ސިޔާސީ އެއްވެސް ލީޑަރަކު މިހާރު ޖަލުގައި ބަންދު ކުރެވިފައި ނުހުންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ށ. ފޯކައިދޫގައި މިރޭ ބޭއްވި އެެޖެންޑާ 19 ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އަންނަނީ ގިނަ ކަންތައްތަކެއް ރަނގަޅު ކުރަމުން ކަމަށާއި، ކޯލިޝަންގެ ޕާޓީތަކަށް ރިޔާސީ އިންތިހާބުގައި ރައްޔިތުން ދިން ތާއީދަކީ ކަންތައްތަކެއް ހާސިލް ކުރަން ދިން ވޯޓެއް ކަމަށެވެ.

"މިއަދު މަޖިލީހުގެ ވާހަކަ ދައްކަމުންދާ އިރު، ބަލަން އެބަޖެހޭ މީގެ ދުވަސްކޮޅެއް ކުރީގެ ކަންތައްތަކަށް. ވަރަށް ބޮޑެތި ފިއްތުންތަކަކާއެކު، އެތައް ދަތިތަކަކާއެކު އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވީ. އެއްވެސް މިނިވަން ކަމެއް ނެތި ތެދުވެ، އަނިޔާވެރި ވެރިކަމެއް ނިންމާ މިއަދު މިއޮތް ވެރިކަން ގެނައީ. އެހިސާބުން ފެށިގެންވެސް އަޅުގަނޑު މި އަންނަނީ ރައްޔިތުން އެދުނު ކަންކަން ފުރިހަމަ ކޮށްދެމުން. އޭރު އިދިކޮޅަށް އެއްޗެއް ބުނި މީހެއްވިޔަސް ޖަލަށްލާ ކަސްތޮޅު އެޅުނު. މިއަދު ޖަލުގައި ނުހުންނާނެ އެއްވެސް ކުށްވެރިއެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައްތަކާއި، ށ. އަތޮޅަށް ބަޖެޓް ކުރެވިފައިވާ ކަންތަކަށް އަލިއަޅުވާލައްވާފައެވެ.

ރައީސް މިރޭ އެހެން ވިދާޅުވި އިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލު ބަންދުގައި ބަހައްޓަމުންދާތީ އޭނާގެ އާއިލާއާއި ލޯޔަރުންގެ ޓީމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ޝަރީއަތް ނިންމެން ދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމުން، އިދިކޮޅު ފަރާތްތަކުން ވަނީ އެކަމުގެ ޝަކުވާ ރައީސަށް އުފުލާފައެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ތިކާކުތަ މާ މޮޅުމީހަކަށް ވެގެންތި އުޅެނި މަކަރާ ޙީލަތުން ވެރިކަމަށް އަރައިގެން ތިއުޅެނި ލަހެއްނުވެ ފެނަނާނެ އެކަން ކަލޭމެންނަށް އައްނިޔަށް ފެނުނީ ހުދު މީހުންނެއްނު ކަލެއަށް ފެންނާނީ ކަޅުމީހުން އިރާދުކުރެއްވިއްޔާ ލަހެއްނުވެ ވެރިކަމުން ވެއްޓޭނެ އިންޝާ ﷲ

    33
    1
  2. ހަސަން

    ސިޔާސީމީހުންކުއްވެރިނުވެ އާއްމުނިކަމެތިރައްޔަތުންކުއްވެރިވާކަމައްވާނަމަ ވަރައްރަގަޅު

    23
    1
  3. ސަމި

    މިހާރު އެއްވެސް "ލީޑަޜަކު" ޤައުމަު ހަލބޮޅި ކުރާކަށް ނޫޅޭ ކުރިން ހައްޔަރު ކުރަން ޖެހުނީ އެގޮތަށް އެމީހުން އުޅުނީމަ

    30
    1
  4. ލާމް

    ކޮބާތަ ސިޔާސީ ކުއްވެރިޔަކީ؟

    22
    1
  5. އެލެކްސް

    ސިޔާސީ ކުއްވެރިއަކު ނެތޭ؟ ބަލަގަ މުޅި ގައުމު މިހާރު މިއޮތީ ކުއްވެރި ވެފައި ޤާނޫނު ތަކާއި ޤާނޫނު އަސާސީއާއި ޚިލާފުވެފައި، އިސްލާމްވަންތަކަން ބަޔަކު އެޖެންޑާ19 ނަމުގައި ގެއްލުވާލައިފި. އެޖެންޑާ 19 ނަމުގައި ގައުމިއްޔަތު އޮޅާލައިފި، އެޖެންޑާ19 ގެންނަން ގައުމުގެ މިނިވަންކަން މިހާރު އޮތީ ވަޅިއެއްގެ މިޔަމަތީގަ.

