ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ގުނާ ގޮތް އަނެއްކާވެސް އޮޅުންބޮޅުން ވެއްޖެއެވެ.

މިދިޔަ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ޞާލިހްގެ ސަރުކާރަށް 100 ދުވަސް ފުރިހަމަ ވާނީ ފެބްރުއަރީ 25 އަށެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައި ވަނީ 100 ދުވަސް ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ ކަމަށެވެ. އެހެންކަމަށް ވެއްޖެނަމަ މާޗް މަހުގެ 27 އަށް ސަރުކާރުގެ 100 ދުވަސް ހަމަވާނެއެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ހަމަވާނީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހަށް ކަމަށެވެ. އޭގެ ކުރިން އެކި ދާއިރާތަކަށް ރައީސް ވެވަޑައިގަތް ވައުދުތައް ހާސިލްކުރެވިފައި ހުރި މިންވަރު މި ހަފުތާގައި ރައްޔިތުންނަށް ހާމަކުރަން ފަށާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

"ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ފާހަގަކުރަން، މި މަހުގެ 27 ގައި ކައުންޓް ޑައުންއެއް ފަށާނެ. އެ 10 ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން ވައުދުތައް ފުރިހަމަކުރެވިފައިވާ ތަފްސީލްތައް އާއްމު ކުރާގޮތަށް ހަމަޖެހިފައި އޮތީ." ހޫދު ވިދާޅުވިއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހާސިލް ކުރާނެ ޖުމްލަ 161 ވައުދެއް ފުއްދާނެ ކަން އޮތީ އިއުލާން ކޮށްފައެވެ. އޭގެެތެރެއިން ގިނަ ވައުދުތަކަކީ ހަމައެކަނި ލިޔެކިޔުމުން ނިންމާލަން ޖެހޭ ވައުދުތަކެވެ.

ސަރުކާރުން 100 ދުވަސް ގުނާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ވިދާޅުވުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ފުރަތަމަ 100 ދުވަހުގެ އެޖެންޑާއެއް އެކުލަވާލައިގެން ގިނަ ކަންތައްތަކެއް ހާސިލް ކުރިއެވެ. ޔާމީންގެ 100 ދުވަސް ގުނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. Anonymous

    ތިއީ އެއްވެސް މައްސަލައެއްނޫން. އެމީހެއްގެ ގާބިލު ކަން ހުރި މިންވަރަކުން ހިސާބުވެސް އެނގޭނީ. އަސާސީ ތައުލީމު ފެންވަރުގެ މީހުންނަށްވާނީ ހަމަ އެވަރު.

    157
    6
    • 200=4*50

      މިކަހަަލަ ހިސާބުދޯ

      35
      4
      • Anonymous

        ވަރަށް ކަޑަވޭ ދޯ ޔާމީނަށް ސަޕޯޓް ގިނަކަމުން ވޯޓުން ވައްކަން ކުރަން ޖެހުނީމަ ކަލޭމެން ވެރިކަމަށް އަރަން.

        9
        2
  2. ފފފފ

    މިއީ ފައްކާ ޖާހިލެއް. ދޮގެއް ހަދާނުލާ އެންމެ ދުވަހެއްވެސް ދިޔަ ނުދޭނެ. މިމީހުންގެ ބޮސް، ބޮޑު އިބީލީސް ސައްޕެއްޖަހާ ބޭރުކޮށްލަފާނެތީ ކުރަމުންދާ ކަމެކޭ އެއީ.

