މީގެ ފަސް މަސް ކުރިން ރާއްޖެ އޮތް ހާލަތާ މެދު މިއަދު ވެސް ވިސްނަން ޖެހާކަމަށައި އޭރު ރާއްޖެ އޮތީ އަސާސީ ހައްގުތައް ގެއްލި، އެއްވެސް މިނިވަން ކަމެއް ނެތް ހާލަތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ރ. އަތޮޅުގެ ހަތަރު ދާއިރާ އަށް އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް އަލިފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވީ ރައްޔިތުން މި ސަރުކާރު ގެނައީ މީގެ ފަސް މަސް ދުވަސް ކުރިން އޮތް ހާލަތު ބަދަލު ކުރާށެވެ. ކުރު މުއްދަތުގެ ތެރޭގައި ނަތީޖާ ވެސް ފެންނަމުން އަންނަ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގެއްލިފައި އޮތް ޙައްޤުތައް މިހާރު ހޯދައިދެވިއްޖެ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންގެ ކިބައިން ގެއްލިފައިވާ ހައްގުތައް ވަނީ ހޯދައި ދެވިފައި. އެ ހައްގުތައް ހިފެހެއްޓުމަށް ފާސްކޮށްފައިވާ ގާނޫނުތައް ވަނީ މަޖިލީހަށް ހުށަހަޅައި ބާތިލް ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
ފަސް މަސް ދުވަސް ކުރިން ރާއްޖޭގައި އެއްވެސް މިނިވަންކަމެއް ނެތް ކަމަށާއި ނަމަވެސް މިހާރު ޙައްޤުތައް ހޯދައިދެވިއްޖެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއިރު ފާއިތުވި ހަތަރު ވަރަކަށް މަސް ދުވަސް ތެރޭގައި ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅަށް އަޑުއުފުލާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއްގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ރައީސް ޞާލިހް މިރޭ ވިދާޅުވީ މި ސަރުކާރުގެ ކުރު މުއްދަތުގެ ތެރޭގައި ގިނަ ކަންކަން ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށާއި އަދި އެކަން ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ތައުލީމީ ނިޒާމަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަައި ކަމަށައި ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ސްޓޫޑެންޓް ލޯންގެ އިންޓްރެސްޓް ރޭޓާއި މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
މަސްވެރިން ކިރާ މަހަށް ވަގުތުން ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދަކަށް ވާ އިރު ފެށޭ ހަފްތާގެ ތެރޭގައި އެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ މަހިތުން ނަޝީދަށްވުރެވެސް ނުބައި ދައްޖާލެއް. ދޮގުހެދުން އިންތިހާ. ކަލޭ ތިކިޔާ ހައްގަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާ ފޭރުމުގެ ހައްގުގެ ވާހަކަވިއްޔާ ތިއީ ތެދެއް.
ގުރޫޕުމީހުންނަ ހައްގުތައްދެވިއޖެ ނިންމާފަ ހުރިކަންތައް އަބުރާ މިލިއަނުން ގުރޫޕުމީހުންނައް ލާރިވެސްދެވިއްޖެ ވައްކަމެއް ނުކުރޭ ބަހަނީ
ލާހައުލަވަލާ ޤުއްވަތަ އިއްލާ ބިﷲ
ރައީސްމީހާ ބުއްދި ޢާފިލުވެފަނެތިއްޔާ އިނގޭނެ މިދެއްކުނީ ކޮސްވާހަކައެއްކަން.