    33
    1
  6. އިބޫ

    ކަލޯ އިބޫ!! ލޮލުގެ ނަންބަރު ބަދަލުވީ އޮތަ؟ އެއްވެސް ކަމެއް ނުފެންނަނީ. އެއްވެސް ތަނެއް ނުފެންނަނީ. އެއްވެސް މީހަކު ނުފެންނަނީ. ސިޔާސީ ކުށްވެރިންނަކީ އެމީހަކު ބޭނުންހިނދަކު ވާއެއްޗެއްދޯ.

    21
    1
  7. ފިކުރު

    އިތުރުފުޅަކަށްވާނީ ޖަލުގަ ނޫނަސް މިނިވަންކަންގެއްލުވާލަފައިވަނީ ސިޔާސީބޭނުމަކަށްކަމަށް ވަންޏާ ދެއްތޯ. އެފަދަ ކިތައްމީހުނަަށް ނުހައްގު އަނިޔާތަކެއް ލިބެމުންދާކަން އެގިވަޑައި ނުގަންނަވާނަމަ ވަރަށް ދެރަ އެއީވެސް ވަލިއްޔުލް އަމުރުގެ ބެލެނިވެރިކަމުގައިވާ ދިވެހި ރައްޔިތުން ސުވާލުކުރެވޭނެ ދެއްތޯ

    21
    1
  8. މަސްވެރިޔާ

    ދޮގް ރައީސް ވިދާޅުވެފައިވަނީ މާއްދާ 27 ގެ ދަށުން އޮންނަ މިނިވަންކަން ހުއްދަ ނުކުރެވޭނެޔޭ ... ރ.ޔާމިން ހިފާ ވާނުވާ ޖަހާފައިވަނީ 100% ސިޔާސީބޭނުމަށް... ރ.ޔާމިންގެ ދައުރުގަވެސް ވާނުވާ ޖަހާފަ ޖަލަށްލި ތިޔަވިދާޅުވާ ސިޔާސީ މީހުން ވާނުވާޖެހީ ކޯޓުން ނުންތޯ. ރ.މައުމޫނުގެ ދުވަސްވަރު ޕޮލިސްކޯޓް އާއި އަވަސްނިޔާ ކޯޓުން ދިވެހި ރައްޔިތުންނަށް ކުރި ލާއިންސާނީ ހުކުމްތަކާއި މިއަދާއި އެއްވެސް ތަފާތެއް ވޭހެއްޔެވެ. މިދެންނެވި ލާއިންސާނީ ހުކުމްތަކުގަ ތިބާވެސް ނުހިމެނޭ ތޯއެއްޗެއް، އަދި ރ. ނަޝީދަށްވެސް ހުކުމްކުރީ ނުހައްގުން. މިއަދުގެ ސަރުކާރު ވެގެންދާނީ އެންމެ ފޮރޮވިފައިވާ ސިއްރު ކަރަޕްޓް އަދި އަނިޔާވެރި ސަރުކާރަށް. ރައީސެވެ... ސިޔާސީ އަނިޔާ ނުކުރާށެވެ. ރ.ޔާމިނާއެކު ވާނުވާނޭގި ތިބި 100 ވަރަކަށް ދިވެހިން ދޫކޮށްލާށެވެ.

    23
  9. މުހައްމަދު

    މީމިއެމް.ޑީ.ޕީ ބާއިގަޑުގެ ވައްތަރު. ހުރިހާކަމެއގާ ހަދާނީ ދޮގާ މަކަރާ ހީލަތް.
    ބަލާބަލަ! ބަޔަކު ވިސްނާފިކުރުކޮށްބަލަ މިހިރަ ރައީސްއޭ ކިޔާމީހާ ހެދިބޮޑުދޮގު.
    ރައްޔިތުންނޭ މިބާއިގަނޑަށް މިފަހަރު ނޫނެކޭބުނޭ.

    25
  10. މުހައްމަދު

    މީތަމިރާޢްޖޭގެ ރައީސަކީ. މީވެސް ކެނެރީގޭ ނަޝީދުކަހަލަ ދޮގުހަދާމީހެއްތާ. ދޮގުހެދިޔަސް ތިޔައީބޮޑުވަރު...މިއަދުނިދިން ހޭލާފާ ތެދުވިބުނާނެ ރޭގާތިމަނަބާއެހެން ނުބުނަމޯ.މިވަރުގެ މީހުން ފޫގަޅާފާ ވެރިކަމަށް އަރާތީ ލަދުންބޯހަލާކުވާވަރުވޭ.

