ދިވެހި ރާއްޖެ މިވަނީ ޗައިނާއަށް ވިއްކާލާފައި ކަމަށާއި، މިހާރު މި ކުރާ މަސައްކަތަކަކީ އަލުން އަނބުރާ ރާއްޖެ ގަންނަން ލިބޭތޯ ކުރާ މަސައްކަތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ލ. ފޮނަދޫގައި އެ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އަލް އުސްތާޒު މޫސާ ސިރާޖު ކެމްޕޭނު ކުރުމަށް ބޭއްވި ކެމްޕޭން ހަފްލާއެއްގައެވެ.

"އިދިކޮޅު މެމްބަރުން ގާތު އައްސަވާ ލައްވާ މަޖިލީހަށް ދަނީ ކޮން ބޭނުމެއްގައިތޯ. ވިދާޅުވާނެ ދީނާ ގައުމަށްޓަކާއޭ. އެކަމަކު އެހެން ވިދާޅުވެ، ރައްޔިތުންނަށް ދޭ ގެއްލުން މާ ބޮޑުވާނެ. މިގައުމުގެ އިސްތިގުލާލު ގެއްލިގެން މިދަނީ އެއް ގައުމަކަށް ދަރާފައިވާ ދަރަނި ބޮޑުވުމުން. ޗައިނާއަށް ދަރާފައި ވަނީ 3.2 ބިލިއަން ރުފިޔާއަށް. މި ހުރިހާ ފައިސާ ރާއްޖެ ގެނެސްފައި، ކޮށްފައިވާ ކަންތައް މިއޮތީ ފެންނަން. މި މަގުތަކުގެ ތާރު ބައްލަވާ ލައްވާ،" ފޮނަދޫގެ އެތެރޭ މަގުތަކުގައި ތާރު އަޅަން ފެށުމަށްފަހު ހުއްޓިފައިވާ މަގަށް އިޝާރާތް ކޮށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މަސައްކަތްތައް ނުނިމި ހުރުމުން، ބޭރު ގައުމުތަކުން ޑިމާންޑް ކުރަނީ ހިއްސާ ހޯދަން ކަމަށާއި، އެ ހިސާބުން ހިއްސާ ދޭން ޖެހުމާއެކު ގެއްލިދަނީ ރައްޔިތުންގެ އިސްތިގުލާލު ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހިސާބުން ގެއްލި ދަނީ ރާއްޖޭގެ މިނިވަންކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖެ އޮތީ ޗައިނާއަށް ވިއްކާލާފައި، ކުރަން މިއުޅޭ ކަމަކީ އަލުން އަނބުރާ ރާއްޖެ ގަންނަން ލިބޭތޯ ކުރާ މަސައްކަތެއް. އަލުން ދަރަނި އަނބުރާ ގަނެވޭތޯ. އެޖެންޑާ 19ގެ ބޭނުމަކީ ރާއްޖެ އެއް މަހުޖަނެއްގެ އަތުގައި ބޭއްވުމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޢައިސަ

    ދޮގު ހެދިޔަސް މީދެން ބޮޑުވަރެއް
    މީފަހެ ލަދެއްވެސް ގަންނަ މީހެއް ނޫންތަ

    41
    • Anonymous

      ހަމަތެދެއް. މިކަލޭގެ ބިރެއްނުގަންނާނެ ކޮންމެ ފަދަ ދޮގެއް ހަދާކަށްވެސް. ކުރީ ދުވަހެއްގަބުނި، ޗައިނާއިން ލޯނު ނަގާފައޭ އޮތީ. ރާޢްޖޭން ލޯނު ދައްކާނެއޭ، އެކަމަކު ދިވެހިންގެ ލެއެއް ޗަނާއަކަށް ނުދޭނަމޭ. ކޮން ލަވައެއްތަ އެކިޔަނީ. ކިޔޭ ނުކިޔޭއެއް ނޭނގޭ ބޮޑު ދޮގުވެރިއެއް.

      20
  2. ޙުއްތު

    ޗައިނާ އަތުން ގަނެފަ އިންޑިޔާއަށް ވިކާލާ އެޖެންޑާ 19 ކާމިޔާބުވާނެ.

