ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެމުންދާ ހުވަފެންތައް ބިލާހަކަށް ހަދާނަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް މާމިގިލީ ދާއިރާގެ ކެމްޕޭން ފެއްޓެވުމުގެ ގޮތުން މާމިގިލީގައި ބާއްވަމުންދާ ޖަލްސަގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ދެކެމުންދާ ހުވަފެން ބިލާހަކަށް ހަދާނަން ކަމަށް ގާސިމް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ގާސިމާއި ކުރީގެ ރައީސް ޔާމީން ގުޅިގެން ވެސް މަޖިލީހުގެ ހަ ގޮނޑި

ނަޝީދަށް އިޝާރަތް ކުރައްވާ ގާސިމް ވިދާޅުވީ ނަޝީދުގެ ކިބައިން މިހާރު ފެންނަ މަންޒަރަކީ "ވެރިކަމުގައި މިހާރު ހުރީ ތިމަންނަ ނޫންކަން އެނގިގެން ގުޑުގުޑު" އަޅާ މަންޒަރު ކަމަށެވެ.

ކޯލިޝަން އެއްބަސްވުން އުވާލީ ނަޝީދު ކަމަށް މިރޭ ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމުގައި އޮތް ގޮތައް 22 ގޮނޑި ޖޭޕީއަށް ދިނުމަށް ރައީސް ޞާލިހް ބޭނުންފުޅުވެ ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވީ "ކޮން ބޭފުޅެއްގެ ސަބަބުން ކަން" އެނގިވަޑައިގަންނަވާ ކަމަށެވެ.

ކޯލިޝަންގެ ބައިވެރިންނަށް ގޮނޑިތައް ދިނުމަށް ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ. ހުރިހާ ދާއިރާއަކަށް އެމްޑީޕީ ކެންޑިޑޭޓުން ނެރެން އެޕާޓީގެ ގައުމީ މަޖިލީހުން ނިންމީ އެގޮތައް ނިންމައި ދިނުމަށް ނަޝީދު އެދިވަޑައިގެންނެވުމުންނެވެ.

ނަޝީދު ގާސިމަށް އަމާޒުކޮށް "ސޭޓް" ގެ ބަހުން މުއާމަލާތް ކުރައްވާތީ އެކަމަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ ކޮންމެ މީހަކު ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. ރައްދު ދިނުމުގެ ގޮތުން ވަކި ބޭފުޅަކަށް "ގަންޖާބޯ" އޭ ދަންނަވަން ބޭނުން ނުވާކަމަށް ވިދާޅުވެ ގާސިމް ނަޝީދަށް ނުސީދާކޮށް ވަނަމެއް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    ސާބަސްގާސިމް ބަހުންތަޅާބަލިކުރޭ އިބޫއަށްހީވާކަހަލަ އިބޫވެރިކަމަށްގެނައީ ނަޝީދުބުނާގޮތަށް އެމްޑީޕީއަށް ވެރިކަންކޮށްދޭށެ އިންޝާﷲ މިފަހަރު އިބޫވެސް ވެރިކަމުގައިދެމިހުންނަށް ބޭނުންވާނަމަ އެމްޑީޕީއިން ވަކިވެ ޖޭޕީ ނޫނީ ޕީޕީ އެމާއި ޖެހޭނީގުޅެން

    8
    1
  2. ޢަބްދުﷲ ސަޢީދު

    ޤާސީމުގެ އިޖުތިމާޢީ އެއްބާރުލުމަށް މާތްﷲ ގެ ރަޙްމަތްފުޅުން، އަބަދުވެސް މިރާއްޖޭގެ ރައްޔިތުންގެ ތަރްޙީބު ލިބެމުންދާނެއެވެ.

  3. ޙަނީފާ

    މަދު އަހަރުތަކެއްގެތެރޭގައި ދުނިޔެ އާސޯޚްވާ ފެންވަރަށް ފައިދާހުރި ހުރިހާ ދާއިރާތަކުން ކުރިއަރައިގެންދިޔަ މި ކުޑަޤަވްމު އަލުން އިނދަޖައްސާލާ ގިންގަޅުވައިލި މީހުނަށް ރާކަނިމަސް އެބަ ކެވޭހެއްޔެވެ؟ ޤަވްމު ސަލާމަތުގެ އައްސޭރިޔަށް އަލުން ގެންދިޔުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ތިއްބެވި ކަނޑިޑޭޓުން މަޖުލިހަށް ހޮވާ ޤަވްމު ފަނާކޮށްލމުންމިދާ ބައިގަނޑުގެކިބައިން ޤަވްމު ސަލާމަތްކުރުމަށް އަތުކުރި އޮޅާލަމާ ހިނގާށެވެ. މާތްﷲ ދިވެހިންނަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށިއެވެ. އާމީން

    1
    1