ރ. އުނގޫފާރުގައި ފަސް ލައްކައަށްވުރެ ގިނަ ފައިސާ ހުރި ތިޖޫރިއެއް ވަގަށް ގެންދިޔަ މައްސަލަގައި މިރޭ އަނެއްކާ ވެސް އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިރޭ ވަނީ 25 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި މިއަދުގެ ވަގުތެއްގައި ވަނީ 27 އަހަރުގެ މީހަކު ވެސް ހައްޔަރު ކޮށްފައެވެ.

ތިޖޫރި ވަގަށް ނެގި މައްސަލައިގައި ދެމީހަކު ހައްޔަރު ކުރިނަމަވެސް ވަގަށް ނެގި ފައިސާތައް އަދި ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، އުނގޫފާރުގައި ރެސްޓޯރެންޓެއް ހިންގާ ފަރާތުގެ ގޭގައި ހުރި ތިޖޫރި ވަގަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު 13:52 ހާއިރު ކަމަށެވެ.

ފަހަކަށް އައިސް ބޮޑެތި ވައްކަންތަކާއި، ފޭރުމުގެ ބޮޑެތި ހާދިސާތަކާއި ތިޖޫރި ވަގަށް ނެގުން ވަނީ އާދަޔާއި ހިލާފަށް އިތުރުވެފައެވެ. ފާއިތުވި މަސް ދުވަސްތެރޭގައި ފޭރުނު ފައިސާގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ އިތުރެވެ. ނަމަވެސް އޭގެތެރެއިން ގިނަ ފައިސާ ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.

ވައްކަމާއި ފޭރުން އިތުރުވަމުންދާ މައްސަލައިގައި ފުލުހުން މާގިނަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ފުލުހުން އިއްޔެ ވަނީ ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއްތަނަށް އުފުލާނަމަ ފުލުހުންގެ އެހީތެރިކަން ހޯދަން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޚަލި

    guLigenq hinqgA ކަންކަން

  2. Anonymous

    ކޮބާހޭ ރައްތިތުންގެ ފައިސާ؟؟ މިފްކޯއިން ފޭރުނު ފައިސާ ސަރުކާރުގެ ބޮޑުވެއްދީ ކޮންތާކަށްހޭ. ރައްޔިތިންގެ ފައިސާ ފޭރޭ ސަރުކާރު.

  3. މާުއުނގޫދޫ....

    ތިޔައީ ހަމަ އުނގޫފާރު ތޯ... ?

  4. ފެއިލް

    އުނގޫފާރު ފޮޓޯއެއް ނޫން ހިމަނާފަ ތީނީ. ށ. މާއުނގޫދޫގެ ފޮޓޯއެއް.

  5. އައިޝް

    އެމްޑީޕީ ޓްވިޓާއިން ބުންޏަސް ތިޔަ ފޮޓޯގައި އެވަނީ އުނގޫފާރެއް އަދި އެރަށު ރައްޔިތުންނެއްވެސް ނޫނެވެ.

  6. އަހްމަދު

    ވައްކަމާ ފޭރުމާ މާރާމާރީ ހިންގުމުގެ މިނިވަންކަން ދެވިއްޖެކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ. މިސަރުކާރު އައިފަހުން ބޮޑެތި ވައްކަންތައް އެކޮށްލަނީ ރޯމާ ދުވާލު. ކިހާ މިނިވަންކަމެއް އޮތީމާތޯ މިހެންކަންކަންކޮށްލެވޭނީ. ސާބަސް ރައީސްސޯލިހު، ރައްޔިތުން މިތިބީ ވަރަށް ހިތްހަމަޖެހިފާ ، އެއްވެސް ކަހަލަ ބިރުވެރިކަމެއްނެތް އުފަލުން ފޮޅިފާ. ކުރިއަށް ބާރަށް ކުރިއަށް.

  7. Anonymous

    ސަރުކާަރުބަދަލުކުރަންވީ