    39
  3. ޢަލީ އަޙުމަދު

    މިއައްނިޔޭ ކިޔާކުއްތާގެ ބަލާވެރިކަމުން މިޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާތޯ ﷲ ހުގެ ހަޟުރަތުގައި ދެއްނެވުމަށް ފަތިސްނަމާދު ފަހުރކުއަތުގެ އިއުތިދާލުގައި ގުނޫތުކިޔުމަށް ދިވެހިލޮބުވެތި ހުރިހާރައްޔިތުންގެ އަރިއަހުން އަޅުގަނޑު އެދެމެވެ.އަދިހަމައައްނިޔައް ނުނިޔަތްލައި ދުއާކުރާށެވެ.

    37
  4. ހުސޭނުބޭ

    ކެނެރީގެ އިންޑިޔާއަށް މިވަނީ ވިއްކާލާފައި!

    43
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކަލެޔަށް ރާއްޖެއޮތީ އިންޑިޔާއަށް ވިއްކާލާފައޭ ބުނަންނުކެރިގެން ތިއުޅެނީ އިންޑިޔާގެ ދަށުވެފަ ހުރީމަތަ؟ ލަދިހަޔާތްކުޑަ އެއްޗެއްމީ! އެމްޑީޕީން މިކޮމެންޓް ކިޔާލާތި!

    49
  6. ZIFNA

    އެހެންވެ ތި އުޅެނީ އިންޑިޔާ އުގަށް ވެއްޓިގެނެއްނު މިހާރު ތި އުޅެނީ ގެރި ބޮލަކަށް އަޅުކަން ނުކުރެވިގެން....

    41
  7. ދަރަނި.

    ޗައެނާއަށް 3.2 ބިލިޔަން ރުފިޔާއަށް ދަރާފަ އޮވެގެން ކަންބޮޑުވާއިރު. ސާލިހު ވެރިކަމާ ޙަވާލުވެ 1 މަސްތެރޭގަ 1.4 ބިލިޔަން ޑޮލަރގެ ފެސިލިޓީ ( އޯޑީ ) އެއް އިންޑިޔާއިން ހޯދާފި. ޢެއީ 21.5 ބިލިއަން ރުފިޔާ. ކޮންގައުމަކަށްތޯ ޤައުމު ވިއްކާލީ. މިޤައުމުގަ ވަނީ އިންޑިޔާގެ މިލިޓަރީފައުޖެއް ޤާނޫނުއަސާސީއާ ޚިލާފަށް ނަޝީދު ސަރުކާރުން ބާތިއްބައި ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ނަގާލާފަ. ޢެކަން ރައްޔަތުންނަށް އޮޅުވާލަން ތިކުރާމަސައްކަތެއް ﷲ އިރާދަކުރެއްވިއްޔާކާމިޔާބެއްނުވާނެ. ޤައުމަށް ހެޔޮއެދޭ ބަތަލުން ނަޝީދުއަށްވެސް ސާލިޙުއަށްވެސް މަޢާފެއް ނުކުރާނެ. މުސްތަޤުބަލުގެ ދަރީން އިންޑިޔާކިބައިން ރާއްޖެ މިނިވަންކުރާނެ. ނަޝީދު އާއި ސާލިހުއަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުނަގާލި މީހުންގެ ގޮތުގައި ތާރީހު ހެކިދޭނެ.

    47
  8. އިބްރާ

    ރާއްޖެ އިންޑިޔާއަށް ވިއްކާލީ 21ބިލިޔަނަށް ކަލޭގެ. އިނބަމެންގެ ދަރިންގެ ދަރީންގެ ބޮލުގަވެސް ދަރަނި އަޅުވައިފި.

