އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު މުޅި ރާއްޖެ އިން މީހުން ގެނެސްގެން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވާން އަތޮޅުތެރެއިން އައި މީހުންގެ ތެރެއިން ނުވަ މީހަކު އެއް ކޮޓަރިއެއްގައި ނިދަން ޖެހުމުން އެމީހުން ހިތްހަމަނުޖެހުން ފާޅުކޮށް އެންމެ ފަހުން މުޒާހަރާގައި ބައިވެރިނުވެ ރަށަށް ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ކޮޓަރިއެއްގައި ނުވަ މީހުން ނިދަން ޖެހުމުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ ލ.އަތޮޅުން މުޒާހަރާ އަށް އައި ބައެކެވެ. ލ.އަތޮޅުން މުޒާހަރާއަށް އައި ފަސް މީހަކު އެއްކޮޓަރިއެއްގައި ނިދަން ޖެހުމުން އެފަސް މީހުންގެ ތެރެއިން ބައެއް މީހުން ވެސް ވަނީ ޝަކުވާ ކޮށްފައި ކަމަށް ވެއެވެ.

އެއް ކޮޓަރިއެއްގައި ނިދަން ޖެހުމުން ބައެއް މީހުން ވަނީ ކޮޓަރި ދޫކޮށް ފަޅުއޮޑި ފަހަރުގައި ވެސް ނިދާފައެވެ.

ލ.އަތޮޅުން މުޒާހަރާ އަށް އައި މީހަކު ބުނީ އޭނާ މުޒާހަރާ އަށް އައީ ދެކޮޅު ޓިކެޓް ދީގެން ކަމަށާއި ނަމަވެސް ބަންގާޅީން ދިރިއުޅޭ ވަރަށް ވުރެ ވެސް ދަތި ހާލުގައި އެމީހުން ބައިތިއްބަން އިދިކޮޅު ފަރާތްތަކުން ރާވާފައި އޮތުމުން މުޒާހަރާގައި ބައިވެރި ނުވާ ކަމަށެވެ.

"އަޅުގަނޑާއި އެކު އިތުރު ތިން މީހަކު ވެސް އައި މުޒާހަރާއަށް. ނަމަވެސް އަޅުގަނޑުމެންނަށް ކަންތައްތައް އިންތިޒާމް ކޮށްފައި ހުރީ ބަންގާޅީން ދިރިއުޅޭ ވަރަށް ވުރެ ވެސް ދަތި ގޮތަކަށް. އެހެންވެ އަޅުގަނޑުމެން އެއްވެސް މީހަކު މުޒާހަރާގައި ބައިވެރިއެއް ނުވަން." އޭނާ ބުންޏެވެ.

މީގެ އިތުރުން ބ.އަތޮޅުން މުޒާހަރާ އަށް އައި ބަޔަކު ވެސް ވަނީ ގިނަ ބަޔަކު އެއް ކޮޓަރިއެއްގައި ނިދަން ޖެހުމުން ޝަކުވާކޮށްފައެވެ. އޭގެތެރެއިން މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ގިނަ ބަޔަކު އެއް ކޮޓަރިއެއްގައި ނިދަން ޖެހުމާއި ކާނެ ފައިސާ ކޮޅެއް ވެސް ނުދިނުމުން އެމީހުން ވާނީ އެކަމުގެ ޝަކުވާ އިސް މީހުންނާއި ހަމައަށް އުފުލާފައެވެ. ނަމަވެސް އެކަން ހައްލުކޮށް ނުދިން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ވަރަށް ހާލުގައި ނިދަން ޖެހުނީ. ބުދަ ދުވަހު އަޅުގަނޑުމެން އައިސްފިން މާލެ. ކޮއްތު ފައިސާ ވެސް ނުލިބުނު. އެކަމުގެ ޝަކުވާ އަޅުގަނޑުމެން ޕާޓީގެ އިސް ބޭފުޅުންނާއި ހަމައަށް ގެންދިޔައިން. ނަމަވެސް ހައްލެއް ނުލިބުނު. އެކަމަކު އަޅުގަނޑުމެން މުޒާހަރާގައި ބައިވެރިވިން." އޭނާ ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް މާލެ ގެނައި މީހުންނަށް އެކަށީގެންވާ ގޮތަކަށް މެހެމާންދާރީ އަދާނުކުރި މައްސަލައިގައި ވަރަށް ގިނަ ޝަކުވާތަކެއް ގިނަ އާންމު ކުރަމުން ގެންދާ ކަމަށް ވެއެވެ. އަދި މުޒާހަރާގައި އިދިކޮޅު އިސް ބޭފުޅުން އެކަށީގެންވާ ގޮތެއްގައި ބައިވެރި ނުވާ ކަމަށް ބުނެ ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ފައިޒް

