ކޯޓު އަމުރަކާ ނުލާ، ފުލުހުން ހެންވޭރު ގެއަކަށް ވަދެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި، ކޯޓު އަމުރެއް ނެތި ފުލުހުން ވަދެފައި ވަނީ ތަބިއްޔާގޭ ގްރައުންޑް ފްލޯއަށެވެ.

މަންޒަރު ދުށް މީހަކު ބުނެފައިވާ ގޮތުގައި އެގޭ ތެރެއަށް 10 ވަރަކަށް އެސްއޯ ފުލުހުން ވަނީ ވަދެފައެވެ. އަދި އެ ގަޑީ ގޭތެރޭގައި ތިބީ ތިން މީހުން ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި ބަލިމީހެއް ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މަންޒަރު ދުތް މީހާ ބުނެފައި ވަނީ ފުލުހުން އެގެއަށް ވަން ވަގުތު، ބަލި މީހާ ކޮއްޕާލި ކަމަށެވެ. އޭނާއަކީ މީގެ މަހެއްހާ ދުވަސް ކުރިން، ސެނަހިޔާ ކައިރީގައި ހިނގި އެކްސިޑެންޓަކަށްފަހު ކަރުންމަތީގެ ދެ އޮޕަރޭޝަނެއް ކޮށްފައިވާ ޒުވާނެކެވެ.

"ކޮއްޕާލި އިރުވެސް ފުލުހުންނަށް އެނގޭނެ އެއީ ބަލި މީހެއް ކަން،" މަންޒަރު ދުތް މީހާ ކިޔައިދިނެވެ.

ފުލުހުން އެގެއަށްވެދެ ހުރިހާ ތަނެއް ފާސް ކޮށްފައިވާ އިރު، 10-15 ވަރަކަށް މިނެޓް ފަހުން ނުކުމެގެންދިޔަ އިރު، ދިޔައީ 18 އަހަރު ނުވާ ކުޑަ ކުއްޖާ ހައްޔަރުކޮށްގެންނެވެ. އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ.

"ކޯޓު އަމުރު ކޮބާހޭ ބުނީމަ ފުލުހުން ބުނީ އަހަރެެމެން ކޯޓު އަމުރެއް ބޭނުމެއް ނުވާނޭ. ދެން ސާވިސް ނަންބަރު ދޭން ބުނީމަ ބުނީ، ކަލޭމެން ތީ ކޮންބައެއްހޭ އަހަރުން ސާވިސް ނަންބަރު ދޭން. މައްސަލަ ޖެއްސީމަ އެއްވެސް ކަމެއް ނުވާނޭ، އަހަރުން ބޭނުން އެއްޗެކޭ ހަދާނީ،" މަންޒަރު ދުށް މީހާ ބުންޏެވެ.

ފުލުހުން އެ ސަރަހައްދުގައި ހަރަކާތެރިވި މަންޒަރު ދުށް ބައެއް މީހުން ބުނީ ފުލުހުން ދިޔައީ ހަޅޭލަވަމުން "އައުގުރާނަ" ގޮވަމުން ކަމަށެވެ. ފުލުހުން އެގޭގެ ބައެއް ތަކެއްޗަށް ގެއްލުން ދިން ކަމަށް ބުނާ ފޮޓޯތަކެއްވެސް މިހާރު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

ކޯޓު އަމުރެއް ނެތިިވެސް ފުލުހުންނަށް ތަންތަނަށް ވަދެވޭނެ ހާލަތްތަކެއް ގާނޫނުގައި ބަޔާން ކޮށްފައިވޭ، އެހެން ނަމަވެސް ތަންތަން ފާސް ކުރުމަށް ފުލުހުން ވަންނަނީ ކޯޓު އަމުރަކާއެކުއެވެ. "ވަގުތު"އަށް މައުލޫމާތު ދިނުން ފުލުހުން ހުއްޓާލާފައިވާތީ، މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ޫޔިތތިު

