ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ކަމަށާއި، ހަ ގޮނޑި ނުލިބޭނެ ކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް ކަޕަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ހަދައިގެން މަޖިލިސް އަށް ނިކުންނެވި ނަމަވެސް އެދެބޭފުޅުންނަށް ގުޅިގެން ވެސް މަޖިލީހުގެ ހަ ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމަށެވެ.

ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއެކު ގާސިމް ވަޑައިގެންނެވުމުން އެއްވެސް ވަރަކަށް އެމަނިކުފާނު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ އެދެބޭފުޅުންނަށް ގުޅިގެން ވެސް ހަ ގޮނޑި ނުނެގޭނެތީ ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ބާރުތައް ފެށޭނީ ރައްޔިތުންނާ ހަމައިން ކަމަށާއި، އިންތިހާބުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި ފަހަރުގައި ރައްޔިތުން ނިންމާ ގޮތަކުން ގޮނޑި އެއް ނުލިބި ވެސް ހިނގައިދާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ އެއްޗެއް ދަންނަވާފާނަން. ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެ. އެ ފާޑަށް އެ ވިދާޅުވަނީ، ޔަގީންކަން ނެތީ އެމްޑީޕީއަށް ހެން މަށަށް ހީވަނީ ހަ ގޮނޑި ހޯދާނެ" ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ެައަންނި

    އެމްޑީޕީ ދާނީ ޗޮކުން ހަހަހަހަހަހަ. އެޖެންޑާ ހިފައިގެން އިންޑިއާ އަށް ދޭ އަންނި

    45
    6
  2. މާމިގިލީ މީހާ

    މިފަހަރު މާމިގިލީ ދާއިރާއަށް ވެސް ގާސިމު ނުހޮވޭނެ. ދެން ހުންނާނީ ވެރިކަން ކުރެވިފަ. ބުރުމާ ބާގީއަށް.

    9
    40
  3. ދދދދދދ

    އޭރުވެސް އަހަރުން ބުނިން ތި ރީނދޫ ގަބީލާއާ ވައި ނޭޅޭށޭ. ތީ ބޮލެއް ހުރި މީހެއް ނޫން. އެމީހުން ޝަރުޢީ ދާއިރާ ތެރޭން ބަޣާވާތް ކުރަން ފައިސާ ދީ ހުރިހާ ކަމެއް ކުރީމަ ސައްޕެއް ޖަހާ ބޭރު ކޮށްލީނު. ފުރޯޑު ޓޯޕީ ބުނިހެން ކެޔޮގަނޑު ކަނޑާލީ.

    39
    6
  4. Anonymous

    ހޯރަފުށީ އަނބި އައިޝާގެއިން އެމްޑީޕީ ލަވަޖެހުން ހުއްޓުވާލަބަލަ ތިހާ މޮޅުމީހެއްވިއްޔާ ނުވާނެއެކަމެއް އައިޝާ ބަށުވެފަ ގާސިމުބޭބެހުންނަނި.

  5. spectator

    Ladies and Gentlemen, I present to you the Maldivian Donald Trump

  6. ބަސްއަހަާ

    ގާސިމް ތީބޮޑުބާގީއެއް

  7. عبدالله

    އަންނިގެ އަތުގައި އޮތީ ހުދު ގަމީހަކާއި ކަޅު ފަޓްލޫނަކާއި ބޮޑު އަގަޔަކާއި ނުބައި ދުލަކާއި މުޖުރިމެއްގެ ސިކުޑިއެއް އެކަންޏެވެ. ނަމަވެސް، ބުރުމާ ޤާސިމުގެ އަތުގައި ހުރީ މުދަލާއި ތަކެއްޗާއި ފައިސާއާއި ރިސޯޓްތަކާއި މަތިންދާ ބޯޓްފަހަރެވެ. ވީމާ، މިދެމީހުންގެ ތެރެއިން މިރާއްޖެއަށް ހެޔޮއެދޭނީ އެމީހެއްގެ މިލްކިއްޔާތުގައިވާ ތަންތަނާއި ތަކެއްޗާއި ފައިސާ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ބޭނުންވާ މީހާއެވެ.

  8. ނުފުރި ހުރިޔާ ގުޑުގުޑު އަޅާނެ

    ގާސިމަކީ ދުވަހަކުވެސް ފުރޭނެ މީހެއް ނޫން. އެހެންވީމަ ގުޑުގުޑު އަޅަ އަޅާ އެހުންނަނީ. ފުރިފަހުންނަ އެއްޗެހި ގުޑުގުޑު ނާޅަ އައޭ ބުނާއިރު އެންމެނަށްވެސް އިނގޭ ތީ ފުރޭނެ މީހެއް ނޫންކަން. މުއުމިނެއްގެ ގަޔަށް އެއްހަރުން ދެފަހަރު ކަށި ނުޖެހޭނެ އޭ ބުނަނީ މުއުމިނާގެ އީމާންކަން ގަދަވީމަ އޭނާގެ މައްޗަށް ދެފަހަރު އެއްދިމާ އަކުން ގެއްލުމެއް ނުދެވޭނެ އޭ ބުނަން ވެގެން. އަމިއްލަ އެދުމުން ފުރި، އާޚިރަތަށްވުރެ ދުނިޔެ އެދޭ ކޮންމެ މީހަކީ އެހާ އީންމާތެރިކަން ނެތް މީހެއް..!!!