100 ދުވަަހުން މަނިކުފާނުގެ އައުވާނުން 100 މިލިއަން ކައިލީމަ ތޯ ހުރިހާ ހައްގެއް ދެވުނީ؟
މިނިވަންކަން ދިންވަރަކީ މަގުމަތިން މީހަކު ކިބުލޭ ގޮވީމަ ފުލުހަށް ގެންދިޔައީ. އުމަރު ނަސީރު ދަރުބާރުގޭގަ މިނިވަންކަމުގެ ދިފާއުގަ ނުކުންނަން ބާއްވަންއުޅުނު ބައްދަލުވުން ބޭއްވިޔަނުދީ ތަންއަތުލީ. ޕޕމން އާޓްފިޝަލްބީޗްގަ ބޭއްވިބައްދަލުވުން ހިގަމުންދަނިކޮށް ފުލުހުންފޮނުވާ ހުއްޓުވީ. އެޖަލްސާގަ އުމަރު ވާހަކަދެއްކިޔަނުދޭން އަމުރުކުރީ. އެހެންވީމަ ތިއޮތީ ދުނިޔެލެއްވި ހުރިހާ މިނިވަންކަމެދެވިފަ އިސްލާމްދީނުގެ ޝިޔާރު ފާޅުކުރަން ސަލަފުން ބާއްވަންއުޅުނު ދެބައްދަލުވުން ބޭއްވިޔަނުދީ ހުއްޓުވައިފި. ދޮގުހެދުންވެސް ހައްދުންނެއްޓިފަ. ރޔާމީން ހިފާހައްޔަރުކޮއްފަ އެމަނިކުފާނާ އެމަނިކުފާނުގެ އަނބިކަބަލުންނަ ޝަރުތުކޮއްފި ވާހަކަނުދައްކަން. ދެން ކަލޭ ކިބޫ ހޭގޮތަށް ނުހޭތި. ކިބޫ ރޯގޮތަށް މަކަރު ކަރުނައަޅަނީ ރައްޔިތުންގާތު.
ތިޔަ ބުނުއްވީ ހަމަ ރަނގަޅަށް. ކުރިން މީހުންނަށް ދީނަށް ފުރައްސާރަކޮށް ހަދަން ޖެހިލުންވޭ. އެކަން ކުރަނީ އެހެން ގައުމަކަށް ގޮސް ފިލާ ތިބެ ނުސީދާ ބަހުން. އެކަމަކު މިހާރު ސީދާ މި ޤައުމުގަ ފާޅުގަ ދީނަށް ފުރައްސާރަކޮށް އިސްލާމީ ޝަރިީއަތާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ހައްޤު އެކަން ކުރަން ބޭނުންވެގެން އުޅޭ ބަޔަކަށް ހޯދާ ދެވިއްޖެ. އެހެއްނު؟ އެހެންވީމަތާ އެކަންތައް ލޯމަތީ ހިނގައިދާ އިރުވެސް ބަހެއް ނުބުނެ ހިމޭނުން ސަރުކާރު ތި އޮތީ... އިސްލާމިކް މިނިސްޓްރީވެސް މި ހައްޤު ހޯދާ ދިނުމުގަ. ސާބަހޭ.
ވަރައްބޮޑު ތެދެއް. ވާނުވާނޭގި މަރުވުމުގެ ހައްގު. ވައްކަންކުރުމުގެ ހައްޤު. މުޅި ޤައުމު ނަމުގަ ވެރިކަމުގަ ހުރެގެން ވެރިކަންކުރަން ނޭގިގެން އިސްތިއުފާ ދިންކަލޭގެ އަތްމައްޗަށް ދޫކުރުމުގެ ހއްޤު . ކޮމެޓީހެދުމުގެ ހައްޤު. މިހުރިހާ ހައްޤެއް ދެވިފަ ވީ. ހައްހައްހާ
އިސްލާމްދީނަށްފުރައްސާރަކުރަންބޭނުންވެފައި ތިބިމީހުނަށްއެހައްގުލިބިއްޖެ
ސޯލިހު ތިހުއްނެވީ ހަމަހޭގައިތޯ. ސަރީއަތްނުކޮއް ޔާނީނު ޖަލައްލީ ކަލޭ ނޫންތަ އުމަރައް އަނގައިން ބުނަން ހުއްދަނުދީތިހުރީ ހަމަމިވެރިކަމުގަނޫންތަ ކިންކަމެއްކުރެވިގެންތަ ތިޔަފުމެނީ ،
ކޮން ޙައްޤެއް ހޯދައިދެވުނު ވާހަކަތޯ ތިޔަ ދައްކަވަނީ؟ ހަމަ ޙައިރާން ވެއްޖެއެވެ. ވީކަމެއް އަދި ވާކަމެއް ހަމަ ޙަރާމެވެ.
މިނިވަން ވާނީ ދެން މިވަރަށް ރޯމާދުވާލު މިފްކޯ ރުފިޔާތަކެއް ފޭރިގަނެފި ރ. އުނގޫފާރުގައި މިއަދު 500،000ރ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާފައިވާ ވާހަކަ އެއީ އެމީހާގެ ހައްގެއް ސަރުކާރުން ދެއްވާ އެއްޗެއް ނޫން މުސްކުޅިން ބުނާއަޑުއަހަން ދޮގުހެދުމަކީ ވައްކަން ކުރުމުގެ ތަޅުދަނޑިއޭ
ތިބުނީ ދީނައްފުރައްސާރަކުރަން ހުއްދަދިންވާހަކަތޯ...ﷲއާއިރަސޫލާއަށް ފުރައްސާރަކުރިއެކަކުވެސް ހައްޔަރެއްނުކުރޭ އިތުރައްގަދަކުރަން ބާރުދިނީ ދެއްތޯ...ސުބުހާނަﷲ
މީ މާފައްކާ ރައީސެއް. ކުރިކަމެއް ފެންނާކަށް ނުހުރޭ. ޕޯޑިއަމް ކައިރީގަ ހުރެލާފަ މިބުނަނީ މިހާރު ހުރިހާކަމެއް ނިމިއްޖޭ. ރައްޔިތުންނަކަށް ނޭންގޭ ކުރިކަމެއް.
އަހަރަމެން ރައީސަށް އިތުބާރުނުކުރަން ވ.ގިނަ ދޮގް ހައްދަވައިފި... އެއިރުވެސް ވާނުވާ ނޭގޭ ގޮތަށް މިހާރުވެސް އެގޮތަށް. ރައްޔިތުން ޤަބޫލްނުކުރޭ، ރައްޔިތުންގެ ތެރެއިން 100 ދިވެހިން ކޯޓްގައި އިންނަ ރައްޔިތުން މުސާރަދޭ ފަނޑިޔާރަކު ބޭނުން ވެއްޖެހިދެއްގައި ވާނުވާ ނޭގި ޖަލުގެ ގޮޅިތަކުގައި 0-7 އަހަރުގެ މުއްދަތަކަށް ޝަރީއަތް ނިހިންގާ ތިބެންޖެހޭކަމަށް. ވ. ގިނަ ޒުވާނުންވީ ޖަލުގަ، މަސްތުވާތަކެތި ބޮއެފިޔޭކިޔާފަ.
ބަލަ މިއުޅެނީ ކުދިންގެ މަށްސަލައެއްނޫން. ހައްގުގެ ވާހަކަ ނުދައްކާ މަޑުކޮށްލާ ، އޮޑި ފަރަށް ނައަރާ ދުވާނަމަ ތިބާގެ މާލިމީކަން 2023 ހަމަޔަށް އޮންނާނެ. ނަމަވެސް ޖޫން ޖުލައި ގަދަ ކުރިމަތިވަނީޔޭ ... ވާނުވާ ނޭގި ފަރެއްގަޖެހި އޮޑި ފުނޑުފުނޑު ވެދާނޭ. ނުވާނަމަ އޭގެ ފަހުން ތިބާ އަށް ރައްޔިތުން އާނބަސް ނުބުނާނެ. މަވަރަށް ފޫހިވެއްޖެ. ދޮގް ހަދާލެއްގިނަކަމުން.
ބޮޑު ކަމަކަށް ސަރުކާރުން ވައްކަން ނުކުރައޭ ބުނި ނަމަވެސް މަމެން އެކަން ގަބޫލެއް ނުކުރާނަމޭ މިހާރު ސަރުކާރުގެ ކުންފުނި ތަކުގެ ތިޖޫރީ އަށް މިލިއަނުން ބަރާ ކޮށްފައި ތިޖޫރީ ވަގަށް އެނަގަނީ އެއީ މަޖްލީސް އިންތިޚާބާއި ދިމާކޮށް ވެރިކަން ކުރާ ޕާރޓީ އަށް ފަންޑް ހޯދަން ވެގެން ކުންފުނި ތަކުގެ ބޮޑުންނާއި ޕާރޓީ ތަކުގެ ބޮޑުން އަޑީގައި ތިބެގެން ކުރާ ކަމެކޭ މީ ވައްކަން ނޫން ދެން ކޯއްޗެއްތޭ ސަރުކާރުގެ ތިޖޫރީގައި މިލިއަނުން ފައިސާ ބެހެއްޓުމަކީ ގާނޫނީ ގޮތުން މަނާ ކަމެކޭ ނުރައްކާތެރި ވަގުން އުޅޭ ސަރުކާރެކޭ މީ ނުރައްކަލޭ ނުރައްކަލޭ އައްޑޫން މާލެ އަށް ބޮޑެތި ވަގުން ގެނެސްގެން ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކުރަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން އަޑީގައި ތިބެގެންނޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ...
