ރައްޔިތުންގެ ހައްޤުތައް އަދާކުރެވޭނީ ޢިލްމީ، ޤާބިލް މެމްބަރަކު މަޖިލީހަށް ފޮނުވައިގެން ކަމަށާއި، އެފަދަ މެމްބަރަކަށް ވެވަޑައިގަންނަވާނެ ކަމަށް، ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން ގެނެސްދިން ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރައްޔިތުންގެ ހައްޤުތައް އަދާކުރެވޭނީ ޤާބިލް މެމްބަރުން އެތަނަށް ލެވިގެން. އަޅުގަނޑަށް މި ދަންމަރު ހަވާލުކޮށްފި ކަމަށްވާނަމަ އިރާދަކުރެއްވިއްޔާ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކު އަޅުގަނޑު މިކަން އަދާކޮށްދޭނީ. އަޅުގަނޑަކީ ކެނޑިޑޭޓު ނަމްބަރ އެކެއް. ޒުވާނުންނަށް މި ދާއިރާގައި އެބަޖެހޭ ވަޒީފާތަކެއް ކަނޑައަޅައިދޭން. ދާއިރާގެ ޒުވާނުން ކުށުގެ ވެށިން ރައްކާތެރިކޮށްދޭން މަސައްކަތް ކުރަން އެބަ ޖެހޭ." އިރުތިޝާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރު، އިޚްލާޞްތެރިކަމާއި އެކު މި ޤައުމަށް ޚިދުމަތް ކޮށްފައިވާނެ ކަމަށާއި، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުން އެދޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ޕީ.ޕީ.އެމް،

އިރުތިޝާމް އާދަމް، ސަޕޯޓަރުންނާއި އެކު

ޕީ.އެން.ސީން ތާޢީދު ކުރައްވާފައިވާ ކެނޑިޑޭޓެއް. އަޅުގަނޑަކީ ވޭތުވެދިޔަ 25 އަހަރު ވަރަށް އިޚްލާޞްތެރިކަމާއި ، ނަޒާހަތްތެރިކަމާއި، ތެދުވެރިކަމާއި އެކު މަސައްކަތް ކޮށްފައިވާ މީހެއް. އަޅުގަނޑު އަދާކުރި ހުރިހާ ވަޒީފާތަކުގައިވެސް އަޅުގަނޑު މަސައްކަތްކޮށްފައިވާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކު . އަޅުގަނޑު މި ނިކުތީ މި ދާއިރާގެ އަންހެން ބޭފުޅުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައިދޭން. އަންހެނުން ބާރުވެރިކުރުވުމަށް. ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ނިޞްބަތްވާ އަދަދު އިތުރުކޮށް، ޤާބިލް އަންހެނުންތަކެއް ނެރުމަށް ވަކާލާތު ކޮށްދިނުމަށް. ވަކާލާތު ކުރުމަށްޓަކައި އަޅުގަނޑަކީ ތަޢުލީމީ، ތަޖުރިބާ އާއި އަދި ޙިލްމު ލިބިފައިވާ މީހެއް. ކޮންމެ ބޭފުޅަކު މި ދާއިރާއަށް ވަޑައިގެން ގޮނޑިއެއްގަ އިންނަވައިގެން ދާއިރާއަކަށް ފައިދާއެއް ނުލިވޭނެ. ރައްޔިތުންނަކަށް ފައިދާއެއް ނުލިބޭނެ." އިރުތިޝާމް ވިދާޅުވިއެވެ.

ކުރިއަަށްއޮތް މަޖިލިސް އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އިތުރިޝާމް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަަވަނަ ދުވަހުއެވެ.