    140
    6
  3. މަކުނު

    ތި100 ދުވަސް ހަމައެއް ނުވާނެ 5އަހަރު ނިމޭ އިރުވެސް

    156
    8
  4. ޒާ

    ރައީސް ޔާމީންވަރުގެ ގާބިލް ރައްޔިތުން ދެކެ ލޯބިވާ ގައުމަށް ވަފާތެރި ވެރިއަކު ދިވެހިންނަކަށް ދެންނުލިބޭނެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި ވަގު ތުހުމަތު އަޅުވައި ވަގަށް ގޮވަނީ ހަމައެކަނި މޑޕގެ އެކްޓިވިސްޓު ސެކިއުލަރިސްޓުން. އެމަނިކުފާނު ދިވެހިންނަށް ގެނެސްދެއްވި ތަރައްޤީއަކީ، ދިވެހިންނަކީ ފަޤީރު ނިކަމެތިން ނޫންކަން އިޙްސާސް ކުރެވޭވަރުގެ ތަރައްޤީ. ވީރާނާވެފައި ހުރި އައިޖީއެމްއެޗް މިޒަމާނުގެ ފެންވަރަށް ތަރައްޤީކޮށްދެއްވި. އިތުރު ހޮސްޕިޓަލެއް އަޅުއްވައިދެއް. ރާއްޖޭއެ އަތޮޅުތަކަށް ބޭންކުގެ ޚިދްމަތް ދެއްވި. ބިންހިއްކަވާ، ބަނދަރުތައް ހައްދަވާ، ސިންގަޕޯ ޑުބާއިގައި ހުންނަ ފަދަ އުސް އިމާރާތްތަށް ރައްޔިތުންނަށްޓަކައި ހައްދަވައި ދެއްވި. މާލޭ މީހެއް ރާއްޖެތެރޭ މީހެއް ތަފާތު ކުރެއްވުމެއްނެތި މިއުސްއިމާރާތުން ފުލެޓް ލިބުމުގެ ފުރުޞަތު އުޅުވާލެއްވި. ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދްމަތް އަގުނުކުރެވޭނެ. އެކަމަކު ދިވެހިންނަކީ، ކާތައްޓަށް ރޭ ބައެއްވީމަ، އެމަނިކުފާނަށް ނުގޮވާ ހުތުރު އެއްޗެއްނެތް. މިހާރު ދިވެހިންގެ ހާލާ މެދު ވިސްނާލާ.

    76
    5
  5. ޖިއާން

    ނިލަންދޫ ގެ އިންޓަވަލް ނުލިބުން

    60
    4
  6. ރަސީދު

    އެބައެއްގެ ގާބިލު ކަން ހުރިވަ ރަކުން އެބަޔަކައް ވާހަކަވެސް ކަން ޔައްވެސް ކުރެ ވާނީ
    މީ ދިވެހި ތާރިހުގާވެސް އެއް މެ ނާގާބިލު ވެރި އެފަހަހު ސައްކުވާނަމަ ތާރީހު ބައްލަވާ

    50
    1
  7. އާވިމް

    100 ދުވަސް ހަމަވީކަމަށް ބަލާނީ މަޖުލީހުންކަމަށް ހަދަންވީ. އޭރުން ނުވަާނެ 100 ދުވަހެއް ދުވަހަކުވެސް.

    47
  8. ޖަހާންގީރު

    ކްރިސްޓިއަނިޓީ އަށް ސަޕޯޓް ކުރާ ޕާޓީއަށް ވާނީ ތިވަރު ތިން ކައު ވަންތަ ހާމަ ކުރަން ވެގެން ދޮގު ހަދަމުން ހޭރޭތާ 2000 އަހަރު ވެއްޖެ

    38
  9. ސަންޕަ

    ޢެހެންމީހުންނަށް މަލާމާތް ކުރާވަރެއް ނޫނެއްނުންދޯ

    26
    3
  10. ޙނ

    ސަތޭކަ އެއް ނޫން މުހިއްމީ. ރައްޔިތުންނަށް ރަނގަޅު ގޮތް ވުން މުހިއްމީ. ސަރުކާރަށް ކާމިޔާބު މިންވަރު ކުރައްވާށި. އާމީން.

    5
    49
  11. ދޮންބެ

    މިހާރު 100 ދުވަސް ގުނަނީ ހަފުތާ މަގުން، ކޮންމެ ހަފުތާއަކީ 1 ދުވަސް ކަމަށް ބަލައިގެންނެވެ.