    41
  9. ބޯގޯސް

    ރާއްޖެވަނީ ޗައިނާއަށް ވިއްކާލާފައި ކަމަށްވާނަމަ ދެން ރާއްޖެ އިންޑިއާއަށް ވިއްކާ ތިޔަ ހުސްކުރަނީ އިންޑިއާއަށްވެސް ދޮގުހަދައި އޮޅުވާލައިގެންދޯ؟ ނޫނޭވާ ދޮގު ހަދަން ދަންނަ އެންމެ މޮޅު މީހާ މިއީ...ހަގީގަތަކީ ޗައިނާއަށް އެވަރަށް ރާއްޖެ ދަރައިގެން ގޮތް ހުސްވެފައިވާ ނަަމަ އިންޑިއާއަށް ތިވަރަށް ނުދެރީސްކަން. އިންޑިއާއިން ނަގާ ލޯނުން ޗައިނާގެ ދަރަނި ނުދައްކާނެކަމަށް މިސަރުކާރުން ވަރަށް ސާފުކޮށް ބުނި ވެރިކަމާ ހަވާލުވެފައި. ވީމަ ޗައިނާއަށް ދަރާފައިވާ ވާހަކައިގެ ހަގީގަތް ތިވަނީ ވަރަށް ބޮޑު ތަނުން އޮޅުވާލާފައި. ރަށަކަށް އެރުނީމަ ތިމާއަށް ހީވޭ އެ ރަށުގަ އަދިވެސް ތިބެނީ ހަކުޅަނދު މަދު މީހުންނޭ، ހެއްދޭނެއޭ.

    38
  10. މޯދީގެ އަޅުކުއްޖާ

    ތިބުނަނީ ދަރަނިދިނީ ޗައިނާއިންނޭ އެހެންވީއިރު އެއްމެފަހަރަކުވެސް ޗައިނާއިން އެދިފައެބައޮތްތަ ހިއްސާދޭން. އޮޅުވާނުލާ އިންޑިޔާއަށް ގައުމުވިއްކާފަ އާސްހުރެ އެހެން ގައުމުތަކާ ރާއްޖެއާ ޖައްސަންނޫޅޭ. ކަލޭ ބޭނުންވަނީ ބޮޑުވަޒީރަކަށް ވެގެން މިތާހުންނަން އިންޑިޔާގެ އަޅަކަށްވެގެން. ގައުމައްޓަކާ ޖެހޭ ކަލޭ ފޭލްކުރަން.

    36
  11. ރާއްޖެ

    މިދާ ގޮތަށް ގޮސް ގައުމު ވެއްޓޭނީ ގެރި ގުއި ފުންޏެއްގެ މައްޗައް.

    36
  12. ވެރިން

    ޗައިނާ އައް ދީފަ އޮއް އެންމެ ރަށެއް އެންމެ ބިމެއް ކަލޭބުނެބަލަ.

    33
  13. ބެއޔާ

    ޢައްޑޫގައި އިންޑިއާ ގެރިން ހޭބޯނާރާ މިކުރަނީ އިމާރާތެއްގެ ކޮންކަމެއްކަން ބުނެދީބަލަ
    ޙީކުރެ ވެނީ މިކަހަލަ ކަންތައް ރައްޔަތުންނަށް އެގެންޖެހޭނެކަމަށް

    25
  14. ސައިބޯނި

    ޗައިނާއިން ގަނެފަ އިންޑީޔާއަށް ހިބައިންދިނީ. އެވެސް 100 މިލިޔަން ޑޮލަރުހެ ހިލޭ އެހީއާއި 2 ހެލިކޮޕްޓަރާއެކު. މިމީހުން ޖީބަށް އެޅި އަދަދެއް ބުނާކަށް ނޭނގޭ.

    24
  15. އެލެކްސް

    ޗައިނާއަށް ކުރިން އޮތް ސަރުކާރުން ވިއްކާލާފަ އޮތިއްޔޭ ކިޔާފަ ތިޔް އުޅުއްވަނީ އިންޑިއާއަށް ވިއްކާލަންތަ؟ އިންޑިއާގެ މަގުސަދުތަކާއި ޗައިނާގެ މަގުސަދު ރާއްޖެއާއި ދޭތެރޭ ވަރަށް ތަފާތު. ޗައިނާއަކުން ނޫޅެ ރާއްޖެ އަޅުވެތި ކުރާކަށް އިންޑިއާގެ ސިޔާސީ މީހުން ކެނޑި ނޭޅި ގޮވަނީ ރާއްޖެ ހިފަން ވެއްޖެ ކަމަށް. އަންނި އަދި އިބޫ ދެންވެސް ތިބި ސިޔާސީ ބައެއް މޫނުތަކުން ރާއްޖެ އަޅުވެތި ކުރަން ކުރާ މަސައްކަތް ހުއްޓަން ޖެހޭ

    23
  16. ...

