ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ފިރިން ނިދަން ގެއަށް ގެނެސްދިނުމަކީ އެޖެންޑާ 19ގެ އަމާޒެއްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލ.މާވަށުފައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ނަޝީދު ވިދާޅުވީ، ހަގީގަތުގައި ތަރައްގީއަކީ ދެމަފިރިޔަކަށް ރީތި ދިރިއުޅުމެއް އުޅެވި އެ މީހުންނަށް ރަނގަޅު އެއްޗެއް އާމްދަނީއަކަށް ލިބުން ކަމަށެވެ. އަދި ދަރިން ގޮވައިގެން އުޅެވި، އެކީގައި ދެ މީހުންގެ ހަޔާތް ހޭދަކުރެވޭނެ ގޮތް ހޯދާދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރިސޯޓްތަކުގައި މަސައްކަތް ކުރާ ކުދިން ރަށަށް މި އާދެވެނީ ކޮންމެ ތިން މަހުން ހަތަރު މަހުން އެއްފަހަރު އަނބިން ދަރިންނާއެކު އެކަނި ބިކަވެފައި ރަށްރަށުގައި މި ތިބެނީ. އެޖެންޑާ 19ގެ އަނެއް އަމާޒަކީ ފިރިހެން ގެއަށް ގެނެސްދޭނަމޭ އަޅުގަނޑުމެން". ނަޝީދު ވިދާޅުވިއެވެ.

އަދި އަނބިން އެކަނި ނިދަން ނުޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ރިސޯޓްތަކުގައި މީހުން ނިންދެވުން ހުއްޓެން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އޮފް ޑިއުޓީ ގަޑީގައި އެހެން ރަށްރަށަށް ދެވޭނެ ގޮތް ލިބެން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރުކުރެވި ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލެވޭ އިރުގާ އެ ނިޒާމުގެ ތެރޭގައި ޓުއަރިސްޓް ރިސޯޓްތައްވެސް ހިމަނަން ޖެހޭ". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މާވަށުގެ ބިން ކުޑަވެއްޖެ ކަމަށާއި، މާވަށުގެ ބިން ފުރިފައިވާކަމަށެވެ. އަދި މިތަނުގައި ބިން ހިއްކަން ޖެހިއްޖެ ކަމަށާއި، ބިން ހިއްކުމަށް އެޖެންޑާ 19 ހަމަތަކެއް ފާހަގަކުރާކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރަށެއްގެ ބިން ހިއްކާނެ ގޮތާއި، އެ ބިން ހިއްކުމަށް އަމަލު ކުރާނެ ގޮތާއި، އަދި ހިއްކޭބިން ބޭނުން ކުރާނެ ގޮތް މާބޮޑަށް ގާނޫނު އެބަ ކަނޑައަޅަން ޖެހޭ". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ގެވަޅެއް ލިބުނީމާ އަދި ގެއެއް ނޭޅޭނެ ކަމަށާއި، ގެއެއް އަޅަން ކުރާ ހަރަދު އެންމެންނަށްވެސް ފެންނަ ކަމަށެވެ.

"އަލަތު ކައިވެންޏާއިއެކީގައި ރިސޯޓަށް ދާނެ. ނުވަތަ ކަންނެލި އޮޑިއަށް އަރާނެ، ފުރަތަމަ އަހަރު ނިންމާފައި ފައުންޑޭޝަން ދަމާލާނީ. ދެވަނަ އަހަރު ފަހަރުގައި ފާރުތައް ރާނާަލަފާނެ. ތިން ވަނަ އަހަރު ގެ ހިޔާކޮށްފާނެ. އަނެއްް އަަހަރު އިރުމަތީ ބިތުގެ ފާރުގައި ސިމެންތި ޖަހާފާނެ. ގެއެއް އަޅާ ނިމޭއިރުގާ ފަށާގަތް ކައިވެނި މި އޮންނަނީ ރޫޅިފައި. 10،15 އަހަރު ނިމިގެން ދާއިރުގާ ގެއެއް އަޅާ ދެމަފިރިއަކަށް ރީތި ދިރިއުޅުމެއް ފެށޭކަށް ނެތް". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގެ އަމާޒަކީ ބާނާ މަހަށް ހަމަ އަގު ހޯދާދިނުން ކަމަށެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަގު އުފުލުމަކީ އެމްޑީޕީން ދެކޭގޮތުގައި، ގާނޫނަށް ގެންނަ ބަދަލުން ކުރެވޭނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައިރާން

    މިހާރު ނިދަން ނާދޭ ދެއްތޯ. ދެވައް ދޮންކެޔޮލާ ކިރުތަށްޓޭ ކިޔާބަލަ!.....

    10
    1
  2. ޣަބީރު

    ޙާދަ ވައުދުތަކާއި ކުލަ ހުވަފެނެއް ތިޔަ ދައްވަނީ، ދިވެހިން ތިބީ ތިބޭފުޅުގެ ސިޔާސީ ވައުދުތައް އަޑުއަހާ އަހާ ކަންފަތު ތޫރި ފޫގޮސްފައި، ޔާމީނުއާއި ނަޝީދު ތިލަފަތަކަށް ލިޔަސް ދެމީހުން އެޖެންޑާ ހަމަހަމަވާނެ

    8
    1
  3. ހުސޭނުބޭ

    ކަލޯ ހަމަހޭގައިތަ؟ އައްޑޫ މީހާ މަސައްކަތްކުރަނީ ބ އަތޮޅުގައި! ކަލެޔަށް އެ މީހުން ކޮންމެ ރެޔަކު ގެނެވޭނެތަ؟ ތި އުޅެނީ ހަމަހޭވެރިމަުގައި ކޮޅަށްވެސް ނުހުރެވެގެން!

    16
    1
  4. ޢަލީ މުޖާޙިދު

    މި މޮޔަސޮރު ދައްކާ މޮޔަ ވާހަކައަށް ހެއްލޭ މޮޔައިންވެސް އުޅޭތީ ހައިރާންވަނީ! މިއީ ތަޖުރިބާކުރެވިފައި ހުރިކަމެއް. އެޖެންޑާ 19 އަކީ ނުރައްކާތެރި އެޖެންޑާއެއް. ނޫނެކޭ ބުނަން ހިތްވަރުކުރޭ!

    18
    1
  5. ލަންގޫމާރު

    މިހާރު މިޤައުމުގެ ރައީސް އަކީ ކާކުތަ؟؟؟

    15
    1
  6. ރައްޔިތުން

    ތިޔާ އުޅެނީ، ރާއްޖޭގެ ރައްޔިތަކަށް ވުމަށް ގާނޫނު އަސާސީގައި އޮންނަ މާއްދާގެ ރ ކަނޑާލަން. އެކަމެއް ހަމަ ހިލާ ނުވުމަށް އޮތް ހަމަ އެކަނި ހައްލަކީ އެމް.ޑީ.ޕީ އަށް މަޖިލިސްގެ މެޖޯރިޓީ ނުދީ އަދި ނަޝީދު މަޖިލީހަށް ނުވެއްދުން. މިކަން ރައްޔިތުން ވިސްނާށެވެ.

    5
    1