    ދެން ހޭބަލިވެގެންތަ އައީ އަންއިރުވެސް އިނގެންވާނެ އެއީ ބަހާ އަމަލާ ދިމާނުވާ ބައެއްކަން...

  2. ޫަމަހެ

    އަދިވެސް އަންނަން ވާނެ!

  3. Anonymous

    ކަނޑު ފަތާފަވެސް އަންނަން ވާނެ. ޙޭބަލިވެފަދޯ

  4. ށަރާ

    އަޅެފަހެ ހައިރާނެއް ނުވާނެތަ؟ މުޒާހަރާ ކުރަން އަންނަނީ ފައިސާދީގެންތަ؟

    • ދޮގެއް

      ދޮގެއްނޯން

  5. ޢކ

    ތަނެެެއް އޮތިއްޔާ ބޯގަޅާލާތި

    • ޟމމ

      އައިފަހުން އެގުނީ

  6. ހަންޑި

    ކޮބާ އިޝްްްްޤު. ބޭބެ. ފަރަންޖީވިލާތުގައި އިޝްގު ސޫލާ ސިރާޖުގައި ރައްޔިތުމީހާ ހިތުގައިޖައްސާފަ. މުނާފިޤު އިޝްޤު ކުޅެނީ

  7. އަޔޫފް

    .ބޯހުންނަނީ ވިސްނަން ފުނާ އަޅާކަށް ނޫން... ވިިސނަން ޖެހޭނެ ދޯ ކަމެއް ކުރާއިރު...

  8. ާއަންމަޑޭ/ފެނަކަ

    ވަގުތުނޫހުން ގެނެސްފައިވާ މިޚަބަރަކީ މުޅީންދޮގު, ލ.އަތޮޅުން މުޒާހަރާއަށް އައިމީހުން އައީ ދެކޮޅުޓިކެޓް ހުންނާނެ ކޮޓަރި(4މީހަކަށް) ހަމަޖެހިގެން, ކެއުން ހަމަޖައްސާފަހުރީ އެމްޑީޕީ, ޖޭޕީ ހަރުގެއިން، އަދި އެހެން އަތޮޅުތަކުން އައިމީހުންނަށްވެސް މިއުސޫލުން ކަންކަން ހަމަޖެހިފަހުރީ, މީގަވާނެގޮތަކީ މުޒާހަރާއަށްށޭ ކިޔާފަ 2ކޮޅު ޓިކެޓް ހޯދައިގެން މާލެއައިސް ރައްޓެހިންނާއެކު ކޮފީއަށް އަރާލަން އައިމީހުނަށް ކަންކަން ފުރިހަމައެއްނުވާނެ, ވާކަށްނުވެސްޖެހޭނެ

    • ޓީޝާޓް

      ޓިކެޓް ދީގެން މުޒާހަރާކުރަން ގެންނާކަށްވެސް ނުޖެހޭ...