    21
  11. މުހައްމަދު

    ރާއްޖޭގެ ޖަލުތަހުގާ ތިބިބޮޑެތި ކުއްވެރިންނާ ބޮޑެތިވަގުން ދޫކޮށްލީތީވެ ކަލޭވެސް ހިފާ ހައްޔަރުކުރެވޭނޭ ދުވަސް ދުނިޔޭގާތިބިބަޔަކަށް ދައްކަވާނެ. ކަލޭގެވެރިކަންވެސް ތޔަދަނީ ހަމަ ނަޝީދުގެ ވެރިކަމާދާދި އެއްކަހަލަ ގޮތަކަށް. އިސާހިތަކު ރައްޔިތން ކަލޭދެކެ ފޫހިވެގެން މަގުތަކަށް ނިކުމެހަޅޭލަވަން ފަށާފާނެ.

    25
  12. ވިސްނާ

    ސިޔާސީކުށްވެރިންގެއިތުރުން އެހެންބައެއްކުށްވެރިންވެސްމިހާރުޖަލުގައިބަންދުކުރެވިފައިނުހުންނާނެ
    ކަމަށް ވިދާޅުވެލައްވާފައިނުވާތީ މަނިކުފާނަކީ ގައުމުގެހުރިހާރަށްޔިތުންގެރައީސެއްތޯނޫނީ ގައުމުގެ
    ވަކިބައެއްގެ ރައީސެއްތޯ ސުވާލުއުފެދިއްޖެމިސުވާލުއުފެދުނީގައުމުގެހުރިހާރަށްޔިތުންގެރައީސަކަށް
    ހުންނެވިބޭފުޅަކު ޕާޓީއެއްގެ ކެމްޕޭންޖަލްސާއެއްގައިވިދާޅުވެލެއްވުމާއި، ނަޝިދުޢަކީފާޅުގައިކުށެއް
    ކުރައްވައިގެން ( ގާޒީއަކުހިފާހައްޔަރުކުރައްވާއެކަހެރިކުރެއްވިމައްސަލާގައި)13އަހަރުގެޖަލުހުކުމެއް
    އައިސް އެހުކުމް ތަންފީޒްނުކޮށްމިނިވަންކުރައްވާފައިވާފަރާތެއް ގާޒީއަކުކުށަކާނުލާހިފާޔައްޔަރުކޮށް
    އެކަހެރިކުރެއްވުމުން އެއީ ސިޔާސީކުށަކަށްވާނަމަ ސިޔާސީކުށްވެރިންމިހާރު އަޅުގަނޑަށްއޮޅިއްޖެ
    ޢަޅުގަނޑަށް އަރާފައިވާ އޮޅުން ސާފުކޮށްދެއްވުން ޢާދޭހާއެކުދަންނަވަން

  13. މެސީ

    ޖަޒީރާ ކިނބޫ ، ނުކިޔަވާ ކިނބޫ

  14. Anonymous

    ތިކަމުން އެނގި ފާޅުވީ ަކަމަކީ ކޯޓުތަކަށް އަތްބާނާކަން

  15. Anonymous

    ޖަލުގަ ތިބި ބޮޑެތި ކުއްވެރިންގެ ސިޔާސީ ޕާޓީއެއް ހަދަން ފެންނަނީ. އޭރުން ނުޖެހޭނެ ޖަލުގަ ތިބޭކަށް.

  16. Anonymous

    މީހުން މަރާ ޕާޓީ، ޑްރަގް ލޯޑުންގެ ޕާޓީ، ފޭރޭ ޕާޓީ. ގޭންގް ސްޓަރ ޕާޓީ އަވަހަށް ރަޖިސްޓްރީ ކޮށްލާ އޭރުން ޖަލުގަ އެކަކަށްވެސް ހުންނާކަށް ނުޖެހޭނެ. މިއޮތީ ފައްކާ އިންސާފު އޮތް ގައުމެއް. ސަދޫމަށް ދޫނުކުރޭ.

  17. ކިނބޫ

    ސިޔާސީ ކުށްވެރިއަކު ޖަލު ބަންދުގަ ހުރީ ކޮންއިރަކު ކަލޯ؟ ކަރަންޓު އަގު ހެޔޮ ކޮށްފީމޭ ބުނި ގޮތަށް ހުރިހާ ވާހަކަ ދައްކަން ކަލޭ ނަހަދައްޗޭ.