    ވަގުތު ނޫސްވެރިން ރައްކާވެ ތިބޭތި. މިހާރު އެޖެންޑާ 19ގެ ދަށުން ހުރިހާ ކަމެއް ހުއްދަވާނެ

    66
    4
  2. ސަރީފު

    ފުލުހުން ކިހިނެއް ވެގެންތަ މިއުޅެނީ؟

    63
    7
  3. އަހަރެން

    ތީ ހަމަ ބުޚުތާން ދޮގު! ފުލުހުންގެ އަގު ވައްޓަން ދައްކާފައޮތް ވާހަކައެއްކަން ހަަމަ ޔަގީން،،،،،،

    26
    74
  4. ސަންފާ

    އެއް ކޮޅަށް ޖެހިގެން ހަބަރު ފަތުރާ ބާގީ ނޫސް މީ.

    48
    81
    • ތިޔޭ އެއްކަލަ

      އެއީ ކޮންމެހެން އެއް ކޮޅަށް ޖެހިގެން ވާހަކަ ދައްކަނީކީ ނޫން. އެއީ ހަމަ ފުލުހުން އުޅޭ ވައްތަރު. ކުޑަ ކުޑަ ބާރެއް ލިބުނީމަ ހާދަ ބޮޑާވެރިވެފަ ތިބޭ ބަޔެކޭ ތީ. ރަނގަޅު ކުއްވެރިން ހަމަ ހައްޔަރު ކޮށް ހަރުކަށި ފިޔަވަޅު އަޅަންވީ. އެކަމަކު އޭގެ މާނައެއް ނޫން ދޯ 18 ނުވާ ކުޑަ ކުއްޖެއް ސައިކަލެއް ދުއްވިއޭ ކިޔާފަ އެމީހުންގެ ރޭޑް ތެރެއަށް ވައްދާފަ ތަޅާށޭ، ނޫނީ ދެމީހަކު ސިގެރެޓްއެއް ބޯން އިނޭ ކިޔާފަ ގޮސް ފުއްޕަ ފުއްޕާފަ އައުގުރާނައް ގޮވާފަ ބިޑި އަޅުވައިގެން ގެންގޮސް ތި ވަނީ އަހަރުން ހިސާބަށޭ ކިޔާފަ އަނިޔާ ނުކުރެވޭނެ. ވަގުތަށް ހަމަ ސާބަސް ދެން. ފުލުލުންގެ އަނިޔާވެރިކަން ބޭޒާރު ކުރާތީ އެމީހުން ހަވީރަށް މައުލޫމާތު ދިނުން ހުއްޓާލީ.

      70
      8
  5. ސކ

    ސޭކު އަކަށް ނޭނގޭތަ ގޯތިގެދޮރު އެއީ ހުރުމްތްތެރި ވެގެންވާ ތަންތަން ކަން. 18 އަހަރު ނުވާ ކުއްޖަކު ގޭގައި ހުއްޓާ ކިހިލި ޖަހައިގެން ދެވޭގޮތަށްތަ އޮންނަނީ؟

    47
    3
  6. ޅަބޭ

    ޖަޒީރާ ރާއްޖޭގަ ކޯޓު އަމުރެއް ނޯންނާނެ.

    75
    8
    • Anonymous

      ﷲ ގެ ރަހުމަތުން ތި ފުލުހުންގެ އަތަށް ހަތިޔާރު ނާރާ ތިއޮތީ. އެހެންނަމަ، އެހިފައިގެންގޮސް މީހުންގެ ގަޔަށް ޖަހަންވެސް މިހާތު ތިމީހުން ފަހަކަށް ނުޖެހޭނެ. ފަލސްތީނުގެ ހާލަތަށް މިގައުމު ވައްޓާލަން ނިކުމެތިބި ސަރުކާރެއް މިތާ މިއޮތީ. ދިވެހިން ހޭއަރާ، މަޖްލިސްގެ އެންމެ ގޮނޑިއެއްވެސް މިޖަރީމާ ސަރުކާރަށް ނުދޭތި. ތި ރީނދޫ ބައިގައިގެ މީހުނަށް މަޖްލިސް ލިބިއްޖެއްޔާ ދިވެހިންކޮޅުގެ ދުވަސް ދުއްވާލާނެކަން ކަށަވަރު،