    • ސުލައިމާން

      ކަލޯއަށް މާބޮޑަށް އެނގެނީ.... ތިޔައީ ހުސް ދޮގުހަދައިގެން ޕާޓީ ކުދިންކޮޅޫ ހިފަހައްޓާ ބައެއް.... ހެހެހެހެހެެހެ

  9. ދިވެއްސެއް

    ސޭޓު ބުންޏެންނު ހަރަދަކަށް ވިސްނާނެ ކަމެއްނެތޭ އެމީހަކަށް އާދެވުނު ގޮތަކަށް އަންނާށޭ.

  10. ހާހނދާން

    މޮޔަވެބަ، މިޕާޓީ މީފައިސާއަށް ސިޔާސީހަރަކާތް ހިންގާ ބައެއް ނޫން. ނަޖްބޫރުކޮށްފައެއް ނުވާނެ
    އަމިއްލަ އިޚްތިޔާރުގަ އަނިޔާވެރިކަމާއި ދެކޯޅަށް ނިކުތް ބަޔަކު ނިކުތީ.

  11. ކަބުލޯ

    އެހާފިޑިބައެއްދޯ ލ އަތޮޅުގަތިބެނީ ހިހިހިހިހިހިހަހަހަ

  12. ޟމމ

    އައިރު ހުރީ ހަމަހޭގަތަ.

  13. ާފަރީދު

    ޚޮން ދޮގު ވާހަކަތަކެއް ބާ ..

  14. އަފީފާ

    އަހަރެންދުވަހަކުވެސްތިބާވަރުގަޑުބުނެގެން

    ނާންނާނަން ތީބަހާއަމަލާދިމާނުވާބައިގަޑެއް

    ކާންދޭއަތުގަދަތްއަޅާބާވަރުގަޑެއް ލަދުނުގައްނަބައެއް ތީމިގައުމުގަ އިސްލާންދީނައް

    ފުރައްސާރަކުރާބައެއް ހަޔާތްކުޑަބައެއް

    އޭރުވެސްމަށައްއިގޭރީދޫވެރިންހަދާނީތިހެންކައް

    ސަރުކާރުންނާށްނާށޭބުނީމާހޭބަލިވެގެންއައީމަ

    ބޮވޭނެރާބޮވިފަތިއޮތީ ދެންލަލަލާ ދެންލަލަލާ

    ދެން ވަރައްޝަލާން

  15. އިއްބެ

    އިދިކޮޅުފަރާތްތަކުގެ މުޒާހަރާއަށް މީހުންއަންނަނީ އަމިއްލަ ޚަރަދުގަ އަމިއްލައަށް...ވ.ސަލާމް

  16. ޕޮގުބާ

    ބޭނުމީ ވެރިކަން އޯކޭ ކޮޅަށްތިބެގެން ނިދަންޖެހުނަސް ގަމާރުކަންބޮޑުވެފަ ޖާހިކަންވެސްބޮޑީ

  17. ބަލާތި

    ދިވެހި ގައުމުގެ ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީ ކުރުމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ ކަންކަން އެއް ގޮތަކަށް ވެސް ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ކޮށްފައި ނެތް ތަނުގައި އޭނާ ކުރި ކަމަކީ ރިސޯރޓް ތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް މަދުކޮށް ބޭރު މީހުންގެ ނިސްބަތް އިތުރު ކުރީ އެއީ ބޭރު މީހުން %75 ދިވެހިން %25 އަށް. ނަތީޖާ އަކީ މިއަދު ރިސޯރޓްސް ތަކުގައި ތިބީ ބޭރުމީހުން %95 ދިވެހިން %5 އެވެ. ކަން މިހެން ހުރުމުން މިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން އިސް ނަގައިގެން އެބަޖެހޭ ގައުމީ ޔުނިވަރސިޓީ އާއި ސިންގަޕޯރގެ ޕޮލިޓެކްނިކް ފަދަ ތަނަކާއި އެކު 50 އަހަރު ދުވަހަށް މާރޖަރ އެއް ހެދުމަށް ފަހު ސިންގަޕޯރގެ ޕޮލިޓެކްނިކް އަށް ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އާއި ފެކަލްޓީ އޮފް އިންޖިނިއަރިންގް ދޫކޮށްލާ އެތަނުން އެ ފެކަލްޓީސް ތައް ހިންގަންވީ ހުޅުމާލޭގައި 25 ބުރީގެ ދެ ޓަވަރު އަޅައިގެން. އެއިރަށް ރާއްޖޭގެ ރިސޯރޓްސް ތަަކަށް ބޭނުންވާ ދިވެހިން ތަމްރީން ކުރެވޭނީ.

