އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްސަލައިގެ ޝަރީއަތާ ގުޅޭގޮތުން މީޑިއާގައި ދެއްކި ވާހަކައާއި ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލާ ހިސާން ހުސައިން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލާ ހިސާން ހުސައިން "ވަގުތަށް" ވިދާޅުވީ، ކްރިމިނަލް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނީ އެ ކޯޓުގައި ހުންނަވަނިކޮށް ކަމަށާއި، ކޯޓަށް ހާޒިރުކޮށް އެ ކޯޓުން ސުވާލުކޮށްފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްސަލައިގެ ޝަރީއަތާ ގުޅޭގޮތުން މީޑިއާގައި ދެއްކެވި ވާހަކައާއި ގުޅޭގޮތުން ކަމަށެވެ.

"ކޯޓަށް ހާޒިރުކޮށް ސުވާލު ކުރެވުނު، ސުވާލު ކުރެވުނީ އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްސަލައިގެ ޝަރީއަތާ ގުޅިގެން މީޑިއާގައި އަޅުގަނޑު ދެއްކި ވާހަކައާއި ގުޅިގެން" ހިސާން ހުސައިން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، އެ ޝަރީއަތާއި ގުޅޭގޮތުން މީޑީއާގައި ވާހަކަ ދައްކާފައިވަނީ އެ ކޯޓާއި ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ނޫން ކަމަށާއި، އެހެންކަމުން އޭނާގެ ވާހަކަތަކާއި ގުޅިގެން އެފަދަ ތަސައްވުރެއް އުފެދިފައިވާނަމަ އެކަމަށް މައާފަށް އެދި ކްރިމިނަލް ކޯޓަށް ބަޔާނެއް ދީފައިވާނެކަމަށެވެ.

ހިސާން ވިދާޅުވީ، "އަޅުގަނޑު ދެންނެވިން އަޅުގަނޑު ދެއްކި ވާހަކައިގެ ސަބަބުން ކްރިމިނަލް ކޯޓާއި މެދު އެއްވެސް ގޯސް ތަސައްވުރެއް ރައްޔިތުންގެ ހިތުގައި އުފެދިފައިވާނަމަ، އެއީ އަޅުގަނޑު އެ ނިޔަތުގައި ކުރި ކަމަކަށް ނުވާތީ މައާފަށް އެދިފައި ބަޔާނެއް ދީފައިވާނެ" ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ޖިނާއީ އިޖިރާއަތުގެ ދަށުން ނޫންކަމަށް ގާޒީ ވިދާޅުވުމުން އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލުން ކަމަށްވާ ހިސާން ހުސައިންގެ އިތުރުން ހުސްނުއްސުއޫދު ވަނީ އެގޮތަށް ޝަރީއަތް ނުގެންދެވޭނެކަމަށް ކޯޓުގައި ވިދާޅުވެފައެވެ. ނަމަވެސް ގާޒީ ނިންމެވީ ކުއްލި ނުރައްކަލުގެ ހާލަތު (ކނހ) ނިމެންދެން އާންމު އިޖުރާއަތުގެ ދަށުން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ގެންދާށެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ހިސާން ވަނީ މީޑިއާގައި ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޑާޑާޑާޑާ

    އިބޫ "ދޫކޮށްލި" ކަމަށް ނިހާން ވިދާޅުވުމުން އެމްޑީޕީ ކަންބޮޑުވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ބޭނުންވަނީ އެމްޑީޕީގެ ބޯ ގޮއްވާލަން އަދި އަބަދުވެސް ރަންރީނދޫ ޓްވިޓަރޭ މެން ބޮލުން ދުން އަރުވާފައޭ ބަހައްޓަންވީ ބިކޮޒް އެމެން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރަށް އިގްތިސާދީ ކަންކަމުގައި ވިސްނަ ދޭން ފުރުސަތު ނުދެއޭ އެހެން ކަމަށްވާނަމަ މަމެން ވެސް ނުޖެހޭނެއޭ އެމެންނަށް ނޭވާލާނެ ފުރުސަތު ވެސް ދީގެން މަމެން އެމެންނަށް ވަރަށް ކަމޭ ހިތީމޭ އެކަމަކު އެމެން ނިކުތީ ދަ ބަތާހަރާމީ ދަ ހަރާމްކޯރުންނަށޭ މަމެން އެގޮތަށް ދުލެއް ނުދޭނަމޭ. ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަހަރާމް ކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ....

