ހއ. ހޯރަފުށީގައި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ބަޔާކައި ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއާޕޯޓް އެޅުމަށް ހަވާލުކޮށްފަައި ވަނީ އެމްޓީސީސީއާއެވެ.

އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހްއެވެ.

މި އެއާޕޯޓް އަޅަނީ ހޯރަފުށީގެ ހުޅަނގުމަތި ސަރަހައްދުގައި އެރަށާާއި ގުޅިގެންދާ ގޮތަށެވެ.

ހޯރަފުށީ އެއާޕޯޓް އެޅުމަށް ބަޔަކާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ، އެރަށުގައި އެއާޕޯޓެއް އެޅުމަަކީ އެރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެ އެއާޕޯޓް އިހަވަންދޫ އާއި ހުވަހަންދޫގައިވެސް އެޅުމަށް ވާހަކަދެކެވުނު ނަމަވެސް، ވާ ޖަހާފައި މިއަދު އެ އެއާޕޯޓް ހޯރަފުށީގައި އެޅުމަށް ގެނެސްފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، އޭނާ އެރަށަށް ވަޑައިގަތް ރަށުގެ ރައްޔިތުންގެ އަރިހުގައި މިއަދުގެ ސަރުކާރު ގެނައުމަށް އާދޭސްކޮށް، އެ ސަރުކާރު ނުގެނެވުނަމަ، މި ދުވަހަކީ ފެންނާނެ ދުވަހެއް ނޫން ކަމަށެެވެ.

"ހަމަގައިމުވެސް އަޅުގަނޑު ތިބޭފުޅުންގެ ގާތުގައި ވައުދުވިން ﷲގެ އިރާދަފުޅުން މިރަށުގައި އެއާޕޯޓް އެޅޭނެއޭ. އަޅުގަނޑުމެންނަށް ވޯޓު ދެއްވާށޭ. އެކަމަށްޓަކައި ތި ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން". ނަހުލާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހް ވިދާުޅުވީ، މި ޕްރޮޖެކްޓް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށާއި، އުއްމީދަކީ ކުރިއަށް އޮތް ތިން ދުވަހެއްގެ ތެރޭގައި މި ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު މި ރަށަށް ގެނެސް މޮބިލައިޒް ކުރެވޭނެ ކަމަށެވެ.

އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަމިއްޔާ

    ހޯރަފުށީގައި އެއާޕޯޓް އަމަލީ މަސައްކަތް އޮތީ ރައީސް ޔާމީން ފައްޓަވާފައެވެ. ދެން ތިމާމެން އޭގެ މެޑަލް ޖަހަން ފަތިފައްޗަށް، ބަރިބަރިއަށް، ފީނިފީޏަށް ފެއްޓެވިޔަސް ތިޔަކުން ލިބޭނެ ވޯޓެއް މޮޅެއް ނޯންނާނެއެވެ.

    12
    1
  2. އަނބު ހަދީ

    ހއ. ހޯރަފުށީގައި އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާފައި ވަނިކޮށް އެ މަސައްކަތް ހުއްޓާލީ އަހުމަދު ސަލީމް ބުނެގެން މިސަރުކާރުންނެވެ. ރައީސް ޔާމީންގެ ތަސައްވަރެއް ތީ! ކިތަންމެ ފޮނުއެރުވިޔަސް ހޯރަފުށީ ރައްޔިތުން ގަބޫލް ކުރާ ހަޤީގަތަކީ ތިޔަ މަޝްރޫޢުގެ ބަޖެޓާއި ހިޔާލާއި ދިރާސާ އޮތީ ރ ޔާމީން ގެ ޒަޢާމަތުން ކޮށް ނިންމާފައެވެ.