  18. ބަޔެއްތޭ

    ރާއްޖެތެރޭ ރަށްރަށުން މާލެ އަށް އަރާ މާލޭގައި މުޒާހަރާ ކުރުމަކީ އެއީ ރާއްޖެތެރޭ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެމެން މުޒާހަރާ ކުރޭ އެމެން ރަށުގައި ތިބެގެން. އެމެން މާލެ އަށް އަރާ މުޒާހަރާ ކުރާނަމަ އެމެންނާއި މެދު ފިޔަވަޅު އެޅޭނެ ގާނޫނުގައި ވާ ގޮތަށް. އަދި އޭގެ އިތުރުން އެކަމަށް އޯޕަން ކޮށް ފާޅު ކަން ބޮޑުގޮތެއްގައި ގޮވުމާއި ގާނޫނީ ގޮތުން ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ވައްޓާލަން އާންމު ޓީވީ ސްޓޭޝަން އަކަށް އަރާ އިނދެ ވެރިކަން މިރޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ކިޔާ މީޙުންނަށް ގާނޫނީ ވެރިކަމެއް ވައްޓާލަން ހިތްވަރު ދިނުމަކީ ރާއްޖޭގައި ހެދިފައިވާ ރިލޭޓެޑް ހުރިހާ ގާނޫނު ތަކަށް ބަލާއިރު ބޮޑު ވެގެން ވާ ކުށެކެވެ. މިކުށް ރާއްޖޭގައި ތަކުރާރު ވިޔަދީގެން ނުވާނެ އަދި މިކަން ކުރި މީހަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދެވެން ޖެހޭނެ އެފަދަ މީހުންނަކީ އެއީ ގާނޫނު ހަދާ މަޖްލީހުގައި ވެސް ބައިތިއްބަން ކުފޫ ހަމަވާ ވަރަށް ވުރެން ސަރުކާރުގެ މާލިއްޔާ އަށް ދަހިވެތިވާ ބަޔެއްތޭ.

  19. ނުރަބޯ

    ހަހަހަ އެމީހުން ހީކުރީ 5 ތަރީގެ ހޮޓަލެއްގައި ބައިތިއްބާނެކަމަށްތަ؟ ހެހެހެހެ ތިޔަ ފެނުނީ އެމްޑީޕީގެ އަސްލު ސިފަ. އެމްޑީޕީ އަށް ވެރި ކަން ލިބުނަސް ރައްޔިތުންނަށް ލިބޭނީ ފަގީރުކަމާ ނިކަމެތިކަން. ގައުމު ތަރައްގީކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ ތަނަވަސް ކޮށްދިނުން އެއީ އެމީހުން ގެ އެޖެންޑާގައި ހިމެނޭ ކަމެއްނޫން. އެހެންވީމާ ގަސްދުގައި ހަލާކާ ގެއްލުމުގެ ތެރެއަށް ވެއްޓިނުގަނެ ވިސްނުންތެރިކަމާއެކު އެމްޑީޕީގެ ކިބައިން ބަރީއަވެ ސަލާމަތްވުމަކީ ބުއްދިވެރިކަމެއް. އެހެންނޫނީ އެކަމާ ފަހުން ހިތާމަކުރަންޖެހޭނެ.

