އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފިއެވެ.

ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ދަނީ އިންތިހާބާ ބެހޭ މަރުކަޒު (ބާޖަމާލުއްދީން)ގެ ޓްރޭނިން ހޯލުގައެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާފައި ވަނީ މިއަދެވެ. އިލެކްޝަންސް އިން ބުނީ، މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސޮއި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިފަހުގެ މަޖިލިސް އިންތިޚާބުގައި 393 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އަދި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264589 މީހަކަށް ލިބިފައިވާއިރު، މި އިންތިހާބުގައި 87 ދާއިރާ އަކަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.