ލ.އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން، "ވަގުތު" އާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބަހުސް، "ހައްދުންމަތީ އަޑު"، ގައި ކެނޑިޑޭޓުންނާއި ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ހައްދުންމަތީ އަޑު" އިން ބުނެފައިވަނީ، ބަހުސްގައި ކެނޑިޑޭޓުންނަށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި، މިފުރުސަތު މިއަންނަ ބުރާސްފަތި (28 މާރިޗް 2019) ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ.

"ފުރުސަތު ހުޅުލާލެވިފައިވާނެ، ބުރާސްފަތި ދުވާހާ ހަމައަށް، ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު އޮންނާނެ. އިންޝާﷲ ބަހުސްގެ ތެެރެއިން ކެނޑިޑޭޓުންނާއި ސުވާލު ކުރެވިގެންދާނެ،" "ހައްދުންމަތީ އަޑު" އިން ވަގުތު އާ ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވެއެވެ.

"ހައްދުންމަތީ އަޑު" އިން ބުނެފައިވަނީ، މިހާތަނަށް މި ބަހުސްގައި ބައިވެރިވުމަށް ގިނަ ކެނޑިޑޭޓުންތަކެއް ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ހުރިހާ ކެނޑިޑޭޓުންވެސް ބަހުސްގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިއީ ފުރުސަތެއް ކެނޑިޑޭޓުންނަށް ލިބިގެންދާ އަސްލު. މި ބަހުސްގައި ބައިވެރިވެ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމުން، ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ، އަންނަ މަޖިލިސް އިންތިޚާބުގައި ވޯޓް ލާން އެންމެ ޤާބިލް ކެނޑިޑޭޓަކީ ކޮބައިކަން ނިންމުމަށް" އޮފިޝަލް ވިދާޅުވިއެވެ.

މިބަހުސްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކެނޑިޑޭޓުން ބުދަ ދުވަހުގެ (27 މާރިޗް 2019) ގެ ކުރިން 9917874 ނަންބަރު ފޯނާ ގުޅުއްވާ އެކަން ކުރިޔަށް ގެންދިއުމަށް، "ހައްދުންމަތީ އަޑު" އިން އެދެއެވެ.

މިބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރީލް މަހު 1 ވަނަ ދުވަހާއި 2 ވަަނަ ދުވަހުއެވެ.

ކެނޑިޑޭޓުންނާ ސުވާލު ކުރެއްވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާ ލައްވާށެވެ. ނުވަތަ ސުވާލު ކުރަން ބޭނުންވާ ކެނޑިޑޭޓް، އަަދި ދާއިރާ ޖެއްސުވުމަށްފަހު، 9917874 ކަށް މެސެޖް ކުރައްވާށެެވެ.

ފޮނަދޫ ދާއިރާ

ގަމު ދާއިރާ

މާވަށު ދާއިރާ

އިސްދޫ ދާއިރާ

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޯޓްވަގު

    ހައްދުން މައްޗަކަސް ތިރިޔަކަސް، މިފަހަރު ރައްޔިތުން ވޯޓް ދޭންވާނީ ކެނޑިޑޭޓުން ރަނގަޅަށް އެނގިގެން ޝަރުތު ހަމަވާ މީހުންނަށް، ކެނޑިޑޭޓުންގެ ވާހަކަތަކުން އެންގޭ ޝަރުތުހަމަނުވާ މީހުންވެސް އެބަތިބިކަން، ޓެސްޓް ކޮށްލަން ތިރީގަ މިވާކަންކަން ބަލާލާ،
    1: ދިވެހިން ރަނގަޅަށް ވާހަކަ ދައްކަން އެނގޭތޯ،؟ އެހެނީ ފަހަރެއްގަ އިންޑިއާ މީހަކަށް ކެނޑިޑެންސީ ދީފަވުން ވަރަށް ކައިރި.
    2: ލޮލަށް ރަނގަޅަށް ފެނޭތޯ،؟ އެހެނީ ފާއިތުވި ހުދުމުޚުތާރު އަނިޔާވެރި ވެރިކަމުގައި ރާއްޖެއަށް އެއްވެސް ތަރައްޤީއެއް ލިބިފައި ނުވާކަމަށް ދެވަނަ ރައީސް ބުނާއިރު މަންމަ އުމުރު މީހުން ތިބެލާނެ ޕާކެއް މާލޭއިން ނުފެންނަ ބޭފުޅުންވެސް އެބަތިބި.
    3: ދެކަންފަތަށް ރަނގަޅަށް އަޑުއިވޭތޯ؟ އެހެނީ ރާވިއްކީމަ މުއްސަނދި ވާނެކަމަށް ބުނިއަޑާއި، މީހުންނާ ނުއިނދެ ތިބޭ އަންހެނުން ބޭނުންވެއްޖިއްޔާ ނުވިހާ އޮޕަރޭޝަން ކުރެވެން ރާއްޖޭގައި ނެތުމުގެ ކަންބޮޑުވުން ފާޅުކުރި ވާހަކައާއި، ޤުރުއާނާއި ސުންނަތް ނޫން އެހެންގޮތެއް ހޯދަން ޑެންމާރކް ގައި ދެވަނަ ރައީސް ދެއްކި ވާހަކަ ބައެއްމީހުންނަށް އަޑުއިވިފައެއް ނުވޭ.
    ވީމާ، މިކަންކަމަށް ސަމާލުވޭ.