މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑެވެލޮޕްމެންޓްގެ އެގްޒެކެޓް ޑިރެކްޓަރ އަކަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ރައިސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑެވެލޮޕްމެންޓްގެ އެގްޒެކެޓް ޑިރެކްޓަރ އަކަށް އައްޔަން ކުރައްވާފައި ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މައިމޫން މުހައްމަދެވެ.

މައިމޫން މިއަދު މި މަގާމަށް އައްޔަން ކުރި އިރު އޭނާ އަކީ އެމްޑީޕީ ޔޫތު ވިންގުގެ މެންބަރެކެވެ. މައިމޫންއަކީ އެމްޑީޕީގެ ސޯޝަލް މީޑިއާ ޓީމުގެ އިސް ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދުﷲ

    ކޮބާތަ މައްސަލައަކީ؟

    8
    21
  2. ކާސިމް

    ތީ އޯލެވެލް ފެންވަރުގެ ކުއްޖެއް. ތިކަހަލަ ޒިންމާދާރު ބޮޑެތި މަގާމްތަކަށް ތިލަނީ މުޅިންވެސް އެކަޝީގެންނުވާ މީހުން.

    16
    2
  3. ޗާލީ 7

    ދެން ގާސިމްގެ އަންހެނުން ޑިގުރީ ނެގީ ކޮން ރޮގަކުން

    1
    5
  4. ޗާލީ 7

    ވަލީދާ މަތީތަޢުލީމް ބޮޑުވީމަތަ އެވަރުގެ ވަޒީފާއެއް ދިނީ؟

    1
    2