  20. ޖޮއްބެ

    ބަލަގަ ތިޔައީ އައުކަމެއްނޫންދޯ. މިނޫން ފަހަރުތަކުގައިވެސް ހަމަ ތިޔަ ގޮތަށް ރައްރަށުން މީހުންގެނެސް އެމީހުންލައްވާ ފެލުވާފަ އެއްބަޔަކު ހައްޔަރުވެ އަނެއްބަޔަކު ނުކައިނުބޮއި ނުނިދާ މުޅިމާލޭގެ މަގުތަކުގައި ލާތެޅިފައި ރަށަށް ދަނީ. އެވަރުން ވެސް އެ ގަޅިބޯ ތަކަކަށް އެ އެމްޑީޕީގެ ކިބައިން ފޭވާކަށް ނޭނގޭ ވިއްޔަ ދެންކީއްކުރާނީ......؟؟؟

  21. ރަށަށްދޭބަލަ

    މިހާރު ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހުޅުދޫ ބޮޑު ކުބުހާ މެންނަށް އިނގޭނެ އެމެންނަށް އުނގުވިއްކައިގެން ވެރިކަން ބަދަލު ކުރެވޭނީ އެއީ 2008 ގައި ކަން. މިހާރު ނުކުރެވޭނެ ކަން، ތަމެން ރަށަށް ދޭބަލަ ރަންރީނދޫ ޓްވިޓަރޭ ބަތާހަރާމީ. ރަށަށް ދޭބަލަ ރަށަށް ރަށަށް ދޭބަލަ.

  22. ާއަޙްމަދް

    ހެހޭ: ތިހެން ވެގެންތާ ހަސަންލަތީފް އެބުނީ މުޒާހަރާ ވަރަށް ކާމިއާބެ
    މަޤްސަދް ހަސިލުވެއްޖެއޭ!؟ހެހޭ

  23. ޖޭޑް

    ބަލަ ހުޅުމާލެއަށް އައިސް ހުޅުމާލޭގަ ހުންނާނެ ރޫހާނީ ލީޑަރުގެ ދީލަތި އެހީގަ އަޅާދީފަ ހުރި ގެސްޓްހައުސްތަށް އެގޮތުން ޑރ ހުސެން، އައްޑޫ އަސްލަމްގެ ދެ ގެސްޓްހައުސް އާއި ހަސަން ސައީދާއި ޝިފާޒާއި ޕްރީޕޭއިޑް ޝިއުނާ، މަނަދޫ ތޯރިޤާއި އިބޫ އަދި ޝިއުނާގެ ދިދަ ހޫރި ރަޑާލި ތިން އަންހެނުންނަށް ވެސް ދީފައިވާ ބިންތަކުގައި އެހެރީ ގެސްޓްހައުސް ވެސް އަޅާދީފަ އެތަންތަނަށް ދިޔަނަމަ

  24. ތެޔޮވަގު

    ޕީޑޭ ރަށަށް އައީ އެހެންވެ ދޯ&&&

  25. ޑިމޮކްރަޓިސްޓް

    ނޫން... ކެނެރީގޭ ލުއްޗާ އެކަލޭގެ ފިލާއޮވެ އޭނަޔަށް ވެރިކަން ހޯދަދޭން އަންނާށޭ ގޮވާލާއިރަށް ކަލޭމެން ވާނީ އަންނަން... ހޭބަލިވެފަތަ ތިތިބެނީ.. ކޮންކަމެއް ނުވެގެންތަ ތިތެޅެނީ.. އަމިއްލައެދުމުން ފޯވެފަތިބި ބައެއްގެ ވާހަކަތިދައްކަނީ.. ހައްޔަރު ކުރީމަ ހަމަ ބިކަވާނީ ކަލޭމެންގެ އާއިލާ.. ރީންދޫ ބޮޑޭމެން ސަލާމަތްވާނެ.. ކަލޭމެންދާނީ ގޮޅިޔަށް.. ވިސްނަބަލަދެންވެސް.. ވިސްނަބަލަ..

