ނިމިގެންމިދާ، އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ ދާއިރާތަކަށް ގެނެސްދެއްވާފައިވާ ކުރިއެރުމާއި، ތަރައްޤީގެ ކަންކަން ވަޒަންކުރާނެ ބަޔަކީ އެ ދާއިރާގެ ރައްޔިތުންނެވެ.

އެގޮތުން، ނައިފަރު ދާއިރާ ތަމްޞީލް ކުރައްވާ މެމްބަރުގެ މަސައްކަތަށްވެސް އަންނަ މަހުގެ ހަވަނަ ދުވަހު އެ ދާއިރާގެ ރައްޔިތުން މާކްސް ދެއްވާނެއެވެ. އެ ދާއިރާގެ ގިނަ ރައްޔިތުން ޤަބޫލުކުރާގޮތުން، ނައިފަރު ދާއިރާގެ ރައްޔިތުން، ފަސް އަހަރުގެ މުއްދަތަށް މިހާރުގެ މެންބަރު އަހުމަދު ޝިޔާމް އާއި ހަވާލުކުރި އިމްތިޚާނުން އޭނާ ވަނީ ސަތޭކަ ޕަސަންޓް މާކްސް ހޯއްދަވާފައެވެ.

ނައިފަރު ދާއިރާ އަށް މި ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝިޔާމް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ދާއިރާގެ ރައްޔިތުން ހީވެސް ނުކުރާފަދަ ތަރައްޤީ ވަނީ ގެނެސްދެއްވާފައެވެ.

ވިހި އަހަރު ދުވަސް ވަންދެން ނައިފަރުގެ ރައްޔިތުން އެދެމުން ދިޔަ ނަރުދަމާ އާއި ފެނުގެ ނިޒާމުވެސް ނިންމަވައިދެއްވި މެމްބަރަކީ ޝިޔާމެވެ. އަދި ރާއްޖެތެރޭގައި މިހާތަނަށް އަޅާފައިވާ އެންމެ ބޮޑު އަތޮޅު ހޮސްޕިޓަލް ވެސް ހުރީ ނައިފަރުގައެވެ. ރާއްޖޭތެރޭގައި އޮތް އެންމެ ބޮޑު ބަނދަރުވެސް އޮތީ ނައިފަރުގައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިއީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރާއި ގުޅިގެން، ނައިފަރަށް ގެނެސްދެއްވާފައިވާ ބޮޑެތި ކުރިއެރުންތަކެވެ. މީގެ އިތުރުން، ޒަމާނީ ބޮޑު މިސްކިތެއް ނައިފަރުގައި އަޅައިދީ، އަލަށް އާބާދުވެފައިވާ ސަރަހައްދުގައި ކަރަންޓުގެ ވިއުގަ އެޅުމުގެ މަޝްރޫޢުވެސް ހިންގާފައިވަނީ ޝިޔާމްގެ ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.

މީގެ އިތުރުން ނައިފަރަށް ވަޒީފާގެ ފުރުޞަތުތައް ގެނެސްދެއްވުމަށްވެސް ޝިޔާމް ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ޕީ.ޖ ގެ އޮފީހަކާއި، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރ އެއްވެސް ނައިފަރުގައި ވަނީ ޤާއިމުކޮށްދެއްވާފައެވެ.

ނައިފަރު ރައްޔިތުން މީގެ 25 އަހަރު ކުރިން ދެކެމުން އައި ހުވަފެނުގައިވެސް ކުލަ ޖައްސަވައިދެއްވީ، ނައިފަރު ދާއިރާގެ މިހާރުގެ އެމްޕީ އަޙުމަދު ޝިޔާމެވެ. އެއީ ޅ.އަތޮޅުގައި އެއާރޕޯޓެއް އެޅުމަށް އެ ދާއިރާގެ ރައްޔިތުން ކުރަމުން އައި ފޮނި އުންމީދެވެ. މިހާރު އެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށިފައިވާ އިރު، މިކަމުގެ ސަބަބުންވެސް ގިނަ ވަޒީފާތަކެއް އެ ސަރަހައްދުގައި އިތުރުވެގެންދާނެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޝިޔާމް ކުރިމަތިލައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުންނެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިބިޔާއްލޯ

    އެމްޕީ ޟިޔާމް ހަމަ ހަބޭސް

  2. ނިޔާ

    އެމްޕީ ޝިޔާމް ތަފާތު ދައްކައިދީފި.

  3. ާަސްޓިއަރިން ކޮމިޓީ ޗެއަރޕާސަން

    ޝިޔާމް އަކީ ނައިފަރުގެ ރައްޔިތުންނަށް ލިބުނު ރަންގަޑެއް. ނައިފަރު ރައްޔިތުން އެތައް އަހަރެއް ވަންދެން ބަރުދާސްތު ކުރަމުން އައި ހިތްދަތި ދުވަސްތައް މާޒީކުރުވައި ދެކެމުން އައި ހުވަފެންތަކުގައި ކުލަޖައްސަވައިދެއްވި. ޝިޔާމްގެ 5 އަހަރުގެ ދައުރުގައި ނައިފަރުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދެއްވުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކޮށްދެއްވި. މޭވާ ލިބިލިބި ހުރި ގަހެއް ކެނޑުމަކީ ކޮސްކަމެއް. ނަިފަރަށް އިތުރަށް ބޭނުންވާ ކަންތައް ދެންވެސް ކޮށްދެވޭނީ އިޙްލާސްތެރިކަމާއެކު ކުރިންވެސް ކޮށްދިން އެމް.ޕީ ޝިޔާމް އަށް. ޢޭޕްރިލް 6 ވަނަ ދުވަހު އަހަރެމެން ޝިޔާމް އަށް 100 އިން 100 ދީ ނައިފަރު ދާއިރާގެ ގޮނޑީގައި އިރާދަކުރެއްވިއްޔާ ބައިންދާނަން