ގައްދޫ އެއާރޕޯޓު ނުވަތަ މާވާރުލު އެއާރޕޯޓަކީ އެއްވެސް މީހަކަށް އޭގެ ކްރެޑިޓް ނެގޭފަދަ ގޮތަކަށް ކުރިއަށްދާ މަޝްރޫއެއް ނޫން ކަމަށާއި، އަންނަ މަސްތެރޭގައި އެ މަސައްކަތް ނިމޭނެކަމަށް، ގައްދޫ ދާއިރާގެ މެމްބަރ، އަޙުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރަޝީދު މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން ގެނެސްދޭ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގައްދޫގެ އެއާރޕޯޓާއި ގުޅޭގޮތުން، ބަހުސްގައި ބައިވެރިވިވަޑައިގެންނެވި އެހެން ކެނޑިޑޭޓުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވާ، ރަޝީދު ވިދާޅުވީ، މީގެ ކުރިން އެއަރޕޯޓު މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންބަޔަކާ ކަން، ގައްދޫ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، މިހާރު އެ މަސައްކަތް ކުރިއަށް ގެންދަނީ އެމް.ޓީ.ސީ.ސީ ކަމަށެވެ.

"ގދ އަތޮޅަކީ އެންމެ ބޮޑު އަތޮޅު، އަދި އެއީ މިހާރު އެންމެ ބޮޑަށް ޓުއަރިޒަމް ފުޅާވެގެންދާ ސަހަރައްދު. ތެދެއްމެ، ގައްދޫގެ ދާއިރާ އަށް އެއަރޕޯޓެއްގެ ވާހަކަ ދެކެވެމުން އަންނަތާ ވަރަށް ޒަމާންވެއްޖެ. އެހެން ނަމަވެސް ގައްދޫ ދާއިރާގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، ކޮންބޭފުޅަކާތޯ، ކޮންބަޔަކާތޯ ގައްދޫގެ އެއަރޕޯޓު އަޅަން ހަވާލުވީ. މޫވިން އިންޓަރނޭޝަނަލް ކިޔާ ކުންފުންޏަކާ ގައްދޫ ދާއިރާގެ އެއާރޕޯޓު، މާވާރުލު އެއަރޕޯޓު އަޅަން ހަވާލުކުރީ. އަޅުގަނޑަށް އެނގިފައިވާގޮތް ކުށްކަމުގައި ނުވާނަމަ، އަޅުގަނޑުމެންގެ ކެނޑިޑޭޓު ނަމްބަރު އެކަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު" ރަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަޝީދު ވިދާޅުވީ، ގައްދޫ އެއާރޕޯޓުގެ މަސައްކަތަށް ބަޔަކު އިހުމާލު ވުމުން، އެކަން ކުރެވޭނެ ބަޔަކަށް އެ މަސައްކަތް ހަވާލުކުރުމަށް ސަރުކާރުގެ ތެރެއިން މަަސައްކަތްކޮށްފައިވާނެ ކަމަށާއި، އިދާރާކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި އެއާރޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

"އެހެންނަމަވެސް އެކަމަށް އިހުމާލުވެގެން ހަތްއަަހަރު އަށް އަހަރު ވެގެން ދިޔައީމަ، މިދިޔަ ސަރުކާރުގަ އެކަން ނިގުޅައިގަނެ، މިހާރު އަލުން އެކަން ވުޖޫދަށް ގެނެސްފަ އެއޮތީ އޭގެ ނާޖައިޒް ދައިދާ ނުވަތަ ކްރެޑިޓް ނުނެގޭގޮތަށް، އެ ސަރުކާރުން އެމް.ޓީ.ސީ.ސީ އަށް ލާރި ދީގެން އެރައޕޯޓު އަޅަން ހަވާލުކޮށްފަ. މި އަންނަ މަހު އިދާރަކުރެއްވިއްޔާ އެއަރޕޯޓު ނިމޭނެ. އެއީ އެއްވެސް ބަޔަކަށް ކުރެޑިޓް ނެގޭނެ އެއްޗެއް ނޫން. އެއީ ސަރުކާރުން ނިންމާފައި އޮތް ކަމެއް." ރަޝީދު ވިދާޅުވިއެވެ.

ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ގައްދޫ ދާއިރާއަށް ރަޝީދު ވާދަކުރައްވާނީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދދދދދދ

    ކެންޑިޑޭޓް ނަންބަރު 1 އަކީ ކާކު؟

  2. ގައްދޫ ޒުވާނުން

    ޖަވާބު ދޭނީ ވޯޓުން ..7 އަހަރު މާވާރުޅު. މާވެއްދޫ އެއަރޕޯޓް ހުއްޓުވާލި ކުރީގެ ގައްދޫ ދާއިރާގެ މެމްބަރ ޒާހިރުގެ ދަރިފުޅު އަހުމަދު އެމްޑީ މޫވިންއިންޓަ ނޭޝަނަލް ..

  3. ޛހގ

    އެއީ ގައްދޫ ޒާހިރު އާދަމްގެ ދަރި.

  4. thiladhunmathi

    Raajjeyge emme bodu atholhakee thilafhunmathi. Mihaaru min alhaigen beyyas okay. Bodumin balanee akaminun.

  5. އިދާރީ

    ތަންތަނަށް އަރާތިބެ މޮޅެތި ވާހަކަ ނުދައްކާ ގައްދޫ ދާއިރާ އަކަށް ބޭނުމެއް ނުވާނެ ކޮއްމެހެނއް އެއާޕޯޓެއް އެޅީ ކާކުތޯ ބަލާކަށް، ގައްދޫ ޒާހިރު އިސްވެ ހުރެ ގައްދު އަށް ގެނެސްފަ އޮތް ސަގާފަތަކީ ފޯމިޔުލާ އަކީ އިންތިޚާބުތައް ކާމިޔާުބުކުރަން ގޯނި ގޯންޏައް ލާރި އާ ހަކުރާ ގެނެސްގެން..ވޯޓު ގަތުން ލާރި ގިނަ ފަރާތެއް އެއީ ކާމިޔާބު ކުރާނެ ފަރާއި...މިހާރުވެސް ގައްދޫ ޒާހިރު ގެއިން ކޮއްތު -/60 އޭކިޔާފަ ކޮންމެދުވަހަކުވެސް ބަހަމުން ގެނދޭ...ރަޝީދުވެސް ހަކުރާ ފައިސާ ބަހައިގެން މިހާރުވެސް ހޮވިފަ ތިހިރީ. ދެން ކަލޭމެންނަށް ކޮން އިޚުލާސްތެރިއެއް ވެވޭނީ..ކަލޭމެން ގެ ހުންނާނީ ކޮން ނަޒާހާތްތެރިކަމެއް..