާފައޭ ސަރުކާރުގެ ބަޖެޓް މިހާރު އެމެން ކޮންމެ މީހަކު ހުޅުމާލޭގައި އެބަހުއްޓޭ ގެސްޓް ހައުސް އަޅާފަައި އެއީ ކޮންތާކުން ހޯދި ފައިސާ އެއްތޭ

  6. ގުޑްގުޑް

    މަޖްލީހުގައި މިލިއަނަރުން ތިބުން އެއީ ވަރަށް ރަނގަޅު ކަމެކޭ ސަބަބަކީ މިހާރު މަޖްލީހުން މިރާއްޖޭގެ ވިޔަފާރިވެރިންނަށް ފަހި ވާނެ އުސޫލުން އެއްވެސް ކަމެއް ކޮށް ނުދެއޭ ބޭރުން މީހަކު ގެންނާން ކޯޓާ އެއްވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރި އެއްކުރަން އުޅޭ މީހަކަށް ނުލިބެއޭ މާލެ ސަރަހައްދުން ވިޔަފާރިކުރާނެ ބިމެއް ސަރުކާރުން ގުޅިފަޅުން ނުދެއޭ މުޅިން ވެސް ކިޔަނީ ތަންޑާ ނަވާރައޭ ކޮން ތަންޑާ ނަވަރާއެއްތޭ ތަންޑާނަވާރަ އޮޅާލާ އޮޅާލާ އޮޅާލާ. ގެޓް ދަ ޕޮއިންޓް.

  7. NotSarcasm.Absolutelynot

    Yeah that what i am saying. Get all the rich folks in, make laws in order to get them even richer and the rest poorer. Then only this country will survive

  8. عبدالله

    އެއްވެސް އުޅުމެއް އަޚްލާޤެއްހުރި ބަޔަކުގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލަވާލުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވާއިރު، ވިޔާނުދާ މީހުންގެ މައްޗަށް މަޖިލިސް އެކުލަވާލުމުގެ ބާރު އުފައްދައި ނެރުމަށް ބަޔަކު މަސައްކަތް ކުރަމުންދާއިރު، އިންޑިޔާ ސިފައިންނަށް ސިކުންތުކޮޅެއްގެ ތެރޭގައި މިރާއްޖެ ހިފޭނެކަމަށް ބުނާ ބަޔަކު މިރާއްޖެ ހިސާރަކުރަމުންދާއިރު، ހެއްލުމަކީ، ގެއްލުމެއްކަން ރަނގަޅަށް ދަންނަނަށްޖެހޭނީ ރައްޔިތުންނެވެ. ކުރިންނުވި ރައްކަލެއް ފަހުން ނުވެވޭނެއެވެ.