    • އެޑަމް

      ހޫ އިޒް ދިސް މޭޑް މޭން

  2. ޙަސަން

    މިހާ މޮޅު މީހަކު މާފަށް އެދުނީ ކީއްވެބާ؟

  3. ހުސްނާ

    ތިޔަހާވަރުން މައްޗަށް އެދެން ޖެހޭ އިރުވެސް ފާޑުފާޑުގެއަގަތެޅުވޭތޯ ބައްލަ ވާތި

  4. ކްރޯޑް

    ތިޔަހާވަރުން މައްޗަށް އެދެން ޖެހޭ އިރުވެސް ފާޑުފާޑުގެއަގަތެޅުވޭތޯ ބައްލަ ވާތި

  5. އަޙްމަދު

    ހެހޭ ސައިޒަށް ތިރިކޮއްލީ ދޯ.

  6. ކުއްތަމަ ފަނޑިޔާރު

    އެކޮޔާ ހިސާނު! ރަނގަޅު ވާހަކައެއް ބުނަންތަ. ކުއްވެރިންގެ ކުރި ކުއްތައް ފޮރުވަން މަސައްކަތް ނުކޮށް އިހަށްދޭބަލަ އައުރަ ނިވާކުރަން...

  7. އަލިބެ

    ހިސާނު އެނަންޏެއްނޫން މީގެ ކޮންމެ ވަކީލެއްވެސް ވަކާލާތު ކުރުމަށް ވުރެ ޕަބްލިސިޓީ ހޯދަން އުޅޭތީ ވާގޮތް. ކޯޓު މައްސަލަ ހިނގާ ކޮންމެ ދުވަހަކު ޕްރެސްކޮންފަރެންސް ބާއްވާ ކޯޓުގަ ވާހަކަ ނުދައްކާވަރަށް ވާހަކަ ދައްކާ، އެރޭ ޓީވީ ޕްރޮގްރާމަކަށް އަރާ އަނެއްކާ އެވަރަށް ވާހަކަ ދައްކާ، ކްލައިންޓާ ބައްދަލު ކުރާ ކޮންމެ ފަހަރަކު ބަޔާނެއް ނެރޭ އަދި ޓުވިޓް ކުރޭ. ނުވިތާކަށް ދުނިޔޭޔެ ލެއްވިހާ ޖަމާއަތްތަކާ ބައްދަލު ކުރަން ޖެހޭ، މިހުރިހާ ކަމެއްކޮށްފަ ވަކާލާތު ކުރާނެ ވަގުތެއް ބުނެބަލަ. ޝަރީއަތުގަ ބަލިވަނީ ބަލިވާންވެގެން. ދެންވީ ކުރި ހުކުމް ނުބައިކޮށްފަ މުޒާހަރާ ކުރަން.

  8. ހާދީ

    މިހިސާނު ދުވަހަކުވެ ޝަރީއަތެއް ކާމިޔާބު ކޮށްފިތަ؟ މިގޮތަށް އުޅޭ ގުރޫޕެއް އުޅޭނެ، ކޯޓަށް ވުރެ ގިނައިން ފެންނާނީ ޓީވީ ތަކަށް އަރާ ތިބޭތަން. ޓީވީ ތަކުގެ ޕްރެސެންޓަރުންނަށް ވުރެ ޓީވީ އަށް އަރާލެ މިމީހުން ގިނަވާނެ.

