ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދާ އަހުމަދު އަޒްމީލް (އަޒޭ) ސިޔާސީ މަގާމަކަށް އައްޔަންކޮށްފިއެވެ.

އަޒޭ އައްޔަންކޮށްފައި ވަނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ. އަޒޭއަކީ ޖުމްހޫރީ ޕާޓީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ.

ދިވެހި ލަވަތަކާއި، ފިލްމްތަކުން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދަމުންދާ އަޒޭ އެ މަގާމަށް އައްޔަންކުރިއިރު، އެންސީއޭގެ އިސްވެރިއަކަށް ހުންނަވަނީ ރާއްޖޭގެ މިއުޒިކް ދާއިރާގައި މަޝްހޫރުކަން ހޯދާފައިވާ މުހައްމަދު އިކްރާމްއެވެ.

އިކްރާމް އެ މަގާމަށް އައްޔަންކުރެއްވީ ވަރަށް ފަހުންނެވެ. އިކްރާމް ހުންނަނަވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައެވެ. އެންއައިސީއަކީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަސްވާރު

    މި ލޮބުވެތި ޤައުމުގެ ދަރިންނަށް ސުލޫކު ދަސްކޮށްދީ މުޖަތަމަޢަށް ފައިދާހުރި މަސައްކަތެއް ކުރެވޭ މީހަކަށް ހެދުމަށް މަސައްކަތް ކުރެވޭނެ މީހަކަށް ކަމެއް ކޮށްދީ ބަލާށެވެ.