ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާވަށު ދާއިރާއަށް ކުރިމަތިލެއްވީ، އެ ދާއިރާއަށް ތަފާތެއް ގެންނަން ބޭނުންވާތީ ކަމަށާއި، އެ ތަފާތު ގެނެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އެ ދާއިރާއަށް ވާދަކުރައްވާ، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ސަޢީދު މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން ގެނެސްދިން، މާވަށު ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއަދު އަޅުގަނޑު ކުރިމަތިލާފަ މިހުރީ ތަފާތެއް ގެންނަން. އަޅުގަނޑަށް އެ ތަފާތު ގެނެވޭނެ. އަޅުގަނޑުމެންގެ މުޅި ޤައުމަށް އެ ތަފާތު ގެނައިން. އިރާދަކުރެއްވިއްޔާ މާވަށު ދާއިރާގެ ލޮބުވެތި ރައްޔިތުން މި ގޮނޑި އަޅުގަނޑަށް ހޯދައިދީފިކަމަށްވާނަމަ މާވަށު ދާއިރާގެ ގޮނޑިއަކީ އަޑު އުފުލޭ، ސަރުކާރު ޖަވާބުދާރީ ކުރުވާނެ، އިޤްތިޞާދީ ގޮތުން އެއްވެސް އަތޮޅަކަށް ކުރިއެރުންދާނަމަ، އެންމެ ބޮޑު ކުރިއެރުމެއް ގެންނާނެ، އެންމެ ބާރުގަދަ ގޮނޑިއަށް މި ގޮނޑި ހެދުމުގެ ވަޢުދު އަޅުގަނޑު މި ވަނީ." ސަޢީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، މާވަށު ދާއިރާގައި ހިމެނޭ ތިން ރަށަށްވެސް ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރުތެރޭގައި އެ ދާއިރާއަށް ތަރައްޤީ އައިސްފައިނުވަނީ މަޖިލިސް ތެރެއިންނާއި މަޖިލީހުގެ ބޭރުން ކުރަންޖެހޭ ކަންކަން ނުކުރެވިގެންކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެ ފުރުޞަތު ލިބިއްޖެކަމަށްވާނަމަ، މާވަށު ދާއިރާއަށް މީގެ ކުރިން އައިސްފައިނުވާ ތަރައްްޤީ ގެނެސްދެއްވާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ މާވަށުގެ ބިން ހިއްކުން މުޙިއްމުކަން. ބަނދަރުގެ ދަތިކަން ފިލުވުން މުޙިއްމުކަން. އަޅުގަނޑަށް އެނގޭ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުން މުޙިއްމުކަން. އަޅުގަނޑަށް އެނގޭ ޞިއްޙީ މަރުކަޒަށް ޕްރައިވެޓް ކޮޓަރި މުޙިއްމު ކަން. ހަމަ އެގޮތަށް ކުނަހަންދޫގައި މަގު ބައްތިތައް ޖެހުމަކީ މުޙިއްމު ކަމެއްކަން. އަޅުގަނޑަށް މުޙިއްމު ކުނަހަންދޫ އަށް އަޅާނުލާ އޮތް އޮތުން ބަދަލުކޮށް، އެ އިތުބާރު އަލުން ޤާއިމުކޮށް، ކުނަހަންދޫ އަކީ ތަރައްޤީގެ މަގުގައި ކުރިއެރުންތަކެއް ހޯދާނެ ރަށަކަށް ހެދުން. އަޅުގަނޑަށް އެނގޭ ހިތަދޫ މަސްވެރިންނަށް އައިސް ޕްލާންޓް ބޭނުންވާކަން. އަޅުގަނޑަށް އެނގޭ ހިތަދޫގައި ދިމާވެފައިހުރި ތަރައްޤީގެ ހުރިހާ މަޝްރޫޢު ތަކެއް ހުއްޓިފަ ހުރިކަން. އަޅާލަންވާ ވަރަށް، މަޖިލިސް ތެރެއިންނާއި، މަޖިލިސް ބޭރުން މަސައްކަތް ނުކުރެވިގެން، ތަރައްޤީގެ މި އޮތް ހުރިހާ މަސައްކަތްތަކެއް ކުރި އިރު އަޅުގަނޑުމެންނަށް އުޅެންވާ ވަރަށް ނޫޅެވިގެން މި ދާއިރާއަށް ތަރައްޤީ އައިސްފަ ނުވަނީ." ސަޢީދު ވިދާޅުވިއެވެ.

ސަޢީދަކީ ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނިމިކް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ، ޢިލްމީ ޤާބިލް ބޭފުޅެކެވެ. އަދި ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން، ދާދިފަހުން އުފެއްވި ޕީ.އެން.ސީ ގެ ނައިބު ރައީސްގެ މަޤާމުގައިވެސް މިވަގުތު ހުންނެވީ ސަޢީދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރިޔަމް މޫސާ

    ސާބަހޭ، ސަޢީދު، އަޅުގަނޑުމެން މަނިކުފާނު ބަލައިގެންފިން. މަންމަން މެންބަރެއް މި ދާއިރާއަށް ބޭނުމެއް ނޫން. ސައީދު އިޒް ދަބެސްޓް. ޔޫކޭން!

    2
    1
  2. Anonymous

    ހަޤީޤަތަށް ބުނަންޏާ ބުނެވޭނީ، ޕީޕީއެމް ޕީއެންސީ އިން މަޖްލިހަށް ކުރިމަތިލާފައިވަނީ، ވަރަށް ޤާބިލް ޤައުމަށް ވަފާތެރި ދީނަށް ލޯބިކުރާ ބައެއް. މޑޕ ނުކުމެތިބި ގިނަ މީހުންނަކީ، އިލްމެއްނެތް، ދޮގުހެދުން ހައްދުން ނެއްޓިފައިތި އަޚްލާޤު ނުބައި ދީނެއް ގައުމެއް މުހިންމު ނޫން، ދަށު ދަރަޖައިގެ ބައެއް. މިހަޤީޤަތް ވަރަށް ރީތިކޮށް ހާމަވޭ، ޕީއެސްއެމް އިން ގެނެސްދޭ ބަހުސްތަކުން.