ރ. އުނގޫފާރުގައި ފަސް ލައްކައަށްވުރެ ގިނަ ފައިސާ ހުރި ތިޖޫރިއެއް ވަގަށް ގެންދިޔަ މައްސަލަގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، 500،000 ރުފިޔާ ހުރި ތިޖޫރީއެއް ވަގަށް ގެންދިޔަ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަަމަށެވެ.

ފުލުހުން ވިދާޅުވީ، އެރަށު ހިތް ފަސޭހަގޭ ހިންގާ ފަރާތުގެ ގޭގައި ހުރި އެ ތިޖޫރި ވަގަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު 13:52 ހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ވަގަށް ނެގި ތިޖޫރީގައި ހުރި ފައިސާ ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭގެެއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިޖޫރި

    ޢެރަށުގަ ހުންނަ ޕޮލިސް ސުޓޭޝަނަކަން ތިހިކަމެން ނުހޯދޭނެ. ޢަބަދުވެސް ކޭސްތައް ކުރިޔަށް ދާވާހަކަ ބުނާނީ.

  2. ބޮޑުދުފާ

    ތީއޭ ރައީސް އެވިދާޅުވާ މިނިވަންކަމަކީ. އެއްވެސް ބިރެއް ޖެހިލުމެއްނެތި ދުވާލުމެންދުރު ތިޖޫރީ ވަގަށް ނެގުން. ހާދަ މިިނިވަން ވީމައޭ ދުވާލުމެންދުރު މިކަހަލަ ބޮޑެތިވައްކަން މި ކޮށްލެވެނީ.

  3. Anonymous