  26. ވަހުމް

    މިފަދަހާލެއްގައި އުޅެންޖެހިލައްވާއިރުވެސް ދެރައީއަންނާތީ ޕާޓީގެއިސްބޭފުޅުން ފިލާތިއްބަވާފައިނިކަމެތި ރައްޔިތުމީހާގެބޮލަށްސަވާރުވެ ރައްޔިތުމީހާ އައުމުންހުރިހާ ދެރައެއް
    ލިބެނީ ރައްޔިތުމީހާއަށް ދެންވެސްހޭއަރުއްވާ ބޮލަށް ސަވާރުވިޔަ ނުދެއްވާ

  27. މުޒާހަރާ

    ނޭގެނީ ،، ހަދަންޖެހޭނެގޮތަކީ މުޒާހަރާއަށް ގޮސްފަ އެތާ ތިމާގެހުރި ނުލަފާކަންދައްކާލަން އެއިރުން ފުލުހުން ކަލޭމެންގެންގޮސް ކާންދީ ނިންދަވާނެ ،، ތަންދޮރު ނޭގޭ ބުރާންތީންނަށް ވާނީ ތިހެއް . މިރޭ ނިކުމެ ނުލަފާކަންދައްކާލާ ރަގަޅުވާނެ . އޯކޭތަ ؟ އޯކޭދޯ ؟އޯކޭތަ؟ އޯކޭދޯ ؟

  28. ނަދާ

    ކަނޑައެޅިގެން ދޮގެއް، ވަގުތު ނޫހަކީ ހަދަހަދައިގެން ދޮގު ހަބަރު ފަތުރާ ބައެއް

  29. ވަކަ

    ޢަހަރެންނަށް ވަރަށް ފުރިހަމަ އަށް ހުރިހާ ކަމެއްވެސް ހުރީ.ހުރިހާ ހަރަދެއް ލިބުނު.އަދި ސޮޕިންގ އަށް ވެސް ލާރި ކޮޅެއް ލިބުން.އަދި ފަހުން އަޅުަގަނޑު ގެނައި މީހާ ބުނީ މަޒާހަރާ އަށް ނުދިޔަސް އޯކޭ އޭ.

  30. ހިދުމަތް ޅިޔަނު

    އައިއިރުވެސް އިނގެން ޖެހޭނެ ދެއްތޯ! މިއީ، އަމިއްލެ އިހްތިޔާރުގައި ރަތް ރީނދޫ ޕާޓީއަށް ގުރުބާން ވާން ކުރާކެމެއްކަމަށް. މިކަމުން ލިބޭނެ މާލީ މަންފާއެއް ނޯންނާނެކަން. ލިބެންޏާ ލިބޭނީ ޖިސްމާނީ އަނިޔާތަކެއްކަން. ވޭނާއި އުނދަގޫތަކެއްކަން. ދެން ކީއްކުރަން ބަޔަކު ބުނާއިރަށް މާލެއަށް މުޒާހަރާ ކުރަން އަންނަންވީކީ. "ކުޑަ ސިޓީ " ކޮބައިތަ. އެސިޓީ އާ ނުލާ މާލެއަކަށް ނޭރޭނެ.

  31. ފައިސާ

    ފައިސާ އާއި ޓިކެޓް ދީގެން ކަން ކުރާ މީހުނަށް ހީވާނެ އެންމެންވެސް އެކަން ކުރާނީ އެހންނޭ،އެކަމް މި އަނިޔާވެރި ލާއިންސާނީ ވެރިކަމާ ދެކޮޅަށް ތެދުވާ ކޮއްމެ މީހަކީ ހިތާ ރޫހުން އަނިޔާ ލިބުނަސް ހެޔޮ ކަމަށް ނިކުންނަ މީހުން،ފައިސާއެއް ނުޖެހޭނެ ދޭކަށް،ވަގުު މީހުން ކޮއްމެވެސް އެހެން ކަމަކާ އުޅޭ ،ފިތުނަ ވެރިޔާ