      45
      4
  7. ހިހި

    ތީ ވަގުތުން ފުލުހުން ފަލީހަތް ކުރަންވެގެން ލިއެފައިވާ ހަބަރެއް

    39
    81
  8. މޯދީ

    ފުލުހުން ކުރާކަމެއް އެއީ އެމީހުން ހިއްކިޔާ މީހުންގެ ނަންބަރުތައް ޓުތެކް ކުރުމާ ކޯލްތައް އަޑު އެހުންވެސް. މި ކަމަށް ވެސް އާޓިކަލެއް ލިޔެލަ ދިނުން ވަރަށްބޮޑައް އެދެން. ވަރަށް ފަހަކުން ފުލުހެއްގެ ބިޓެއްގެ މައްސަލައިގައި އަޅުގަނޑުގެ ކޯލެއްވެސް އަޑުއަހާ ޓުރެކްކޮއްފައިވެއެވެ.

    26
    2
    • ޖިނާ

      ތީ ވަރަށް ބޮޑު ތެދެއް. އަޅުގަނޑާ އަޅުގަނޑު ރައްޓެހި އަންހެން ކުއްޖެއް ދެން އެމީހުންގެ އާއްމު އުސޫލުގެ ދަށުން ނަންނޯޓުކޮއްލީ. ކޮއްލާފަ އަންހެން ކުއްޖާ ކައިރީގަ ގުޅޭނެ ނަންބަރު ދޭން ބުނީމަ ދިނީ އެމަންޖެ މަންމަ ނަންބަރު. އެރޭ ދަންވަރު އޭނަ މަންމަ ނަންބަރއަށް ގުޅައިފި އެތަނުން ޕޮލިސް ސޮރެއް

      23
      2
  9. ރާފަޅާ

    ކަލޭމެން ތީ ކޮންބައެއް. ފިތުނަ ހަދަން. ކަލޭމެން ބަލަންތިބޭތި. ތިޔަ ފިތުނަ ނޫސް ބަންދުކުރެވޭނެ.

    20
    66
    • Anonymous

      ފިތުނަ އެނގޭތަ ކޮއްކޯ؟ ފިތުނަ އެފަތުރަނީ، ރ.ޓީވީން. ވަގުތުން މި ރިޕޯޓް ގެނެސްދީފައި މިވަނީ، މަންޒަަރުދުއްމީހުން ބުނި ގޮތަށް، އަދި، އެފް ބީގައި ދައުރުވާ ފޮޓޯތަކުން އެމަންޒަރުތަށް ފެންނާތީ. ޕޮލިހުން ނޫސްވެރިންނަށާއި ނޫސްތަކަށް ބިރުދައްކަން ތިކަހަލަ ކޮމެންޓް ތިކުރަނީ. ތިއީ، އިޒްރޭލުން ގަތަރުން އަލްޖަޒީރާ ހިންގާތީ، ގަތަރަށް ބިރުދެއްކުމަށް ކުރާ މަސައްކަތާ އެއްފަދަ ކަންކަން. ބަލަ، މި ގައުމުގައި މިތިބީ އެއް ދަރިކޮޅެކޭ. އަހަރެމެން އެކަކު އަނެކަކަށް އަނިޔާވެރިވުމުގެ ބޭނުމަކީ ކޮބައި. ދައްޖާލަށް މަރުހަބާ ކިޔުމަށް ނަޝީދުމެން، އިޒްރޭލާއެކު އެއްބަސްވިއެއްކަމަކު ދިވެހިން ޖެހޭތަ އެމީހުންގެ އެނުބައި ކަމުން ބައެއް ހިއްސާ ކުރަން؟

      38
      3
  10. ާަާމަ

    ތިއީ އަނެއްކާ ފުލުހުންބާ؟

    35
    4
  11. މަ

    ތިއީ އަސްލު ފުލުހުންބާ؟

    40
    4
  12. ޙާމުދުރު

    ފުލުސް ނިކުމެ ވަގުހޯދަނީ..

