އެމްޑީޕީގެ ކެނޑިޑޭޓޔންގެ ޖަގަހަތަކަށް ހަމަލާދިން ނަމަވެސް، އަދި އެކަން ކުރި ބަޔަކު އެނގުނު ކަމުގައި ވީނަމަވެސް، ރައްދު ހަމަލާއެއް އެމްޑީޕީއިން ނުދިނުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެއްވެސް މެންބަރެއް އަދި ސަޕޯޓަރެއްވެސް، ޖަގަހަތަކަށް ހަމަލާދިން މީހެއް ނުވަތަ ބައެއް އެނގުނު ކަމުގައިވިޔަސް ރައްދު ނުދެއްވުން އެދޭ ކަމަށާއި އަދި ހިތްވަރާއެކު ކުދިޔަށް ދިއުމަށެވެ. އެމްޑީޕީގެ ޖަގަހައަކަށް ހަމަލާދީފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ޓްވީޓް ކުރައްވާ ކުރެއްވި މިޓްވީޓްގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށާއި އަދި އެޖެންޑާ 19 ތަފާތުވާނެ ކަމަށެވެ.

 

މަޖިލިސް އިންތިހާބަށް ދެ ހަފްތާއަށް ވެފައިވާއިރު، ކެމްޕެއިން ފޯރިގަދަވެ، ކެންޑިޑޭޓުންގެ ޖަގަހަތަކަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ވަރަށް ވަނދުކޮށް ސަޕޯޓް އުޅޭތީވެ އުއްމީދުވަނީ ކެނޑިފައި! އެހެންވެ ނަޝީދުގެ އަމުރަށް އަމިއްލަ ޖަގަހަތަކަށް އަމިއްލައަށް ގެއްލުންދެނީ!

    8
    1
  2. ޚަރާ

    އައްދޭ ތީ އޯލްޑް ސްޓަންޓް އެއް. ތިއެއް ނުވިކޭނެ މިހާރަކު.

    8
    1
  3. އެމް ސީ

    ހަމަލާ ދެނީ އަމިއްލައައް.

    13
    1
  4. އަނެއް

    ﷲގެ ރަހުމަތުން އެޖެންޑާ ކާފަރު 19 ކާމިޔާބެއް ނުވާނެ ބުއްޅަބެޔަށް ހަލާކުހުރި.

  5. މުސްތަފާ

    ތިކަން ކުރާނީ މޑޕ މީހުން ތިކަހަލަ ކަމެއް އެހެންބަޔަކު ނުކުރާނެ