ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެން ގޮސްސްފައިހުރި، ކަރަންޓު ނަރު ރޯލުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައި ވަނީ އެތަކެތީގެ ވެރިފަރާތެއް ވާނަމަ، ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9980062ށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އެހެން ނޫންނަމަ، ވެރިފަރާތްކަން ސާބިތުކޮށްދެވޭނެ ލިޔެކިޔުމާއިއެކު ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހާޒިރުވެދެއްވުން އެދޭ ކަމަށެވެ.

ވައްކަމުގެ މައްސަލަތުގައި ހޯދާ އެއްޗެހި އާންމުކޮށް، ވަރަށް އަވަހަށް ވެރި ފަރާތަށް ރައްދުކޮށްދެއެވެ. އަދި އާންމުކޮށް ވެރިއެއް ނުވެގެން ފުލުހުން ނާންގާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު