ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ، އިރުތިޝާމް އާދަމް، ދާއިރާގެ ރައްޔިތުންނަށް ހާއްސަ ފަރިކޮޅެއް ރޭ ކުރިއަށް ގެންގޮސްފިއެވެ.

ރޭ ހ. ރޯޒީ ލައިޓް ކަންމަތި އިރުތިޝާމްގެ ކެންޕޭން ޖަގަހަ ކުރިމަތީގައި ބޭއްވި ހާއްސަ ހަފްލާގައި އިރުތިޝާމު ނިސްބަތްވާ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން އިރުތިޝާމްއަށް ތާއިދު ކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ފަރިއްކޮޅުގެ ތެރެއިން ވަނީ ދައްމާނު ބޮޑުބެރު ގުރޫޕުގެ ހަރަކާތްތަކެއްވެސް ފެނިގެން ގޮސްފައެވެ.

ރޭ ބޭއްވި އިވެންޓްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ، ޢިލްމީ އަދި ޤާބިލް ބޭފުޅަކީ، ކެނޑިޑޭޓު ނަމްބަރ އެކެއް، އިރުތިޝާމް އާދަމްއެވެ.

އިރުތިޝާމް ވަނީ ވޭތުވެދިޔަ 25 އަހަރު އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަށްކުރައްވާފައެވެ. ރައީސް ޔާމީން ގެ ސަރުކާރުގައި، ހެލްތު މިނިސްޓަރ ކަމުގެ މަޤާމާއި، ޔޫތު މިނިސްޓަރ ކަމުގެ މަޤާމުވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.

ރޭ ބޭއްވި އިވެންޓްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

ކުރިއަަށްއޮތް މަޖިލިސް އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އިތުރިޝާމް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަަވަނަ ދުވަހުއެވެ.