    40
    3
  13. Anonymous

    އިޒްރޭލު ސިފައިން ދިވެހިރާއްޖެއަށް އެރީތަ؟

    55
    4
  14. ސަރު

    އިމްރާންގެ އަސްލު ސޫރަ ފެންނަނީ

    57
    5
  15. ހިތި

    ފުލުހުން ވަގުތަށް މައުލޫމާތު ދިނުން ހުއްޓާލުމުން ވަގުތުވެސް މާބޮޑަށް ހިއްދަތިވެ ، މިހަބަރުން ފުލުހުންނާއި ޖައްސާލައިފައިވާކަން ވަރަށް ބޮޑަށް ފާހަގަވެ ... " މަންޒަރު ދުއްމީހާ " ގެ ނަމުގައި ތިޔައޮތީ ވާހަކަ އެއްކައްކާލައިފައި ... އަރީޙް ރިޕޯރޓްތަށް ލިޔުމުގައި ޒިންމާދާރުވުމަށް ދަންނަވަން ...

    22
    61
    • Anonymous

      މިގައުމުގެ ފުލުހުންގެ ޓެކްޓިކްސްތައް މިހާރު މިހުރީ އިޒްރޭލު ސިފައިންނާ އެއްގޮތަށް. އެމީހުންގެ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގާ ފަދަ ޖަރީމާ މިތާނގެ ފުލުހުން މިހާރު މިހިންގަށްފެށީ.

      20
      1
  16. ނުރަބޯ

    އެއީ ރީނދޫ ޑިމޮކްރަސީގައި އެކަން އޮންނަ ގޮތް.

    56
    9
  17. އަޝިޝް

    މިހާރު ފުލުހުން ގެ ގައިގަވެސް ކޮން ކަހަލުގެ ޑިސިޕްލަނަރެއް ހުންނާނީ؟ ޝޯޓް ކެފޭ ތަށި ދޮންނަން އޮވެފަ އަދި ނުވީ ތާކަށް ލޯންޑްރީ އަކި ލޯންޑްރީ ޖައްސަން އޮއްމީހެއް ފުލުހުން ގެ އިސް ކޮމަަންޑަރަށް ވީމަ ވާނެ ގޮތް!!

    29
  18. ބަރާބަރު

    ފުލުހުންނާއިމެދު ނަފްރަތު އުފައްދަން މަސައްކަތް ކުރަނީ
    ސިޔާސީ ބޭނުމުގަ. މީހަކުގެ ފުރާނަ ސަލާމަތްކުރަންވެސް
    ކޯޓުއަމުރު ބޭނުންވޭ؟

    7
    32
    • Anonymous

      ކޯޓުއަމުރު ބޭނުން ނުވާނެ ހާލަތްތައް ފުލުހުންގެ ޤާނޫނުގައި ބުނެފައިހުރޭ. މީހުންގެ ގެދޮރަށްވަދެ މީހުން ވަގަށް ނެގުމަކަށް އެއީ ފުރާނަ ސަލާމަތް ކުރުމެކޭ ނުކިޔާ. ޢަބްދުﷲ ޤާޟީ އުފުރާލީވެސް ތިފަތިވަރު ކިޔާފަ. ތިބޭފުޅާ ނުވަތަ ތިބޭފުޅާގެ މަންމަ ނުވަތަ ދަރިއެއް ފުލުހުން އެހެން ދަމާފަ ގެންދިޔާމަ ވިދާޅުވާނަންތަ އެގެންދިޔައީ ފުރާނަ ސަލާމަތް ކުރަންށޭ. ކޮންމެ ކަމެއް ފެށޭނީ ކުޑަކޮށް އަނގައިންނުބުނެ ދެލޯ ކަނު ބައެއްހެން ތިބީމަ، އެ ސިހުރު ފެތުރި، އިންސާނުންގެ މުޖުތަމަޢަށް ނުރައްކާވާނީ. މިހާރުން މިހާރަށް ފުލުހުންގެ މިޢަމަލާ ދެކޮޅުހަދާ އަޑު ގަދަކުރަންވީ. އެހެންނޫނީ މިގައުމުން ފެނިގެންދާނީ އަނިޔާވެރިކަން.