    އެއަށް ވުރެ މާ ބޮޑަށް ރަާއްޖެ މިވަނީ އިންޑިޔާއަށް ވިއްކާލާފައި އަދިވެސް ދަނީ ވިއްކަމުން އަދި ބުނަމުން ދަނީ ކުރިއަށް އޮތް ތާނގަ މާ ބޮޑަަށް ވެސް ވިިއްކާލާނެ ކަމަށް. ރާއްޖެ އެކަންޏެއް ނޫން ދީން ވެސް ވިއްކާލައިިފި އިންޑިޔާއަށް ޓަކައި އެހެންވީމަ ތި މޮޔަ އަނގަ ނުހުޅުވާ މަޑުން ހުރޭ!

    23
  17. މީނަ

    މީނަމީ ދޮގުހެދުމުން ސަނަދު ނަގާފައިވާ މީހެއް!

    16
  18. ބުރޯ

    ކޮން ދޮގެއް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ގައުތައްތަރައްގީ ކުރަމުންދަނީ ޗައިނާގެ އެހީގަ ވަގު ނަސީދު ހެނެއްނޫން ތިޔައީ މިސްޓަރ ބަގުރޫޓް ތިޔަ ކިޔާނީ އަބަދުވެސް ފްލޯކު

    19
  19. ސަންދާނު މޮޔަމީހާ

    ކާކުތޯ އިންޑިއާ އަށް އެއާރޕޯޓު ވިށްކާލީ...؟ އިންޑިއާއަށް ގައުމު ވިށްކާލާގެން ކާކުގެ ވެރިކަމެށްތޯ ވައްޓާލީ...؟ ދެންވެސް ހޮޅިވާހަކަ ނުދަށްކާ ސައިޒުގަ ހުރެބަލަ ނޫނީ ސޯލިހު މަނިކުފާނު ޖަލައްލާނެ

    21
  20. Anonymous

    ޗައިނާގެ އެއްޗެއް އިންޑިޔާއަށް ތިދެނީ ކޮންހަމައަކުން؟ މީހުންގެ އެއްޗެހި އަނެކަކަށް ދެވޭނީ، އެއެއްޗެއްގެ ހައްޤު އޮތް ފަރާތަކުން އެހުއްދަ ދިނީމަނޫންތަ؟

    14
  21. ނިހާދު އެޖެންޑާ އޮނަވިހި

    ނަށީދަކީ ވަރަށް ކިބުރުވެރި މޮޔައެށް މީނާބޭނުން ކަންތަވީމަ ދެން ފުށްޕާނެ މީނަގެ އެންމެ ބޮޑުސަޕޯޓެށްލިބޭނީ އައްޑޫއިން.. އާންމުކޮށް އައްޑޫމީހުން ހައްދަން ގެންގުޅޭ އުކުޅު..1
    - ހެލޫ ށިފާ ކިހިނެށްތޯ ހާލު މީ ރައީސް ނަށީދު މިގުޅާލީ ށިފާގެ ހާލުބަލާލަން އަޅުގަނޑު މިހަފްތާ ބަންދުގަ އައްޑުއަށް ދާނަން - ށިފާ ނަށީދު ޕޯނުކުރި ވަގުތުވީ ފިރިމީހާ އައިސީ އެކުކޮޓަރީގަ ވަގުތުން އެނދުން ފުންމާލާފަ މިގުޅާލީ ރައީސޫއޭ އައިސީ ތޯމަޑަކެރަ މަމިކޯލާ ނިންމަލާތިކޮށް ފޯނުކޯލުގެ ދިގުމިނަކީ 30 ސިކުންތު ށިފާ އެހިސާބުން ދެންޖެހުނީ ފެންވަރަންދާން މީ އެބުނާ ގަދަރުވެރި ނަޒާހެށްތެރި މީހުންގެ ހާލު.. ނަށީދު އައްޑޫ އައްވަޑާގެންފި އެހިސާބުން އައިށާ ނަށީދާ ބައްދަލު ކުރަން.. އާންމު އުސޫލު އަންހެނެށް ވީޔާ ސުޕަރ ގުލޫގެ ބަށްދާލުމެށް.. ފިރިހެނެށްވީޔާ އަތްހިށްލާލުން ނޫނީ ސަލާން ކުރުން

