ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އަނެއްކާވެސް ޖޭޕީ ލީޑަރުގެ ގާސިމް އިބްރާހީމްއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" ކަމަށްބުނެ، ގާސިމްގެ މަޖިލިސް ކެމްޕޭން ރޭ ފެއްޓެވުމާއެކު ނަޝީދު ވަނީ މީގެ ކުރިންވެސް ގާސިމަށް ފާޑު ވިދާޅުވެފައެވެ. އެ ކެމްޕޭނަށް އަނެއްކާވެސް ނަޝީދު ފާޑުވިދާޅުވި އިރު، ނަޝީދު ވިދާޅުވީ އެޖެންޑާ 19ގެ ބޭނުމަކީ މަހުޖަނަކަށް ގައުމު ދިނުން ނޫން ކަމަށާއި، ރާއްޖެއަކީ ދިވެހީންގެ ރާއްޖެއެއް ކަމަށެވެ.

"އެޖެންޑާ 19ގެ ބޭނުމަކީ ރާއްޖެ އެއް މަހުޖަނެއްގެ އަތުގައި ބޭއްވުމެއް ނޫން، ދިވެހީންގެ އަތުގައި ބޭއްވުން. އަޅުގަނޑުމެން ޝިޔާރު ކިޔާ އިރު، މި ބުނަނީ ދިވެހީންގެ ބިން ދިވެހީންނަށޭ. އެކަމަކު ހައްދުންމަތީގައިވެސް އެންމެ މީހެއްގެ އަތް މައްޗަށް އަރާފައިވާ ރަށުގެ އަދަދު ތިޔަ ބޭފުޅުންނަށް އެނގި ވަޑައިގަންނަވާނެ. އަރިއަތޮޅަކަށް އެހެން އަތޮޅަކަށް ބަލާނެ ކަމެއް ނެތް. މުޅި ރާއްޖޭގެ 30، 40 ރަށް އަމިއްލަ މިލްކިއްޔާތަކަށް ގެނުވާފައި، ތިމަންނާ ހެދި ޕާޓީއެއްގެ ޝިޔާރުގައި މި ބުނަނީ ދިވެހި ބިން ތިމަންނާއަށޭ. މި ރާއްޖެއަކީ އެހެން ބައެއްގެ އެއްޗެއް ނޫން. މިއީ ދިވެހީންގެ ރާއްޖެ،" ނަޝީދު ވިދާޅުވިއެވެ.

ގާސިމްގެ ކެމްޕޭނުގެ ލަވައަކަށްވެސް"ދިވެހި ބިން މީ އުފަން މަގޭ ބިން" އެ ލަވަ ނަންގަވާފައިވާ އިރު، އެ ކެމްޕޭނަކީ ސީދާ އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް ފެއްޓެވި ކެމްޕޭނެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞުރުމާ

    ހިނދުކޮޅޭމެން ބަލިކުރާނަން... އިރާދަކުރެއްވިއްޔާ!

    16
    • ...

      އިންޝާ ﷲ

      12
  2. ލަބީބު

    މިފަހަރުގެ އިންތިޚާބުގައި އީސީ ޝަރީފްމެން ވައްކަންނުކޮށްފިއްޔާ އިންޝާއަﷲ ކަލޭމެން ލަދުވެތި ބައްޔަކުން ބަލިވާނެ! ރިޔާސީ އިންތިޚާބުގައިވެސް ވޯޓުން ބަލިވީ ކަލޭމެން. ކަލޭމެން މޮޅުވީ އީސީން ޖެހި ހިސާބުން. މީގައި ޝައްކެއް ނެތް!

    8
    1