މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ކަނޑައެޅުއްވި ވަޢުދުތަކު ތެރޭގައި ހިމެނިގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޤާއިމުކުރި މެންޓަލް ހެލްތު ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި ސެންޓަރ ހުޅުއްވައިދެއްވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި މަރުކަޒަކީ ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުންނަށް ރައްކާތެރި އަދި އެފަދަ މީހުންނާއި އެމީހުންގެ ޢާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ފޯރުކޮށްދިނުމުގެ މަގުޞަދުގައި ހުޅުވި މަރުކަޒެކެވެ. މި މަރުކަޒުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވެސް މަސައްކަތްކުރާނެއެވެ.

އައި.ޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދިނުމާއި، ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ޚިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން ސަރަޙައްދީ ހޮސްޕިޓަލްތަކާ ގުޅިގެން، އައުޓްރީޗް ސްޕެޝަލިސްޓް ޚިދުމަތްވެސް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ. އަތޮޅު އަދި ރަށު ފެންވަރުގައި މި ސެންޓަރުގެ ޚިދުމަތް ލިބޭނެ ގޮތަށް، ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަލޯބެ

    އޭ ގައުމުގެ ރައީސެވެ. ތިބާޔަކީ ތިކަމަށް ކުފޫ ހަމަވާ މީގެއް ނޫނެވެ.ގްރޭޑް 9 ނިންމާފަ ހުރިމީހަކަށް ޙިލްމެއް ނެތި ވިސްނުން ތޫނު ވުމެއްނެތި މިޒަމާނުގައި ވެރިކަމެއް ނުކުރެވޭނެއެވެ. އޭގެ ހިތި ރައްޔިތުންނަށް ފެންނަން ފައްޓައިފިއެވެ. ތިބާގެ ބަލިފަޔަކީ ތިކަމަށް އަރާ އަރަފޯދިގެން ނުވުމެވެ. ލިޑަރޝިޕް ކޮލިޓީ އެއް ނެތެވެ. ހުސްދޮގާއި މަކަރު ހަދައިގެން ވެރިކަން ކުރެވެންޏާ ކުރަންވީއެވެ. އިންޑިޔާ މީހުންގެ ފުލް ކޮންޓްރޯލް ލިބޭ ހިސާބަކީގައުމް މަރުވެ ދިއުމެވެ. ޢޮޔާ ދިއުމެވެ.

    6
    3
  2. ޢަލީ

    ނަންބޯޑު ބެހެއްޓުން ކަމަކީ، އެހެން އެއްވެސް ކަމެއްނެތް، ނިކަން ބައްލަވާ ވޭތުވެދިޔަ 5 އަހަރު އައިޖީއެމްއެޗްއަށް ގެނެސްފައިހުރި ކުރިއެރުން، އެމްއާރ، ހިތުގެ ފަރުވާ، ނިދުމުގެ ފަރުވާ، ޑައިލިސިސް އެތައްގުނައިތުރުކުރި، ތިހެން ނަންބޯޑު ޖެހިއަކަސް ނުވާނެ،

  3. ޢަލީ

    ބަންދޭ ގެނެސްފަ އެހުރީ އެއަރޕޯޓް ވިއްކާލިހެން މިތަންވެސް ވިއްކާލުމުގެ ޕްލޭން ކުރިއަށް ގެންދަންދޯ؟

    2
    1
  4. ޢަލީ އަހުމަދު

    ސުކުރިއްޔާ ރައީސް ޔާމީން

  5. ހުސޭނުބޭ

    ތިތަނުން ފުރަތަމަ ފަރުވާދޭންވީ ރައީސް ނަސީދަށް