      27
      2
  19. ބޮލި މުލައް

    ތީ މަންޒަރު ދުއް މީހެއްނޫނެއްނު އެގޭތެރޭ ކަމެއް ހިންގިއްޔާ ހިންގިކަމެއްގައި ބައިވެރިވި މީހެއްނު. މަންޒަރު ދުއް މީހަކު ކޯޓު އަމުރާ ސަރވިސް ނަމްބަރ ހޯދާކަށް ނޫޅޭނެއްނު

    5
    24
    • Anonymous

      ކޯޓު އަމުރު ދައްކުމަކީ ފުލުހުންގެ މައްޗަށް ގާނޫނުން ލާޒިމް ކުރާ ކަމެއް. ގެއަކަށްވަދެވޭނީ އެ އަމުރު ދެއްކުމަށްފަހު. އެހެން ނޫނީ ގެދޮރުގެ ހުރުމަތް ކެނޑުން އެއީ. ގާނޫނު ދަންނަ މީހަކުނަމަ އެނގޭނެ އެމީހުންގެ މައްސަލަ ހުށަހެޅުމަށް ފުލުހުންގެ ސަރވިސް ނަންބަރު ބޭނުންވާނެކަން. އެހެންވީމަ އެމައުލޫމާތު ހޯދާނެ. ޖާހިލުން ފަދައިން މިސަރުކާރުން ހިންގާ ޖަރީމާއާ ޘަނާ ކިޔުން ހުއްޓާލާފަ، ދެރަކްއަތް ނަމާދެއް ކޮށްލާފަ، ތައުބާވޭ. އެހާއިރުން ހެޔޮގޮތްތަށް ފެނި، ކޮންމެ ބަޔަކު ކުރިއަސް ގޯސްކަމެއް އެއީ ގޯސްކަމެއްކަމަށް ގަބޫލުކުރުމުގެ ރޫހާނީ ބާރުވެރިކަން ލިބިގެންދާނެ.

      18
      1
  20. ސަންދާނު މޮޔަމީހާ

    ތިޔައީ ނަޒާހައްތަރި ބަލާވެރިކަން ތިފެންނަނީ ޖަޒީރާގެ ސިފަ

    27
    3
  21. އަވަޓޭ

    ފުލުހުންގެ ފެންވަރު އެއީ، އަވަގުރާނަ ގޮވުމާ، އެއްޗެއް ނުފެނުނަސް އެންމެ ޒުވާންކޮށް ހުރި ކުއްޖަކު ހައްޔަރުކުރުމާ، ބަލިމީހުނަށްވެސް އޯގަތެރިނުވުމާ، ގޭގެއަށްވަދެ ތަކެއްޗަށް ގެއްލުންދިނުން. ދެން ތިޔަ ގެންދިޔަ ކުއްޖާ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުް ހަލާކުކޮށްނުލާ ދޫކޮށްލައިފިނަމަ ރަނގަޅު

    26
    2
  22. Anonymous

    ފުލުހުން އުޅެނީ ސައިޒް އޮޅިގެން.