މިނިވަންކަން ކުރިންނެތްއިރު ދެން ކިހިނެތް ވެރިކަމަށް ތި ހިރީ އާދެވިފަ؟
ކޮބާ ކަރަންޓްގެ އަގު ހެވެއްނުވޭ. ފެނުގެ އަގު ހެވެއްނުވޭ. ތެލުގެ އަގު މިސަރުކާރުއައިފަހުން ދެގުނަ ބޮޑުކޮށްފި. އާނ! ދީނަށްފުރައްސާރަ ކުރުމުގެ މިނިވަންކަން ދީފި.
މަޖްލިސްގެ މެޖޯރިޓީ ހޯދަން ތެޅިމަރުވަނީ ދީނީމިނިވަންކަން ދިނުމަށާއި އިންޑިޔާއަށް އަޅުވެތިވުމަށް ފާސްކުރަން! ދިވެހިން ވިސްނާ
ތިބުނާ މިނިވަން ކަން ދިނީމަ ދީނަށް ހަޖޫ ޖަހާ ހެދީމަވެސް އަޅާނުލާ ތިބެނީ އެއީތޯ ތިބުނާ މިނިވަން ކަމަކީ
ހާލަތު ވަރަށް ބޮޑަށްވެސް ބަދަލުވެއްޖެ، އެކަން މިހާރު ރަށްރަށުގެ އަތިރިމަތިންނާއި، މަގުތައްމަތިންވެސް ފެނޭ، އަދި ފުލުހުން ހޯދަމުންގެންދާ ބަނގުރަލުގެ އަދަދުންވެސް އެނގި ކަށަވަރުވޭ، އޭގެ އިތުރުން ފޭރޭ މިންވަރުންވެސް ވަރަށް ސާފުކޮށް އެނގޭ.. ރައީސް ނުދެންނެވިޔަސް ތިޔަ ކަންމަކަކީ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަން...
ލާދީނީ ހުރިހާ ހައްގެއް ލިބިއްޖެ. ރަނގަޅު ވާހަކައެއް ?
މިނިވަން ކަން ލިބިއްޖެ ކަމަށްވިދާޅުވިއަސް އުަމަރުނަސީރު އަގައިންބުނަން އުޅޭއިރަށް ޕޮލިހުން ނުކުމެ ބާރުގެ ބޭނުންކޮށްގެން އަގަބަންދުކުރޭ. ހާލަތު ބަދަލެއްނުވޭ މަގުމަތީގެ އަނިޔާކުރުން ގިނަވެއްޖެ. ދައުލަތުގެ ޚަރަދުތައް ބޮޑުވެއްޖެ. ކަރެޕްޝަން ފުލެޓްތެރޭގަ. ދައުލަތުގެ މުދާ ޕާޓީ މުދަލަށް ހަދާގެން އުޅެނީ.ރައީސް އަށް 24 ގަޑިރަށް ރައްޔަތުން ޚަރަދުކުރަމުންދާއިރު ޕާޓީމެމްބަރުންނަށް ކެމްޕޭނުކުރަން އެ ވަޤުތު ހޭދަކުރުމަކީ ކަރެޕްޝަނާއި ޚިޔާނާތް.