  9. ޕީޖޭ

    ކިޔައިދީބާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުނުކުރަންވީ ކީއްވެ؟ ކުއްލިނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރާމީހުން؟ ކޮންގާނޫނެއްގައިތޯ އޮތީ؟ އަޅުގަނޑަށް މީގެ ޖަވާބު ބޭނުން ސަބަބަކީ ގާނޫނު ކިޔަވަމުންދާ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ މީހެއް ނޫން އަޅުގަނޑަކީ؟؟

    • ރޯނު އެދުރު

      ކަލޭ އިހަށް ސުވާލު ލިޔަން ދަސްކުރޭ ސޮރާ..!

    • އެޑަމް

      ބަންދުކުރާ މީހުނާމެދު އަމަލުކުރާނެގޮތް އޮންނާނީ ޖިނާއީ އިޖުރާތުގަ. ޖިނާއީ އިޖުރާތަށް އަމަލުކުރަން ނުޖެހޭ ހާލަތެއް ޤާނޫނުގަ އޮތްތޯ ބަލާލަބަލަ ފުރަތަމަ

  10. ހިސާނު (ފިރިހެން) :ޕ

    ކޮން މާފަކަށް އެދޭކަށް. ކަލެއަކީ ފިތުނަ ފަސާދަ އުފައްދާ މީހެއް. ރާއްޖެ ހަލާކުކުރުމަށް ފޫގަޅައިގެން އުޅޭ މީހެއް. ދީނަށް ފުރައްސާރަ ކުރާ މީހެއް. ދުވަހަކު ކޭހެއް ކާމިޔާބު ނުވިއަސް ތިމާވަރު މީހެއް ނެތިގެން ޢައުރަ ނިވާ ނުކޮށް ކޮންމެ ދުވަހަކު ބައްތިރީސް ފަހަރު ޓީވީއަށް އަރާ މީހުން މަގު ފުރައްދާ މީހެއް. ކަލެއަށް ހަލާކު ހުރި..!

  11. ނޫންތަ؟

    އައްދޭ ކަލޭ މާފަށް އެދުނީ!!! ކަލޭ ތިއޮއްފަދަ "މާތް" އިންސާނާ މައާފަށްވެސް އެދުނީ!!!!!!! މާތްކަލާކޯ. ކަލޭ ކޯޓުގަވެސް ނިކަން ގަދަ ބަސް ބުނެފަ މައާފަށް އެދޭކަށް ނުޖެހޭނޭ ގޮވައި ހަޅޭއް ފަޅޭއް ލަވައިނުގަތީޔޯ! ކަރުދޮށުން މިލަގަނޑު ފިލުވައިގެން އާދެބަލަ އިހަށް.

  12. ކާކު؟

    މާފެއް ނުކުރާނަން، އަބަދު ކުށްވެރިން ކުށްނުކުރާކަމަށް ހަދަންބޭނުންވާ ހިސާން، މާދަމާ ކަލޭ ބަންދު ކުރީމަ ކާކު ދާނީ ވަކީލަކަށް.

  13. އިބްރާ

    ތިޔަހެން ވިދާޅުވީމާ ނިމޭނެތޯ ހުރިހައިކަމެއް. ކަލޭ މިހަކާއި ޖިމާއުވެފައިވެސް އެކަމުގެ ސަބަބުން އެއްވެސް ނުބައެއް ހިނގައިފައިވާނަމަ އެކަމަށް ނިހާޔަތަށް މައާފަށް އެދެމޭ ބުނުމުން އެ ނިމުނީތޯ؟ އަޅުގަނޑު ދައުލަތަށް ގޮވައިލާނީ މި ހިސާނަކީ މުޅި ދައުލަތުގެ އަގުވައްޓަމުންދުވާ މީހަކަށްވާތީ މީނާއަށް މިކަމުގައި އެކަށީގެންވާ އަދަބުދިނުމަށެވެ. ހަމަ މުޅިދައުލަތުގެ އަގުވައްޓާލާފައިވެސް މައާފަށް އެދިލުމުން ނުނިމޭނެއެވެ.