    26
    2
  23. އަހުމަދު

    ފުލުހުން ނަށް ނިސްބަތް ވަނީނަމަ ފުލުހުންވާނެ ސައްހަ މައުލޫމާތު ދޭން އެހެން ނޫނީ ކަންހިނގި ގޮތް އޮޅޭނެ.... މިހާރު ނޫހުންވެސް އެމީހުން ހިތަށް އައި ގޮތަށް ލިޔެ ނަގާ ކޯޓުން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވިއަސް އެއީ ބޮޑު ވަގެކޭވެސް އެ ނޫހުގެ އެންމެ އިސްމީހާވެސް ލިޔުނު މިހިރީ ހަމަ ޚަބަރު މައުލޫމާތު މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވެސް އުޅުއްވަނީ ނާދިރާ ކެންޕޭން ގައި ކެންޕޭން އޮފީސް ތެރޭގައި އިންނަވަނީ މިހާރު އެކަންވެސް ބޮޑު ވެގެން އުޅޭ މީހަކު ނޫޅޭ..... މީޑީއާ ކައުންސިލުން ޖެހޭނެ ފުލުހުންނާ ބައްދަލް ކޮށް ހަމަ ހަމަ ކަމާއި އެކު މައުލޫމާތު ދޭން ބުނަށް ހަމަ ގައިމުވެސް ވަގުތުން ފުލުހުންގެ މުއައްސަސާގައި އޮންނަ ތަމްރީން ތަކުގެ ވާހަކަވެސް ގެނެސްދޭ... ކޮބައިތޯ ރައީސް އެ ވިދާޅުވާ މިނިމަން ކަން ހަމަ ހަމަ ކަން ފުލުހުންނަށް އަންގަވަން ވީ ނޫންތޯ މައުލޫމާތު ދެއްވާށޭ ... މައުލޫމާތު ނުދިނުމަކީ ޒާތީ ވުން އެހައްގުން އެއްކަބާ ކުރުން ގާނޫން އަސާސީގެ 29 ވަނަ މާއްދާ ކިޔާލައްވާ ގަނޫނީ ވެރިކަން ދެމެހެއްޓޭނީ އޭރުން.

    13
  24. އާބިދާ

    ދިވެހި ފުލުހުންނެކޭ، އިޒްރޭލުގެ ފުލުހުންނެކޭ އެއްވެސް ތަފާތެއް ނެތް. ހަތިޔާރު ހުރިނަމަ، ރައްޔިތުން މަރަންވެސް ފަހަކަށް ނުދާނެ. މަށަށް ބޮޑަށް ވައްތަރީ، ބްލެކް މެޖިކް ހަދާ ފުލުހުންގެ ބްރެއިން ވޮޝްކުރުމާ. އެހެންނޫނީ، ފުލުހުންގެ އަމިއްލަ ލޭހިނގާ ދިވެހިންނާ ދެކޮޅަށް ކޮން ޖަރީމާއެއް ހިންގާކަށް.

    16
  25. ނީސް

    ދުތް މިއީ ކޮން ބަހެެއްތޯ،

    5
    9
  26. ފފފ

    ދެން ފެނިގެންދާނެ މަންޒަރަކީ، ކިތަންމެ ޢަބްދުﷲ ޤާޒީއެއް އުފުރާލާ މަންޒަރު. އެއްވެސް ދިވެއްސަކަށް ސަލާމަތް ކަމެއް ނެތް. ނިދާފަ ތިއްބަ ތި ފޯސް ވައްޓާލާފަ އަތުޖެހުނު މީހަކު ދަމާ ނެރެގެން ގެންދާ މަންޒަރު ފެނުން ލަސްވެދާނެއެކޭ ހިއެއްނުވޭ.