  22. ސޯކާބެ

    ރާއްޖެ ޗައިނާޔައްވިއްކާލި ވާހަކަ ދައްކިން އެންމެ ހައްގުކަން ބޮޑީ މިވާހަކަ ދައްކާ ބޭފުޅާ މުޅިދިވެހިރާއްޖޭއްގެ ތާރީޙުގަ ބޭރުގެ ބަޔަކަށް އެއަރޕޯޓް އާއި ފަޅުރަށްތައް ތަކާ ފައިދާވާ ކުންފުންޏެއް އޮތަސް ދިނީ ހަމަ މިވާހަކަ ދައްކާ ބޭފުޅާ ދެން ކޮން ލަދެއްތޯ ގަންނާނީ އަމިއްލަ ނަފްސް ދެކެ ލޯބިނުވާމީހަކަށް ގައުމައް ރައްޔަތުންނަށް ކޮންލޯއްބެއްތޯ ހުންނާނީ ރުފިޔާ އަށާއި ވެރިކަމައް ބޫތް ކޭމަ ވާނެ ގޮއްވިސްނަވާ

  23. ހެކި

    ރިޔާސީ އިންތިހާބު ނިމުނު ފަހުން ރައީސް ނަސީދު ވަނީ ޗައިނާގެ އެންބެސަޑަރާއި ބައްދަލުކޮށްފައެވެ. އެެދުވަހުގެ ބައްދަލުވުމުގައި ޗައިނާގެ ސަފީރު ރައީސް ނަޝީދަށް ވަރަށް ވަރުގަދަ ރައްދެއް ދިނެވެ. ނަޝީދު؛ އަޅުގަނޑުމެން ވަނީ އެތައް ބިލިއަން ޑޮލަރަކުން ދަރުވާލާފައިނޫންތޯ؟ ޗައިނަ ސަފީރު؛ އަހަރެން ނުދެނަ ހުރިން އެތައްބިލިއަން ޑޮލަރެއް ގެ ލޯނު އަަހަރަމެން ދިވެހި ރާއްޖެއަށް ދިންކަމެއް. ނަޝީދު އަޅުގަނޑަށް އިނގޭ .ޗައިނާ ސަފީރު އެހެން ވީއިރު ސާފު އަދަދު ރަނގަޅަށް ބުނެލަބައްލަވަ..... ؟ ނަޝީދު އެބައޮތް ދަރަވާލާފައި ..... ޗައިނާ ސަފީރު އަޅުނގަޑު ނުދައްކަން ދަރާފައި އޮތް ވާހަކައެއް އަދި އަހަރެމެންގެ ސިޔާސަތެއް ވެސް ނޫން ބޭކާރު ވަހަކަދެއްކުންއެއީ ދަރަނީގެ ވާހަކަ އެތައް މިތާ ދައްކަނީ މަނިކުފާނު ނޫންތޯ .... ދަރިނީގެ ވާހަކަ ދައްކާ ބޭފުޅަކަށް ސާފުކޮށް ދަރަނި އޮތްވަރުވެސް އެގެންވާނެ. ރަސްމީ ހިސަބުތައް ސަރުކާރު ތެރެއިން ފެންނާނެ ... ރަނގަޅަށް މައުލޫމާތު އެއްކުރައްވައިގެން ވާހަކަ ދައްކަވަން ވާނީ ... އަޅުނގަޑު ރައީސް ސޯލިހަށް ދަންނަވާނަށް އިތުރަށް ތިޔަ މޭރުމުން ވާހަކަ ދައްކަނަަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރާނެ ކަން.. ދެން އިތުރަށް އަޅުގަނޑު ބޭނުމެއްނޫން ވަހާކަ ދައްކާކަށް