  32. ވެނީ

    މިމީހުން މާލެ ގެނައިމީހުން ޓީވީ ކުރިމައްޗަށް އަރާ ބުނި އެމްޑީޕީން ބޭނުންވިގޮތަށް މާލެ ގެނައިމީހުން ހާލުގަޖައްސާފައިވާކަމަށް
    މިކަމުގައި އަދާލަތު ޕާޓީންވެސްބުނި ބޭނުންވިގޮތަސް މީހުންތަށް ގުއިރޯނުގައި ޖެއްސިއްޖެކަމަށް މިވަރުންވެސް ވިސްނެންވެއްޖެދޯ

  33. ޢަލީ

    މުޒާހިރާގަ ބައިވެރިވާން އަންނަންވާނީ އެކަމުގެ ޝައުގުވެރިކަން ހުންނަމީހުން. ޢެމް.ޑީ.ޕީ އަކީ ފައިސާ ބަހައިގެން ކަންކުރާ ބައެއްނޫން.

  34. މުށި ޙަސަން

    ގޯހެއްނޫނެއްނު؟ އަތޮޅުތެރެއިން 30000 ތިރީސްހާސް މީހުން އައިއިރު އޭގެތެރެއިން އެންމެ 9 މީހުނަށް ތިޔަކަންތައް ތިޔަ ދިމާވީ! މާލެޔާއެކު ޖުމަލް 85000 އަށްޑިހަފަސްހސް މީހުން މުޒާހަރާގައި ބައިވެރިވިކަމަށް ކާލިގަނޑުޓީވީން އެބަ ކިޔާ! ދެން އަލުން މުޒާހަރާޔަށް އައި ކޮންމެ މީހަކަށް 2000 ރުފިޔާއާ އަންބަކާ ނުވަތަ ފިރިއެއް ވެސް ދިންކަމަށްވަނީ!

  35. މުޒާހަރާ

    ހަސަނު ވަރަށްކާމިޔާބުއޭ ބުންނަސް ކާމިޔާބެއްނޫން .އަދިވެރިކަންނުވެއްޓޭވިއްޔަ ހެހެހެހެ

  36. ހަސަނު އަނގޮޅި ކަންމަތި

    ހަސަނު ވަރަށްކާމިޔާބުއޭ ބުންނަސް ކާމިޔާބެއްނޫން .އަދިވެރިކަންނުވެއްޓޭވިއްޔަ ހެހެހެހެ

  37. ގ

    ޓެރަރިސްޓ ނަޝީދު އަދިވެސް ދަސުވަނީތަ

  38. އާދަމް

    އަދި ތިއުޅެނީ އޮޅިގެން، އިދިކޮޅު، ޚާއްސަކޮށް އެމްޑީޕީ، ގެ މުޒާހަރާތަކަށް މީހުން އަންނަނީ، އެމީހުން އަމިއްލަ ޖީބުން ޚަރަދު ކޮށްގެން

  39. ޑެވިލް

    ކަލޭމެން މުޒާހަރާ ކުރަނީ އެއްވެސް ކަހަލަ އިޙްލާސްތެރިކަމެއް ހުރެގެނެއް ނޫންކަން އެނގިއްޖެ. ހަމަ ލާރިއައް ކަން ވަރަށް ސާފު.ތިކަހަލަ އާލާތުންނަށް އެހެދީ ހަމަ ރަނގަޅައް.

