ރާއްޖެއަށް މިދުވަސްވަރު ހޫނު ގަދަވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވީ ހޫނު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ދާއިމީ ބައްޔަށް ފަރުވާކުރާ މީހުންނަށް ކަމަށެވެ. ހޫނު ގަދަވުމުގެ ސަބަބުން ސިއްހީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންގެ ތެރެއިން ހަމަސް ނުފުރޭ ކުއްޖެއްނަމަ ގާތުން ދިނުމަށް ސަމާލުވުމަށާއި ހަމަހަސް ފުރިފައިވާ ކުއްޖެއްނަމަ ގިނައިން ދިޔާ އެއްޗެހި ދިނުން މުހިއްމުކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި އެންމެ އަވިގަދަ ގަޑީގައި ކުޑަކުދިން ބޭރަށް ނުނެރުމަށާއި، އެ ގަޑިތަކުގައި ކުދިން ބޭރަށް ނެރެފިނަމަ އިރުގެ ދޯދިން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕިއޭއިިން ވިދާޅުވީ ކަރުނުހިއްކި ނަމަވެސް ފެންމަދުވިޔަ ނުދިނުމަށް މިދުވަސްވަރު ގިނައިން ފެންބޯންޖެހޭނެ ކަމަށާއި، ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރުހުރި ބުއިންތައް ބޭނުން ކުރުން މުހިއްމު ކަމަށެވެ.

އަދި އަވިން ސަލާމަތް ވުމަށް ކުޑަފަދަ ތަކެތި ބޭނުން ކުރުމަށާއި، އިރުގެ ދޯދިން ލިބޭ ގެއްލުމުން ލޯ ސަލާމަތް ކުރުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭ އަވިއައިނު ބޭނުންކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ދާއިމީ ބައްޔަށް ފަރުވާކުރާ މީހުންނަށް ކަމަށާއި އެހެންކަމުން އެމީހުން ހޫނުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެކި އެކި އިވެންޓްތައް ބާއްވާ ފަރާތްތަކުން މިދުވަސްކޮޅު ސަމާލު ވުމަށްވެސް ވަނީ އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލި އަށް ވެސް ވަރަށް ހޫނުގަދަ މިދުވަސް ކޮޅު.

    13
    2
  2. އިބުރާހިމް ދީދީ

    ހުޅުމާލެ ވަރަށް ހޫނު އެކަމަކު ކުޑަކުދިން ލިޓްލްޖެމްސްއަށް މިދަނީ އިރު މެދުގައި ޖެހޭވަގުތު... ސްކޫލްތައްޖެހޭނީ ބަންދު ކޮށްލަން މިކަހަލަ ދުވަސްވަރު އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންތައް ކުރާގޮތަކީ..

    15
    2
  3. Anonymous

    ކަނޑޫދޫ އަށް ވެސް ކުޅިމިރުހުގެ ސަބަބުނ

    1
    5
  4. އަލީ ފިރާގު

    ގަސްތައްކެނޑިވަރަކަށް ހޫނުމިންދާނީމައްޗަށެވެ. ގަސްނެތިގެންހޫނުވީމައި އަހަރެމެންނަށް އަދި ކިރިޔާމިކަންތައް އިހުސާސްކުރެވެނީ ވަގުތީފައިދާއަށްޓަކައި ރަށްރަށުގައިހުންނަ ރުއްގަސްތައްކަނޑާ ހުސްކުރާށެވެ. ރުއްގަސް ގިނައިންހުރިތަނެއްގައި ޖޯލިފަތި ބަހައްޓައިގެންއޮށޯވެލީމައި ވާ އަރާމް އަހަރެމެންތަޖުރިބާކޮށްފީމެވެ. ހޫނުކަންއެގޮތަކަށްވެސް އިހްސާސެއްނުކުރެވޭ މިއީހަމަހަގީގަތެއް

    20
    1