    45
    1
  12. ހޯރަބޭ

    ބަންދު ދުވަސް ކަޑަންޖެހޭ

    2
    30
  13. ބޯހަލާކު

    މިދާވަރުން ދާނަމަ 24 ގަޑިއިރުގެ ތެރެއިން ރަސްމީ 6 ގަޑި އިރަށްވުރެ އިތުރައްހިނގާ ވަގުތުތައްވެސް ނުހިމަނާ ހިސާބަށް ދާނެހެން ހީވަނީ. ވަކި ހިސާބަކުން ބުނާނީ ތިމަންމެންނަކީ ވައުދުވެގެން ވެރިކަމަށް އައި ބައެއްނޫނޭ. އެހިސާބުން 100 ދުވަސް ހަމަވީ

    73
    2
  14. މެސީ

    ނުކިޔަވާ ސަރުކާރު ، ހަމައިގަ ނުތިބޭ ސަރުކާރު ، ބޯގޯސް ސަރުކާރު!!!

    78
    5
    • Anonymous

      ރައްޔިތުންގެ މުދަލާ ފައިސާ ފޭރޭ ސަރުކާރު.

      44
      2
  15. ޙާޖީ ތުއްތު ދީދީ

    އަސްލުގައި 100 ދުވަސް އެގުނަނީ ރައީސް ރަށުން ބޭރުގައި ހިދުވަސްތަކާއި ވިއްސާރަ ވިދުވަސްތަކާއި މާބޮޑަށް ހޫނުގަދަވި ދުވަސްތައްވެސް ނުހިމަނައި! އެހެންކަމުން މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށްވާތީ އޭޕްރީލް 27 އަވެސް 100 ދުވަސް ހަމަވެދާނެކަމުގެ އެއްވެސް ޔަޤީންކަމެއް އަދި އޮތްހެނެއްހިޔެއްނުވޭ!!!!!!!!!!!!!!!

    76
    3
  16. ދެރަ

    ޔާމީނު ބަންދު ދުވަސް ހިމަނައިގެ 100 ދުވަސް ގުނީ ވައްކަން ކުރަން ފަސޭހަކުރަން

    10
    99
  17. މިއަދު

    އޮޅޭނެ އޮޅުވާނެ ވެރިކަމަށްއައިވެސް އޮޅުވާލައިގެން ވެރިކަމަށްއައިސްވެސް އޮޅުވާލީ ވެރިކަން ދަމަހައްޓަންވެސް އޮޅުވަލީ ވެރިކަމަށް 5 އަހަރުހަމަވާދުވަސްވެސް އޮޅުވާލާނެ މިއީ މިރައިސްގެ ފެންވަރު މިގައުމުގެ ރަޢިއްޔަތުން މިކަމާ ވަރަށްބޮޑަށްވިސްނަންވެއްޖެ މިރައިސްގެ ހިސާބުކިތާބު ބެލެހެއްޓުން ހުންނަގޮތާމެދު ރަޢިއްޔަތުން ކަންބޮޑުވާން ދަރަޖައަށްމިވަނީ ގޮއްސަ

    73
    2
  18. ޒަރީން

    ހަހަހަހަހަހަހަހހަހހައްއްއްއްއްހާާާާހާހާހާ

    23
  19. ޥިލޭއަލި

    ރައީސްގެ ދައުރު ހަމަ ކުރަން ވާނީ ވެސް ބަންދު ދުވަސް ތައް ކަނޑާފައި.

