ބައެއް ޕޯޑިއަމްތަކުގައި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ހަޅޭލަވާ ހަދަނީ ކީއްވެކަން އެނގިވަޑައިގަންނަވާ ކަމަށާއި ގާސިމަށް "ބަސް އުކަނީ ސިޔާސީ ގޮތުން" ގާސިމް "ރީތި ވުމުން" ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މާމިގިލީގައި ރޭ ބޭއްވި ގާސިމްގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރު އޮތް ކޯލީޝަނުން އެކުގައި ގުޅިގެން މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ކުރީ ވަރަށް ބޮޑު ފިންތުންތަކަކާއެކު ކަމަށެވެ.

"އިންތިހާބު ކާމިޔާބުވުމަށް ފަހު، ކޯލިޝަން ސަރުކާރުގެ ވައުދުއަށް ފުއްދުމަށް ކޯލިޝަންގެ ބައިވެރިން ސާބިތުވެ ތިބުމަކީ ކޯލިޝަން ބައިވެރިންގެ ވަރަށް ބޮޑު ޒިންމާއެއް" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހިދު ވިދާޅުވީ، ކައިރި މާޒީގައި ރައްޔިތުން ކުރި ތަޖުރިބާއިން ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީއާއި މަނޯރިޓީ ލިބުމުން ވީގޮތް އެނގިއްޖެ ކަމަށެވެ.

"ރައްޔިތުންގެ ސިކުޑިއާއި ހިތައް އިތުރަށް "ވައުޟު" ވިދާޅުވާކަށް ނުޖެހޭ އަޅުގަނޑުމެން ކިތަންމެ ވަރަކަށް އަތަށް ލައިގެން ދުނބުރިއެއް އަނބަކަށް ވާނެ ކަމަށް ބެލިޔަސް ދުނބުރިއެއް ވާނީ ދުނބުރިއަކަށް،" އަލީ ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕޯޑިއަމުތަކުގައި އާއި މީސް މީޑިއާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމަށް ފާޅުގައި ފާޑު ކިޔަމުން ދާއިރު ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމުގައި އޮތް ގޮތައް 22 ގޮނޑި ޖޭޕީއަށް ދިނުމަށް ރައީސް ޞާލިހް ބޭނުންފުޅުވެ ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވީ "ކޮން ބޭފުޅެއްގެ ސަބަބުން ކަން" އެނގިވަޑައިގަންނަވާ ކަމަށެވެ.

ކޯލިޝަންގެ ބައިވެރިންނަށް ގޮނޑިތައް ދިނުމަށް ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ. ހުރިހާ ދާއިރާއަކަށް އެމްޑީޕީ ކެންޑިޑޭޓުން ނެރެން އެޕާޓީގެ ގައުމީ މަޖިލީހުން ނިންމީ އެގޮތައް ނިންމައި ދިނުމަށް ނަޝީދު އެދިވަޑައިގެންނެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަހުމާ

    އެމް.ޑީ.ޕީ ގަ ތިބީ ރައީސް ނަސީދަށާ ރައީސް ސޯލިހް އަށް އަދި ގައުމަށް ހެޔޮ އެދޭ އިހްލާސްތެރިން ތަކެއް. ގާސިމް ކަހަލަ ބައެއް ނޫން. ގާސިމް ކައިރި އުޅެނީވެސް އަމިއްލަ ފައިދާއަށް އުޅޭ ބައެއް.

    17
    48
    • އެމްޑީޕީ ސުންފާ

      އެމްޑީޕީ ގައި އުޅޭނީ ހުސް ކާފިރުން. މުސްލިމުން ވިއްޔާ އުޅޭނީ މުސްލިމުންނާ އެކީ. ކާފިރުން ވީމަ އިސްލާމްދީނަށް ހަޖޫޖެހުމުގައި އެއުޅެނީ. ނުކިޔަން އިސްލާމްދީނަށް ނޫޅޭމީހުންނަކީ ކާފިރުންނޭ. މިކިޔަނީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއި އެމީހުންނަށް ސަޕޯޓްކުރާ މީހުންނަކީ ކާފިރުންނޭ.

      • ީއިސްލާމް

        ކަލޭގެ އިސްލާމްކަން ވަރަށް ބޮޑަށް އެބަ ފާޅުވޭ

  2. ދޮންބެ

    އަލީ ވަހީދު އެހާ އަނގަ ބޮޑި ކިއްލިވިއްކާގެން ގޯތި ގަނެވޭހަ އިހުލާސް ތެރި ވީމަ

    41
    1
  3. އެޕްރީލް 6

    ސަހަރޯ ތިހިރީ ހުދު ކާފޫރަށް ވެނިމިފަ ކޮބާތޯ ކިއްލި ކަރާ ހަމަ ހިނި އަންނަނީ ސިޔާސީ މީހުންގެ ވާހަކަ ދެއްކުމުގެ ރާގު ރީތި ވީމަ

    42
    3
  4. ރައްޔިތުން

    ތެދެއް. ރާއްޖޭގައި ހުރި ސިޔާސީ ކާމިޔާބު ލީޑަރޝިޕް އެންމެ "ރީތި" މީހާއަކީ ގާސިމު މީގެ ހެއްކެއް ގާސިމު ޖެހޭ ކޮޅަށް ވެރިކަން ދިއުމާއި އަދި ގާސިމު ޖެހޭކޮޅުން ވެރިކަން ވެއްޓުން ކުރިއަށްދާތީ މިކަން ކަށަވަރުވޭ. ވީމާ ގާސީމް އަކީ ހަމަ ސިޔާސީ އެންމެ ރީތި ލީޑަރ

    8
    1
  5. އެންމެން

    ގާސިމަކީ ރީތި ބޭފުޅެކެވެ ވެރިކަމަށް ވ އެކަށީގެންވާ ނަލަކަންހުރި ބޭފުޅެކެ އަޅުގަޑުމެން
    ހަމަ އެންމެން މިތިބީ ގާސިމް އަރިހުގައެވެ މަނިކުފާނު ފިސާރި ކުރިއަށް ވަޑައިގަންނަވާށެވެ.

    4
    1
  6. އަހުމަދު

    ވެރިކަން ލިބެނީ ގާސިމް އާއި ގުޅިގެން، ވެރިކަމުން ވައްޓަނީވެސް ގާސިމް އާއި ގުޅިގެން...

    މިނެ ކިރާފަ ވާހަކަ ދައްކަންޏާ ގާސިމް ދިވެހި ރާއްޖެއަށް މާ ގިނަ ގުނަ ކަންތައް ކޮށްދޭ...

    ޙެއްކަކަށް ފްލައި މީ.... މޮލްޑިވިއަން އަށްތުރެން އަގުހެޔޮ

    ވިލާ ކޮލެޖް، ވިލާ ގޭސް،