    12
    3
  3. ބޮޑު ގޯސް

    އިހަވަންދިއްޕޮޅުގައި އެއަރޕޯޓް އަޅަން މިހާރު ތި ނިންމި ތަނަކީ ހޯރަފުށި ފިޔަވައި އެހެން ހުރިހާ ރަށެއްގެ ރައްޔިތުން ދެކޮޅުހަދާ ތަނެއް. މިނިސްޓަރާއި ދާއިރާއަށް މޑޕ އިން ކުރިމަތިލައިގެން އުޅޭ ކެންޑިޑޭޓް ހޯރަފުށްޓަށް ނިސްބަތްވާތީ ތިކަން ތިގޮތަށް ނުފޫޒު ބޭނުންކޮށްގެން ކުރުމަކީ އަތޮޅުގެ އެހެން ރައްޔިތުންނަށް ހަރާންކޯރުވުން. އަނެއްކޮޅުން ތީ ދުރުމުސްތަޤްބަލަށް ބަލާއިރުވެސް، ތިތަން ތަރައްްޤީވެ، އެންމެ ބޮޑެތި ބޯޓުފަހަރަށްވެސް ޖެއްސޭނެވަރުގެ އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅޭނެ ޖާގަ ލިބޭނެ ތަނެއްވެސްނޫން. ފާޑަކަށް ގޮތަކަށް ހެދުނަސް އެކަމުގެ ސަބަބުން ހޯރަފުށީގައި ދިރިއުޅޭ ބަޔަކަށް އެތައް ތުރާލަކާ ކުރިމަތިލާން ޖެހޭނެ. އެހެނެއްނޫން. ހޯރަފުށީގެ އުތުރުން ހޯރަފުށްޓާ ގުޅިގެން ދާގޮތަށް ތިތަން ހަދާނަމަވެސް ދުރުމުސްތަޤްބަލަށް ބަލާއިރު ފަސޭފަވެފައި ނުހަނު ފައިދާ ބޮޑުވީސް. އެކަމަކު ހޯރަފުށީ މީހުންނަކީ އަބަދުވެސް އަމިއްލައެދުން ބޮޑު ބަޔަކަށްވެފައި އަޅުވެތިކުރުމާއި ނުފޫޒު ފޯރުވުމުގެ ލާމަސީލު ބަޔަކަށްވާތީ މިއޮތީ ސަރުކާރުންވެސް އަތޮޅުގެ އެހެން ރައްތިތުންގެ ބޮލަށް މިފަހަރު ސީލާފަ. ދެރައީ މިވަރުންވެސް ބަޔަކު ޕާޓީކުލަޖެހި ހަފުސްވެ ހިއްސުތައް އުނިވެ، ހެދިހާ ގޮތަކަށް ރުހި އަތްޖަހަން ތިބޭތީ. ހުރިހާ އެންމެން ވޯޓްދިނަސް މި މައްސަލައާހުރެ މަގޭ ވޯޓް މޑޕ އަށް ނުދޭނަން.

    9
    1
  4. Anonymous

    ސައްލެގެ ކެމްޕޭނަށް ޖެހި މަޅިއެއް ތި، މީގެ ކުރިން އެމްޕީ މުޙައްމަދު އިސްމާއިލް ބުރަމަސައްކަތްކޮށްގެން ހޯރަފުށީ އެއާރޕޯޓް އެޅުމަށް ތި އެމްޓީސީސީއާ ހަވާލުކޮށް އަމަލީ މަސައްކަތް ކުރަމުންދިޔަތަނެއް ރޯމާ ދުވާލުހެން ފެނަނަން ހުރިކަމެއްއެއީ އެމްޑީޕީ ކުދިންނޭ އޮޅުވާލަން ނޫޅޭ އޮޅުވައެއް ނުލެވޭނެ މިހާރަކުއެއް ރައްޔިތުންނަކަށް ދެން އޮތްކަމަކީ ތުރާކުނާއި، އުލިގަމު ރައްޔިތުންނަށް ލަފާފުރުން ފަސޭހަކުރުމަށް އެމްޕީ މުހައްމަދު އިސްމާއީލް މަސައްކަތް ކޮށްގެން މާފިނޮޅުގަ އަޅަންފެށި އެއާޕޯޓް ތި ސައްލެމެން އެތެރޭގަ ތިބެގެން އިހަވަންދޫ މީހުން ބުނެގެން އެއޮތީ އިހަވަންދުއަށް ކާރިކޮށްފަ ތުރާކުނާއި އުލިގަނު ރައްޔިތުން ވިސްނާ އަޙްމަދު ސަލީމް "ސައްލެ" އަކީ ތި ދެރަށުގެ ރައްޔިތުންނާ ދޭތެރޭ ވިސްނާމީހެއްނޫންކަން ވަރަށްސާފުކޮށް މި އޮތީފެންނަން މާތްﷲ ރަސްކަންފުޅަށްޓަކާ މޫސުންތަކަށް ފެނަބޭފުޅަކަށް ވޯޓު ނުދެއްވާތި އެމްޕީ މުހައްމަދު އިސްމާއީލް އަކީ މިދާއިރާއަށް ލިބިފަފުރި ރަންގަނޑެއް މުހައްމަދު އިސްމާއީލް އަށް ވޯޓުދެއްވާ ހޮއްވަވާދެއްވާ ( ނަންބަރު 2 )