    34
    1
  20. Anonymous

    ސިކުނަޑިހަމަތޯ އަވަހަށް ޗެކަޕް ހަދާ. އެމެރިކާއިން އިބޫ ކައިރީ ބުނެފައޮތީ ދޮޅު އަހަރު ފަހުން ސިކުނޑީގެ މައްސަލަ ހުރިކަމަށް ބުނެ އިސްތިއުފާ ދިނުމަށް. އެކަމަކު އެހާ ދުވަހަށް ހުރެވޭނެ ކަމަކަށް ނުފެނޭ. މާ ބޮޑަށް ގަޅި މީހެއް ތިއީ

    42
    1
  21. ބާރީ

    5 އަހަރު ވެސް ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ .... ދޯ؟؟؟

    34
    1
  22. މުރާސިލު

    100 ދުވަސް ހަމަވާނީ 2023 ވަނަ އަހަރުގެ ނޮވެމްބަރ 11 އަށް

    29
  23. Anonymous

    ޖުހާ

    27
  24. ޛަންބޯ

    janqgalIge ވެރިކަން

    28
    1
  25. ރަސުން

    ވެރިކަމުގެ 5 އަހަރު ގުނަނީ ތިޔަހެންބާ¿

    32
  26. ހަސަން ނުވަވަނަ

    އަސާސީ ކިލާހަށް ފޮނުވަބަ. ޗޯރޭމެން ދައުލަތުގެ ލާންޗުތައް ޕާޓީ ކެމްޕޭނަށް ބޭނުން ކުރަމުން އެދަނީ އޭގެ އިންނަ ދައުލަތުގެ ނިޝާން މަތީ ސަތަރި އަޅައިން. ފަޒުނާ އައޕަނ މަތީ އަޅާށޭ ބުންބަލަ ސަތަރި އޭރުން ކެނެރީގެ ބުއްޅަބޭއަށް އެ އައޕަނވެސް ހަލާލުވާނެ މިމީހުންގ ލޮޖިކުން

    31
    1
  27. އެލެކްސް

    އަޅެ ފަހެ އިބޫ އެ ގުނަނީ 2 ވަނަ 100 ކަމަށް ވެދާނެ. އެވަރުންވެސް ހިސާބު ޖެހޭނީ ދިމާ ކުރުވަން އެވެސް ގަދަކަމުން.

    31
  28. ބިދުއަ

    ހިސާބެއް ނޫން އޮޅުނީ ހިޖުރަ އޮޅިގެން އުޅެނީ.

    33
  29. ޖަޒީރާ

    އެއީ މައްސަލައެއްނޫން ޖަޒީރާވަންތަ މީހުންގެ ވާހަކަ އަބަދުވެސް ހުންނާނީ ހަމައެހެން

  30. އަސާސީ

    ޢިބޫ ގުނާގޮތުން ރިޔާސީ ދައުރުގެ މުއްދަތު ހަމަވާނީ 2028 ނޫންބާ. ކޮންމެސް މީހަކު ވެއްޖެއްނު ގުނަން ދަސްކޮށްދޭން. މިވަރުގެ މީހުން ގައުމު ހިންގާ އިރު ވަރަށް ޒަމާން ނަގާނެތާދޯ.

  31. ޓަވަރު

    މަނިކުފާނު ވިދާޅުވަނީ 100އަހަރު ގެ ވާހަކަ ކަންނޭގެ؟!

  32. އައްޔު

    އަހަރެންވެސް 1000 ވައުދު ފުރިހަމަކުރާނަން ތިޔަގޮތަށް ދުވަސްގުނައިގެން އަދި އެވެސް ލިޔެކިޔުމުން ނިންމަންޖެހޭ ވައުދު އެންމެކޯލަކުން ނިންމާލެވޭ ކަންތައްތައް ވައުދަކަށް ހަދައިގެން ރައްޔިތުން އޮޅުވުން ނޫން ކަމެއް ނުކުރޭ

  33. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮބާތަ އަތްޖަހާ އެމްޑީޕީ އާލާތްވަރު؟ މިވެސް އޯކޭތަ؟ ކިނބޫ ބުނީމަ ސިކުނޑި އެނބުރޭ ވަހުތާނުންނަށް ހުރިހާ ގޮތެއްވެސް އޯކޭވާނެތާ! ގަމާރުންވީމަ ގަމާރުހެއްދޭނެ! އެކަން އެކުރަނީ!

