މިފްކޯގެ ވޭނެއް ހުއްޓުވާ، ދެ މިލިއަން ރުފިޔާގެ ފައިސާ ފޭރުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި ތިން އަހަރު މީހެއް ކަމަށެވެ. އަދި 19 އަހަރުގެ މީހާއަށް މިހާރު 15 ދުވަހުގެ މުއްދަތުވެސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވިލާކޮލެޖާ ދިމާ، ބޭރު މަގުން އެ ކުންފުނީގެ ވޭން ހިފަހައްޓާ، ގެއްލުން ދިނުމަށްފަހު ފައިސާތައް ފޭރިގަތެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ "ވަގުތު"އަށް ވިދާޅުވީ ފޭރިގެންފައި ވަނީ މައި އޮފީހުން ފެލިވަރަށް ގެންދިޔުމަށް ވޭނުގައި ގެންދިޔަ ފައިސާ ކަމަށާއި، ފޭރުނު އިރު ވޭންގައި ތިބި މިފްކޯގެ މުއައްޒަފަކަށާއި، ޑްރައިވަރަކަށްވެސް އަނިޔާވެފައިވާ ކަމަށެވެ. ވޭން ހުއްޓުވުމަށްފަހު ކޯރާޑިއަކުން ހަމަލާދީ، ބިއްލޫރި ގަނޑު ތަޅާލާފައިވާ ކަމަށްވެސް ސީއީއޯ ވަނީ މައުލޫމާތު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހަމަ ހުސް ފޭކް. ފޭރޭ މީހުނާ ފޭރޭ މީހުންނަށް އެހީތެރިވާ ބަޔަކު މިގައުމުގެ މަތީ ފަޑީގައި މިތިބީ. މިގައުމު މިއޮތީ ހަލާކުގެ ތެރެއަށް ވެއްޓި ނިމިފަ. ދުނިޔެމަތީގައިވެސް ދިވެހިންނަށް އޮތީ ހިތާމައާއި ހިތްދަތިކަން. އާޚުރަތުގައި އޮތް ހާލަތެއް ހިތަށްވެސް ނުގެނެވޭ.

  2. Anonymous

    ފޭރޭ ސަރުކާރު، ކޮންމެވެސް މައުސޫމު މީހެއްގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވާލާ، ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އަޅުވަން ހިންގާ ޕްރޮޕަރގެންޑާއަކަށް ތިވާނީ. ތި ހައްޔަރު ކުރިމީހަކީ، ނުކިޔާ ރަނަކަށް އިނދެ، ލިބިފައިވާ، ނުކަނޑާ ފޫޅަކާ، ނުކިޔާ ނަމެއް އޮތް މީހަކަށް ވާނީ.