ރޭ ފަތިހު ފުވައްމުލަކުގައި ކުއްޖެއްގެ އަތާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ވިދާޅުވީ ޒަހަމްވި ކުއްޖާ ކުއްޖާ އަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.

ޒަހަމްވެފައި ވަނީ 17 އަހަރުގެ ކުއްޖެކެވެ. އޭނާ އަށް ފަރުވާދެމުންދާކަމަށާއި އޭނާގެ ހާލު ސީރިޔަސް ނޫންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ މި ޚާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:50 ހާއިރު ފުވައްމުލައް ސިޓީގެ މާދަނޑު ގެސްޓްހައުސްއެއްގެ ކުރިމަތިންކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިނުވާކަމަށާއި މައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.