  34. ގުރާބު

    މީސަތޭކަ ދުވަހަށް ވެރިކަމަށް އައި ރައީސެކޭ.. ވައުދު ފުއްދާ ނިމިގެން މިހާރު ހުރީ ފައިބަންލަސްވެފަ.. އިހައްދުހު އެވާހަކަވެސް ދައްކައިފި. މަޖިލިސް ހޮވާލެއް ލަސްވެފަ އެހުރީ.. މިބައިމީހުންގެ ލާދީނީ ފިކުުރު ފަތުރަން ބަރުލަމާނީ ނިޒާމް ގެންނަން މި ރީނދޫ ބައިގަނޑަށް ކާމިޔާބު ނުދެއްވާށި. އާމީން

  35. ނުރަބޯ

    ކަމަކަށްވާކަހަލަ ކަމެއް ނުކޮށްދީ މާ ކަންކަންކޮށްދޭ ކަމަށް ހެދެން އުޅެންޏާ އެހެންވާނެ.

  36. ހިސިގިކި

    އެއީ އަދުރޭ ކައރިން އަދުރެމެޓިކްްްްސް ދަސްކުރީމަ ވ ގޮތް

  37. ލިޔުންތެރިޔާ

    ﷲ ކޯފާ ބާވައިލައްވަނީ އެކި ގޮތްގޮތަށް. މި ވެރިކަމަކީވެސް އެފަދަ ކަމަކަށްވުން ހަމަ އެކަށީގެންވޭ. ލާދީނިއްޔަތު މިހާ ފުޅާކޮށް ފެތުރިގެންދާއިރު ދީނީ ޝެއިޚުންނޭކިޔާ ފަގުޑި ތުރުކުރައްވައިގެން ބޮޑެތި މަގާމުތަކުގަ ތިބި ބޭކަލުން ކަހާތަނެއް ހިރުވާވެސްނުލާ ތިބުމުގެ ހިތި ނަތީއްޖާ ކައިރި މުސްތަގުބަލެއްގަ ފެނިގެންދިޔުން ވަރަށް ގާތް. ރ.ޔާމީން ގައުމު ހިންގެވިއިރު ތި ދޮން މީހުން ގޭގެ ކޮޓަރިޔަށް ވައްދައިގެނެއްނޫން ގައުމު ހިންގީ. އިންޑިއާއަށް މުޅި ގައުމު ވިއްކައިގެނެއްނޫން ވެރިކަންކުރީކީ. އޭރަކު ނެތް ލާދީނިއްޔަތައް ގޮވާލަން ކެރުނު މީހަކު. އޮރިޔާމުން މަގުތައްމަތީ ނުހިނގާ. މިފަހަރު މަޖިލީސް މި ބައިގަޑަށް ލިބިއްޖެނަމަ މިގައުމުގެ ދުވަސް ދަނެ ދަރިންނޭ! ވިސްނާލާ ދިވެހިންނޭ!

  38. ސަންދާނު މޮޔަމީހާ

    އިބުރާހިމް ހިސާބަށް ވަރަޢް މޮޅުވާނެ އަދުރޭގެ ނަވަތަ ހިތުދަސްކޮށްފަވީ ދޯ

  39. އަހުން

    އެހެންވީމާ 100 ދުވަސް ހަމަވާއިރަށް ވެރިކަމުން ބާލަން އެބަޖެހޭ އެމީހުންގެ 100 އާއި އަހަރުމެންގެ 100 އާއި ދުވަހަކުވެސް ދިމަލެއްނުވާނެ އެމީހުންގެ 100 އަކީ ދިގުދެމިގެންވާ 100 އެއް 5އަހަރުގެ ދައުރު ހަމަވުމުން މެނުވީ ތިޔަ 100 ނުނިމޭނެ ވަގުސަރުކާރު ވޯޓުވަގު.

  40. ކަބުލޮ

    100 ދުވަސް އެއީ އެ ވައުދަށް ކިޔާ ނަން. ކޮށްމެހެން 100ދުވަސް ވާކަށް ނުޖެހޭ.