މިނިވަންކަން އޮތްވަރުން ނޫންތަ؟ މީހެއްގެ އަބުރު ކަތިލައިގެން ވެރިކަމަށް އާދެވުނީވެސް. މިދިވެހިރާއްޖޭގައި މީގެ ކުރިންވެސް ނެތް މިނިވަން ކަމެއް މިހާރަކު ލިބިފައެއްނެތް. ތިޔައީ ހަމަހުސްވާހަކަ ޔާމީން ސަރުކާރު ނަންވާނީ އެކަމަކު މާނުބައި މިހާރު ކަންތައް ދާގޮތް. އެތަކެއް ދިވެހިރައްޔިތުންނަށް އޯގާތެރިވާނަމޭ ކިޔާފަ ގެނެސް ދިން ސަރުކާރުގެ އެތިބީ ވަޒީފާއިން ވަކިކޮށްފަ މަގުމަތީގައި. ދިވެހިރާއްޖޭގައި މިމިޙުން ނުދެވިގެން އުޅެނީ މިހާރު އެހެން މިނިވަންކަމެއް. އެމިނިވަންކަން ހޯދައިދޭން މިހާރު ތިތެޅެނީ. ބަހާއި ޢަމަލު ދިމާނުވާ ސަރުކާރެއް. ޔާމީނަށް ގޮވި ހުރިހާ އެއްޗެއް އެމްޑީޕީ ސަރުކާރަށް އަނބުރާ ލިބިއްޖެ.
އެހެންވެގެން ދީޯ ކަމަހާ ނުބެހޭ މީހަކަށް މިޤއުމުގެ ބަސްކިޔަން ޙަވާލުކޮށްގެން ތިހިރީ؟ ދިވެހިރާއްޖޭގެ ވެރިކަން ކުރަން ދިވެހިރއްޔިތުންނ ދިނި އެއްމެ މީހަކަށް އެކމަކު އެމްޑީޕީގެ ކޮންމެ މީހަކީ ރައީސެއް. ކަާކުގެ ވާހަކަ ކަމެއް ޤަބޫލުކުރަންވީ ކާކުކަމީ ރައީސަކީ ނޭނެގޭ ހިސާބަށް ޤައުމު އޮތީ ގެންގޮސްފައި.ކަނަޑަނީ ހުސް ބާސާ ހަދަނީ ހުސްރޯ ބުހުތާނު ދޮގު މިރާއްޖެއަކީ ހިނގަހުނަގ އޮތް ބޮޑު ސަރުކާރެއް. ޕްރޮޖެކްޓެއް ނުހިނގާ އެއވްެސް ރަށެއް ނެތް އެކަމަކު އެއީ ވެސް ނުވާކަމެއް ކަމެއް ހަދާ މިހުރިހާ ކަމަކީ ތިމާމެން ކުރި ކަންތއް ކަމަށް ހެދިގެން އެކަމުގެ ކްރެޑިޓް ނަގަން އެބައުޅޭ. މިއީ އެފަދަ ޤާބިލުބައެއްނޫން.
އެކަމު ހާދަ ވިޔާނުދާވާހަކައެކޭ ދައްކަމުން ތިޔަދަނީ އުތަ ތަޔަށްއިނގޭތަ މަކަރާދޮގުހެދުމުން ވާނެގޮތް މުޅިގައުމު މިހާރު މިޔޮތީ އަންދަލުސް އަށްވެފަ ދެންފެންނާނީ މުޅިގައުމު ފުޑޭތަން މިގައުމުމިވަނީ ނެތިމޮށުމާ ފުރައްސާރަޔާލާދީނިއްޔަތާ ވައްކަމާ ފޭރުމާ ބަދުއަޚުލާގީ އަދި ފާޙިޝް އަމަލުތަކާ ދޮގުހެދުން އިންތިހާ މީހުންގެ އިއްޒަތާ އަބުރު ކަތިލުމުގަ އެއްވަނަ ބޮޑެތި ކުއްވެރިން އިއްޒަތްތެރިންނަށް ފާޅުގަ ކުފުރުވަނީ މިހުރިހާކަމަކަށް ހުޅުވާލައިގެން ވެރިކަމުގަ ހުންނައިރު ބިރެއް ލަދެއްހަޔާތެއް ނެތޭ މިހުރިހާނުބައިކަމަކަށް ފުރުސަތުދީގެންހުރެ ފާޑުފާޑު ވާހަކަ އެބަދައްކައެއްނު ތީހަމަ އަބޫޖަހުލުގެ މަގާމު ލިބިފަހުރި މީހެއް