    17
  27. ސަލާހު

    ފުލުހުންގެ ގާނޫނަށް ބަދަލެއް އައީކީނޫން. އެގާނޫނާއި ޖިނާޢީ އިޖުރާއަތުގެ ގާނޫނު އޮތްތާ އެއޮތީ. ބަދަލެއް ނުގެނޭ. އެކަމަކު މިފުލުހުން މިހާރު މިގާނޫނު ތަކަށް ފައިން އަރާ ހިތުހުރި ގޮތަކަށް މިއަމަލުކުރަންފެށީ. ބަލަ ދިވެހިންނަކީ، އެއްދަރިކޮޅެއް، އެއްލެއެއް. އާއިލީ ގޮތުން ގުޅިގެން ގޮސްފައިވާ ބައެްއ. ކަލޭމެނަށް ކޮންފަދަ ސިހުރެއް ޖެހިގެންތަ ތި ދިވެހިންތައް ތަޅާމަރަން ނުކުތީ؟ ހެޔޮނުވާނެ، މިސްކިތްތަކުގައި އަޑުހަރުކޮށް ބަންގިގޮވާ، އިރުއޮއްސޭ ދަޅައަށް ޔާސީން ސޫރަތް ކިޔުން ގިނަކޮށް. ޢިޝާނަމާދާ ދޭތެރޭ ގޭގައި ދަރިންތައް މަޑުކުރުވައި އެކުދިންލައްވާ ޤުރުއާން ކިޔުއްވާ. މިގައުމުން މިފެންނަކީ ޝައިޠާނީ ވަސްވާސްތައް ފައިހިއްޕާލާފައިވާ ކަމުގެ އަސަރުތައް.

    17
    1
  28. ކިރުބެ

    އެޖެންޑާ 19 އަށް ޓަކާ ފުލުހުން ލައްވާ އަލްހާނުގެ އިންތިހާބީ ހައްގު ތަކަށް އަރައިގަތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރަން.

    13
  29. ފުލުސް

    ކުރިޔަށް ދިވެހި ފުލުހުން ކުރިޔަށް ދިވެހި ގައުމު

    1
    9
    • ..

      ދިވެހި ގަަަައުމު ފަހަތަށް ދަަަަަަަަަަަަނިިީ ތިޔަ ކަހަލަ ސިފައިން އަނިޔާ ވެރި ވާތީ. އަޅުގަންޑު ވެސް ދެކުނިން މަންޒަރު. އިންސާފު ވެރި ކޮށް ކަން ކުރޭ

      6
      1
  30. ދަރީ

    ޔާމީނު ލާރިދީގެން އުޅޭ ކުދިންކޮޅެއްބާ

    2
    8
  31. ގައިތޮންޑޭ

    ކުއްކުރަނީވީޔާ ވަންނާނެ އެހެން ނުނަސް މިހާރު މިރާއްޖޭގަ ނަސޭހައްދީ ރީތިކޮއް ބުނެގެން ގަބޫލެއް ނުކުރާނެ ހަރުކަށި އަދަބު ތައް ދީ އިސްލާމީ ހުކުމް ތަންފީޒް ކޮއްގެން ނޫނީ މިގައުމު ހަމަ މަގައް ނާންނާނެ ،ވަގުތު އިން ވެސް ބަލާ ބަލަ މައުޅުމާތު ހިއްސާކުރާއިރު ތެދު ހިއްސާކުރަން

    5
    3
  32. ރިހާބް

    މިއީ އެމްޑީޕީ އިން އެބުނާ އަދުލުވެރި އިންސާފަކީ..އެކުއްޖާ ހައްޔަރުކުރިސް އަށް އެދާ އިރާ މެމްބަރުކަމައް ކުރި މަތި ލައިގެން އުޅޭ އެމްޑީޕީ މެމްބަރު ރިސްވަތު ނުދޭކަކަމކައް ނުވާނެ

  33. ބުރޯ

    ކޯޓް އަމުރާ ނުލާވެސް ފުލުހުންނަށް ވަދެވޭނެ ،ފުލުހުން ތަންތަނަށް ވަންނަން ޖެހޭފަހަރު ކޯޓްއަމުރާ ގޭމީހާގެ ހުއްދަ އާއި ހޯދާކަށެއްނުޖެހޭނެ.އެހެންމީހުން އުޅެންޖެހޭނީ އެމީހުންގެ ގެދޮރަށް ފުލުހުންނަށް ވަންނަން ނުޖެހޭގޮތަށް ގާނޫނުގެތެރޭގަ.

    1
    3
  34. ނަންނެތް

    ތީ ހުސް އެމްޑީޕީ ސަރުކާރު ގެ މަސައްކަތް