ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލާގައި ވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން މިހެން ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ހުރި ވެކްސިން ކުދިންތަކެއްގެ ގަޔަށް ޖަހާފައިވާ ކަމަށް "ސީއެންއެމް" އިން ރިޕޯޓު ކުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އެހާދިސާއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިނގާފައިވާ ހާދިސާއެއް ކަމަށެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެމައްސަލަ ބެލުމަށްފަހު ކަމާގުޅުންހުރި ފަރާތްތަކާ ވާހަކަދެކެވި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ވިދާޅުވިއެވެ.

ވިލިމާލެ ހޮސްޕިޓަލުން ވެކްސިންޖެހި ކުއްޖެއްގެ ބެލެނިވެރިއަކާ ހަވާލާދީ "ސީއެންއެމް" ގައި ބުނެފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ވެކްސިން ޖެހި ފަހުން ވިލިމާލޭގެ ގިނަ އަދަދެއްގެ ބެލެނިވެރިން ގެންގޮސް މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ޖެހުނުކަން ބެލެނިވެރިންނަށް ހޮސްޕިޓަލުގެ ފަރާތުން އަންގާފައިވާ ކަމަށެވެ. އޭގެ ފަހުން ވަނީ ރަނގަޅު ވެކްސިން ކުދިންނަށް ޖަހާފައި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ވިލިމާލޭ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެލެކްސް

    އޮޅުމަކުން ކަމެއް ހިގާފާނެ ނަމަވެސް މިރާއްޖެ ލީސްޓް ޑެވެލޮޕިންގ ކަންޓްރީސްގެ ލިސްޓުން މީގެ އެތައް އަހަރެއް ކުރިން ވަނީ ޕްރޮމޯޓް ވެފައި އަދި ސިއްހީ ބޭހުގެ ކެޓަގަރީ ބަދަލު ކުރަންވެފައި. އެހެނަސް އިންޑިއާ ދެކެނީ ރާއްޖެ އަކީ އެވެރިންގެ ކޮލިޓީ ދަށް ބޭސްތައް ޓެސްޓްކުރާ ލެބޯޓަރީ ކަމަށް ރާއްޖޭގައި އުޅެނީ ގިނީޕިގް ކަމަށް