  5. ސުރިއްޔާ ހުސެއިން

    ސައްލެގެ ކެމްޕޭނަށް ޖެހި މަޅިއެއް ތި، މީގެ ކުރިން އެމްޕީ މުޙައްމަދު އިސްމާއިލް ބުރަމަސައްކަތްކޮށްގެން ހޯރަފުށީ އެއާރޕޯޓް އެޅުމަށް ތި އެމްޓީސީސީއާ ހަވާލުކޮށް އަމަލީ މަސައްކަތް ކުރަމުންދިޔަތަނެއް ރޯމާ ދުވާލުހެން ފެނަނަން ހުރިކަމެއްއެއީ އެމްޑީޕީ ކުދިންނޭ އޮޅުވާލަން ނޫޅޭ އޮޅުވައެއް ނުލެވޭނެ މިހާރަކުއެއް ރައްޔިތުންނަކަށް ދެން އޮތްކަމަކީ ތުރާކުނާއި، އުލިގަމު ރައްޔިތުންނަށް ލަފާފުރުން ފަސޭހަކުރުމަށް އެމްޕީ މުހައްމަދު އިސްމާއީލް މަސައްކަތް ކޮށްގެން މާފިނޮޅުގަ އަޅަންފެށި އެއާޕޯޓް ތި ސައްލެމެން އެތެރޭގަ ތިބެގެން އިހަވަންދޫ މީހުން ބުނެގެން އެއޮތީ އިހަވަންދުއަށް ކާރިކޮށްފަ ތުރާކުނާއި އުލިގަނު ރައްޔިތުން ވިސްނާ އަޙްމަދު ސަލީމް "ސައްލެ" އަކީ ތި ދެރަށުގެ ރައްޔިތުންނާ ދޭތެރޭ ވިސްނާމީހެއްނޫންކަން ވަރަށްސާފުކޮށް މި އޮތީފެންނަން މާތްﷲ ރަސްކަންފުޅަށްޓަކާ މޫސުންތަކަށް ފެނަބޭފުޅަކަށް ވޯޓު ނުދެއްވާތި އެމްޕީ މުހައްމަދު އިސްމާއީލް އަކީ މިދާއިރާއަށް ލިބިފަފުރި ރަންގަނޑެއް މުހައްމަދު އިސްމާއީލް އަށް ވޯޓުދެއްވާ ހޮއްވަވާދެއްވާ ( ނަންބަރު 2 )

    10
  6. ބޮޑުގެ ވަޙީދާ

    މިޔަދު ޓްރާންސްޕޯޓް މިނިސްޓަރ ހޯރަފުއްޓަށް އައިސް ރައްޔިތުން ލޮލުގަ އަނޑުން އެޅުވިކަން ވަރަށް ބޮޑަށް ގަބޫލުކުރެވިއްޖެ މިނިސްޓަރ ނަހުލާ މާޖާކޮށްލަން ޕިކްނިކް ހަދާލަން ހޯރަފުއްޓައައިސް ސޮއިކޮށްލި މަންޒަރުދައްކާލީ 'ވޯޓުމަޅި" ސައްލެއަށް ވޯޓުހޯދަން ނަސީބަކުން މި ޓިންރަށު މީހުންނަށް އިނގިއްޖެ މިކަން އަހަރެމެން ވޯޓުލާނީ ނަންބަރު 2 ކަށް މުޙައްމަދު އިސްމާއީލްއަށް އެއީހޯރަފުށީ ދިރުމަކީ އަދި ސިއްރެއްބުނަންތަ 'ދައިތަމެން ސައްލެފަހަތުން 'އުޅުނަސް ވޯޓުދޭނީ މުހައްމަދަށް ނަންބަރު 2

  7. އަ

    މަކަރު ވެރިކަމުން ސޮއި ކުރިކަމަށް ދަޅަދެއްކީ

  8. ހާރު ހަނޑި

    ދަޅަ ދައްކަންވެސް ހައްދެއް އޮންނަންޖެހޭނެދޯ

  9. ސަމީރު

    ބަލަ ތިކަން ކުރަނި މިއަހަރު ފެށުނީން ސުރެން. މިހާރު މިސަރުކާރު އައިފަހުން ދެތިން ފަހަރަކި އެމް.ޓީ.ސީ.ސީއަށް ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ހަވާލުކޮށްފި. ކުރިން ޔާމީން ސަރުކާރުން މާކުރިން އޮތީ ހޯރަފުށީ އެއަރޕޯޓް އަޅަން އެމްޓީސީސީއާއި ހަވާލުކޮށްފަ. އެކަން އިނގޭނެ މިރާއްޖޭގެ ޓީވީބަލާ ނޫސް މަޖައްލާތައް އާންމުކޮށް ކިޔައިއުޅޭ އެންމެންނަށްވެސް. މިހާރު މިކުރާ ކަމަކީ ސައްލޭ އެމްޑީޕީ ކޭމްޕޭނަށް ކުރާކަމެއް. މިކަމެއް ނުކުރާނެ އަވަހަކަށް. މުޅިންވެސް ދަޅަދަށްކަނީ؟ ދައުލަތުގެ ވަސީލަތްކާ މުވައްޒަފުން ބޭނުން ކޮށްގެން އަޙްމަދު ސަލީމް ކުރާ ކެމްޕޭން ހުށްޓާލަން ގޮވާލަން. ތީ މުޅިން ކޮރަޕްޝަން. ތިކަހަލަ ބަޔަކަށް ކިހިނެއް މަޖިލިސް ތެރެއިން ކޮރަޕްޝަން ހުއްޓުވޭނި؟