މާލެ ސިޓީގެ ވެލިދަނޑުގައި ހުރި ޓާފް ކާޕެޓްތަކުގައި ވަރަށް ބޮޑަށް ރޯވެ އަދަމުން އެބަދެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މާލޭގެ އެކުވެނި ޓެނިސް ކޯޓުގެ ފުރަގަހުގައި ހުރި މުދާތަކެއްގައި ރޯވެ އަނދަމުންދާ ކަމަށެވެ.
އަދި މިފަދަ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 18:57 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން މިހާރު ދަނީ ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާއްމުންވެސް ވަނީ އެއްވެފައެވެ.
ބެލެވޭގޮތުގައި، އެތަނުގައި ބަޔަކު ރޯކޮށްލީއެވެ. އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
މިރޭގެ ހާދިސާގައި ރޯވެ އަނދަމުންދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ފުޓްސަލް ދަނޑުތަކުގައި އަޅަން ގެނެސްފައި ހުރި ކާޕެޓްތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
އިންތިހާބެއްތަ އަލިފާ އުޅޭނެ ކޮންމެސް ހިސާބެއްގަ މީ މިގައުމުގަ އަބަދުވެސް ކަންހިނގާގޮތް މިކަން ސީރިއަސްކޮށް ބަލާކަށް ނުވޭބާ ހަމަހުރެފަރޮލެއްނުވާނެ އަދި އިއްތިފާގެކޭވެސް ނުބުނެވޭނެ މީބަޔަކު ގަސްތުގަ ކުރާކަމެއްކަން ހަމަޔަގީން
ސިފައިންނަށް ކިތަންމެ ކުޑަތަންކޮޅެއްގަ އަލިފާން ރޯވީމަ އަވަހަށް ނިއްވާލެވޭކަމަކަށް ނުވޭ އަދި ތިރޯވިތަނަށް މަގޭދިޔަނަމަ އަގައިން ފުމެ ނިއްވާލާނަން !!!!!!
ހުޅުޖެހިމީހުން ވެރިކަންތާ ދޯ.....
ރޯކުރާސަރުކާރު އައިމަވާނީ އެހެނެއްނު ދޯ ނަޟީދު
ރައީސް ޔްމީންތަ ރޯކޮށްލީ
ޓާފް ދަނޑުން މިސަރުކާރަށް ހުންނާނީ ރަނގަޅަށް ފޮނިބޮވިފަ ދެން ލަލަލަ
އިރު ކޮޅަކުން އޮންނާނެ ޖަހާފަ ޓާރފުގައި ރޯކޮއްލީ ހެލްމެޓް އަޅާގެންތިބި ބައެކޭ.. ނިންވާލީވެސް ހެލްމެޓް އަޅާގެން ތިބި ބައެކޭ.. ދެން އެފްބީ އަށް ވަދެލާއިރަށް ފެންނާނެ ސުކުރިއްޔާ މެޑަމް އައިޝާ ޖަހާފަ އޮއްވާ.. މިއޮތީ ގައުމެއް އިގޭ
އަންދާ އަޅިއައް ހަދާލާ. ރިޒާވް ގަ ހުރި ފައިސާ ތައްވެސް ވާނީ އަންދާލަން. ރައީސް ޔާމީނު ގެނައި ހުރިހައި ތަރައްގީ އަކާ ފައިސާކޮޅު އަންދާލާ. ތީ އަންދަން ވަރަށް ފަރިތަ ސަރުކާރެއްނު؟
ކިނބޫ ސަރުކާރުން ކުރިކަމެއް ހަމަ މިހާރު މިކަން ބަލަންޖެހޭ .
އަންދާ އެމް ޑީ ޕީ
ތިޔަ ތަނުގައި ތިޔަ އެއްޗެތި ބެހެއްޓި މީހަކަށް އެގެންވެސް ޖެހޭނެ ދޯ އެ އެއްޗެއްސަށް ބަޔަކު ގެއްލުން ދީފާނެކަން. ޗައިނާއިން ހަދިޔާ ކުރި އެއްޗެއް ވީމަ ޗައިނާ މީހުންދެކެ ރުޅިއަރާ ބަޔަކުވެސް ތިޔަ އެއްޗެތީގަ ހުޅު ޖަހާފާނެ. ޔޫތު މިނިސްޓްރީގެ ޒިންމާ އެއް ނެތީތާދޯ. ރައީސް ސޯލިހުގެ ކޮމެޓީއެއް ހަދަންކަންނޭގެ ދެންޖެހޭނީ ޒިންމާވާ ފަރާތެއް ހޯދަން.