  40. ޖޮއްބެ

    ރަށުން އައީނިދާނެތަނެއްނުލިބެގެންނިދަންތަ ނޫނީމުޒާހަރާކޮއްގެންތިމާގެހައްގުހޯދަންތަބޯހަލާކު ތިލާމުއަތޮޅުމީހުން މާލޭގަ ދިރިއުޅޭ ގޭގެ އަހަރުން ލޮލުންދެކުނިން ގޭގެ ކައްކާތަންކޮޅުގާވެސްއޮވޭ ދިހަބާރަމީހުން އެގޮތް އޯކޭ ގިނައިން ދަތުރުފަތުރުކޮއްއުޅެނީވެސް އެއާޕޯޓް އޮންނައިރުވެސް ކަނޑުމަގުން އެވެސްއަތުންލާރިއެއްނުދީ ގިނަފަހަރަށް އެކޮޅައްދާ ކޮންމެވެސް ސަޕްލައި އޮޑިއަކައް އަރައިގެން އެވަރުގެބައެއް މާލެއައިސް މުޒާހަރާޔަޝޭކިޔާފަ ވީއައިޕީ ކޮޓަރިނިދަންނުލިބެގެން މުޒާހަރާނުކޮއް ރަށައްދިޔަވާހަކަދައްކަންވަރައް ތާހިރެއްނު މިހާރުވެސް ރަނގަޅައްބަލާ ތިވާނީ ޕީޕީއެމް ބަޔަކައް އިދިކޮޅުމީހުންގެ އަގުވައްޓަން ރާވައިގެން ކުރިކަމަކައް މައުޅޭދޯންޏަކައް ދެންލާމުއަތޮޅުމީހަކު ރަށައްދާން އަރައިފިއްޔާ އަހާލާނަމައައަމިއްލަ ޖެޓްގަތޯ ރަށައް ތިދުރުވަނީ އެއްޗިއްސާ ލާރިއާހެދިތިވަރުވެފަތިބި ބަޔަކުނޫޅޭނެ މިރާއްޖެއައަކު ދެންކޮންމުޒާހަރާއެއްތަކުރެވޭނީ ތިމީހުނައް

  41. މާޖީ

    ބަންގާޅުންތަ ގެނައީ

  42. ވަގު

    އެމީހުން އެވާހަކަ ބުނީތަ ކަލޭކާރީ ނޫނީ ލިޔާނެ އެއްޗެއް ނޭގިގެން ލިޔުނީތަ ލިޔާނެއެއްޗެއް ނޭގިއްޖިއްޔާ ޔާމީނުގެ ވައްކަމުގެ ސިލްސިލާ ލިޔަން ފަށާބަލަ

  43. ސިއްރާ

    ވަގުތުގެ ނޫސްވެރިން ޗުއްޓީ ހޭދަކޮށްލީވެސް އެއްކޮޓަރިއެއްގައި ކަމަށް ބައިވެރިއަކު ބުނި. ޚަރަދު ކުޑަކޮށްލީ ޔޯ

  44. ޔާނު

    ރަށްރަށުން މުޒާހަރާއަށް ދިޔައީ 5 ސްޓަރ ހިދުމަތެއް ހޯދާކަށްނޫން. އެމީހުން ދިޔައީ ޔާގުންޑާގެ އަނިޔާވެރިކަމާހުރެ ރަށުގަ އަރާމުގަ ހުންނަން ނުރުހެވޭތީވެ އަނިޔާ ލިބޭ މީހުންނާ އެކު ތިބިކަން އަންގަން. ރަގަޅަށް ދިވެހިބަހުން އިބާރާތް ކުރަން ނޭގޭހާލު ނޫސްވެރިންނޭ ކިޔާގެން ދޮގުވާހަކަ ދައްކައިގެން ފިތުނަ ކުރަން ނޫޅޭ ވަގުތު މީހުން. މިކޮމެންޓް ކޮމެސް ނުޖަހާތި.

  45. ނައިބޮލި

    ލާމު އަތޮޅުމީހުންނަކީ ގޮތެއްހުންނަ ބައެއްނޫން. ތިމާމެންނަށް ނުކުރެވޭ ވަރުކަންތަކަށް ބޯބޭނުމަކީ އެމީހުން ކޮށްއުޅޭކަމެއް.

  46. ާމުހައްމަދު ފިކުރީ

    ބަލަ ކަލޭމެން ދަނީ އަރާމުގަ ނިދާކަށް ނޫނޭ ކޮޓަރިތަކަށް ވަދެ ނިދަން ތިބެގެން ހުއްޓުވޭނީ ތުއްތު ކުއްޖެއްނަމަ ދޯ!