ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތް އެންޑް ސައުތް އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއަރ 2019" ގައި ދިވެހި ވިޔަފާރިތައް ބައިވެރިވުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފެއި ވަނީ، މިއަހަރުގެ ޖޫން މަހުގެ 12 އިން 18 އަށް ޗައިނާގެ ކުންމިންގ ގައި އޮންނަ މި ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެކަމަށް ހާއްސަކުރެވިފައިވާ ފޯރމް ފުރިހަމަކުރިމަށް ފަހު 07 އޭޕްރިލް 2019 އިން 11 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއަށް ފޯމް ހުށަހެޅުމަށެވެ. ފޯމް އީމެއިލް ކުރައްވާނަމަ މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.

މިފެއަރގައި ދިވެހި އުފެއްދުންތައް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުޞަތު ލިބޭނެއެވެ. މި ފެއަރގެ ސަބަބުން ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ދިވެހި އުފެއްދުންތައް ވާދަވެރި މާކެޓުތަކުގައި ވިއްކުމުގައި ފަސޭހަވެގެންދާނެއެވެ.

މިފެއަރގައި ބައިވެރިމުވަމަށް ހުށައަޅާ ފަރާތްތަކަކުން މިފެއަރގައި ބައިވެރިވުމުގެ ހަރަދު ހަމައްޖައްސަންޖެހޭނީ ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކަމަށާއި ނަމަވެސް މިފެއަރގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު