އިއްޔެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ފުވައްމުލަކު، ރަންބަގީޗާގޭ ހަސަން މުހައްމަދު ދީދީއެވެ.

އުމުރުން 32 އަހަރުގެ ހަސަން ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު 3:30 ހާއިރު އެވެ.

ހަސަން ނިޔާވީ އެކްސިޑެންޓްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި ހާލު ސީރިއަސް ވުމުންނެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ހަސަން އޭޑީކޭ އަށް ގެންދިޔަ ނަމަވެސް އޭނާގެ އޮޕަރޭޝަނެއް ނުކުރެވުނީ ހޭ ނޭރުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހަސަން އެކްޑެންޓްވީ ސައިކަލް ދުއްވާފައި ދަނިކޮށް ފިޓް ޖެހުމުން ކަމަށް ބެލެވެއެވެ. އޭނާ އަކީ ކުރިން ވެސް ދޭތެރެދޭތެރެ އިން ފިޓް ޖެހޭ މީހެކެވެ.

ހަސަންގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިލި

    ހުޅުމާލޭ ގެ މަގުތައް ވަރަށް އަނދިރިއެވެ. ވެރިން ބޭނުންވަރަށް ސައިބޮއެ މަޖާކޮށް ދުނިޔެ ވަށައިގެން ބުރުޖަހާ އެމީހުންގެ ޒާތްކޮޅާއެކަށޭނެ ވަރަށް އެކިއެކި ކަންތައް ކޮށްފަ މަގުމަތީގައި ބަހައޓަން ޚާއްސަ ލައިޓްތައް ނުބެހެއްޓެނީއެވެ. މީހުންގެ ފުރާނައަށްވުރެން މިބުނިދިޔަ ކަންކަން މުހިންމެވެ.

    • ޟަމީރަތު

      ކަލެއަށް ސާބަސް ހުޅުމާލެ އެއް ނޫން ކަލޭ ހެންހީވަނީ އަނދިރީ.

  2. އުސްއިމާރާތް

    ދެރަ ކަމެއް. އެކަމަކު ސްޕީޑް ޗެކް ކުރާ މެޝިން ބޭނުން ކޮށްގެން ބާރަސްދުއްވާ ފަރާތް ތަ ޖޫރިމަނާ ކޮށް ފައިސާ ނެގޭނެ ގޮތެއް ހަދަން ވެއްޖެ.އަދި ހެލްމެޓް އަޅަން މަޖްބޫރު ކުރުވަންވެސް ވެއްޖެ.

  3. ނަންނެތް

    އިންނާ ލިލްލާހި ވައިންނާ އިލައިހި ރާޖިއޫން