ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންގެ ބޮޑު އަގުލަބިޔަތެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަަށް އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އިބްރާޙިމް މުޙައްމަދު (އިއްބެ) ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިއްބެ ވިދާޅުވީ ދާއިރާ އަށް ނިސްބަތްވާ ޖުމުލަ 3000 ވަރަކަށް ރައްޔިތުންގެ ތެރެއިން 1100 ރައްޔިތުން ނިސްބަތްވަނީ ޕާޓީ ތަކަށް ކަމަށާއި ބާކީ ތިބި ރައްޔިތުން އެއްވެސް ޕާޓީ އަށް ނިސްބަތް ނުވާކަމަށެވެ.

"ވަރަށް ބޮޑު ތާއިދެއް އަޅުގަނޑު ހީކުރިވަރަށް ވުރެންވެސް ބޮޑު ތާއީދެއް އެބައޮތް އަޅުގަނޑަށް , މިދާއިރާގައި ވޯޓު ލެވޭ 3000 ވަރަކަށް ރައްޔިތުން ތިބި އިރުގައި ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ އަދަދު އުޅެނީ 1100 ގައި އެހެން ކަމުން ބޮޑު މެޖޯރިޓީ އަކީ ޕާޓީތަށް ނޫން މީހުން " އިއްބެ ވިދާޅުވިއެވެ.

"އެބޭފުޅުން ބޭނުން ނަމަ މި ވަޒީފާ އަޅުގަނޑަށް ދެއްވުމުގައި އެއްވެސް ހުރަހެއް ނެތް " އިއްބެ ފާހަގަ ކުރެއްވިއެވެ.

އިއްބެ އިތުރަށް ވިދާޅުވީ ކެންޕެއިންގެ ހަރަކާތްތަށް ބާރަށް ކުރިއަށް ދާކަމަށާއި ދާއިރާގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުން ދާކަމަށެވެ.

މަގުމަތީގައި ދައްމާފައި އޮތް ބެނާއަކަށް އިޝާރަތް ކުރައްވާ އިއްބެ ވިދާޅުވީ ވަރަށް ގިނަ ދަރިވަރުންގެ ދަރިތަށް ހުރުމުން ބެލެވެރިންގެ އިތުރުން ދަރިވަރުން ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ހެޔޮވެރިކަމެއް ކުރަން އައި ސަރުކާރަކުން މިހާރުވެސް އެދަރަނިތަށް ކުޑަކުރުމުގެ ބަދަލުގައި އެއްކޮށް ކަޑާވެސް ލެވޭނެކަމަަށެވެ.

ކުރިއަށް އޮތް މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ އިއްބެ އަށް ތާޢީދު ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުންންވެސް މިހާރު ވަނީ ނިންމާފައެވެ.

އިއްބެ އަކީ، ޤާނޫނީ އަދި އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ.މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ވަރަށް ގާބިލް ދީނަށާ ގައުމަށް ލީބިވާނެ ދިވެހި ދަރިއެއް. އިންޝާ ﷲ އިއްބެ ހިވޭނެ. ﷲ ގެ ރަހުމަތް މިގައުމުގެ މައްޗާށް އިތުރުކޮށްދެއްވާއެވެ. އާމީން

    10
  2. ހުސޭނާ

    ޔާ ﷲ .އިބްރާހީމް މުހައްމަދު އަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުވުމުގެ ހެޔޮ ތަޢުފީޤު މިންވަރުކުރައްވާށި.

    އެންމެހާ ލޮބުވެތި މައްޗަންގޮޅި މެދުގެ ރައްޔިތުންނޭވެ،ތިޔަ ބޭފުޅުންގެ ދާއިރާގެ ގޮނޑީއަކީ ތިޔަ ބޭުފުޅުންގެ ދާއިރާގެ ގޮނޑިއެއްގެ ގޮތުގައިހައްދަވާ،ދާއިރާގެ އުޅޭ ދާއިރާގެ ރަޙުމަތްތެރި އިއްބެ އަށް ދެއްވާ ވޯޓަކީ ގެއްލޭނެ ވޯޓެއް ނޫން .އިން ޟާ ﷲ .

    11
  3. ހުސޭނޫ

    ކެންޑިޑޭޓް ނަަމްބަރު 3 ގައި ހެޔޮ ފާހަގަ ޖައްސަވާ.އެއީ ހެޔޮ ކެންޑިޑޭޓަކީ.

  4. އަހްމަދު ޢަލީ

    މަގޭ ވޯޓު އިއްބެ އަށް. ލާދީނީ އަށް ނޫނެކޭ ބުނުމަށް ދާއިރާގެ ހުރިހާ ބޭފުޅުންވެސް އިއްބެއަށް ވޯޓު ދެއްވާ!

    29
    • ާއަހްމަދު

      މަގޭ ވޯޓވސް އިއްބެ އަށް. ލާދީނީ ބަލިކުރައްވާށި امين

      10
  5. މުހައްމަދު ހަސަން

    ޥަގުތުގަ އުޅޭ ކުދިން ބިރުގަންނަނީ