"ކަަސްތޮޅުން ނެއްޓެން" މި ސްލޯގަންގެ ދަށުން ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާހަދަ ކުރައްވާ ހުސެއިން އަސްލަމް ކަންބޮޑުވުންތަށް އޮޅުން ފިލުވަން ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރައްވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން 15 އަހަރުގެ ސިޔާސީ ތަޖުރިބާ އާއިއެކު ގައުމު އިސްލާހު ކުރަން ތަނަވަސް ވިސްނުމަކާއި އެކު މި ވަގުތު ދާއިރާގެ ރައްޔިތުންގެ އަރިހަށް ޒިޔާރަށް ކުރައްވަމުންދާ އަސްލަމް ވިދާޅުވީ، މިހާރު ދަނީ ދާއިރާގެ ގޭގެއަށް ގޮސް ޑޯޓު ޑޯ ހަރަކާތްތަކެއް ކަމަށާއި މި ޒިޔާރަތްތަކުން ރައްޔިތުންގެ ކަންބޮޑުވުންތަށް ވަރަށް ރަގަޅަށް ސާފުވަމުންދާކަމަށެވެ.

"ޑޯޓު ޑޯ ހަރަކާތުން ރައްޔިތުންގެ ވިސްނުން ހުރި ގޮތާއި ކުރިއަށް ރަގަޅު ކުރަން ބޭނުންވާ ކަންކަން ސާފު އެބަވޭ, މާޒީގައި ދާއިރާއަށް ވެފައި އޮތް ގޮތާއި މާޒީން ލިބުނު އިބުރަތްތަށް އަޅުގަނޑާއި އެބޭފުޅުން ހިއްސާ ކުރެއްވި،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި ޒިޔާރަތުގައި ރައްޔިތުންގެ ކަންބޮޑުވުން ތަކާއި ޝަކުވާތަށް އަޑުއަހައި އެކަންކަން ހައްލު ކޮށްދޭނެ ކަމަށް ރައްޔިތުންނަށް ޔަގީން ކަން އަރުވާފައުވާނޭ ކަމަށެވެ.

"ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އިރާދަ ކުރެއްވިޔާ ވަރަށް ރަގަޅު, އިރާދަ ކުރެއްވިޔާ މި ގޮޑި ތަނަވަސް އަގުލަބިޔާތަކުން ކާމިޔާބު ކުރާނަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާ އަކީ އާސަންދަ ލިބުމުގައި ދަތިތަށް ކުރިމަތިވާ މައްސަލަ ކަމަށާއި އިރާދަ ކުރެއްވިޔާ އޭދާ ހޮއްވިއްޖެ ނަމަ އާސަންދައަށް ސަލާން ޖެހުމުގެ ސަގާފަތް ނައްތާލާނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓް ނަންބަރު ތިނަކަށް ރައްޔިތުން ވޯޓް ދޭންވީ ސަބަބު ބަޔާން ކޮށްދެއްވަމުން އަސްލަމް ވިދާޅުވީ "އަމާނަތް ތެރިކަމާއި އެކު މިނިވަނެއްގެ ގޮތުގައި ހުރެ ރައްޔިތުންނަަށް ކަންކަން ކޮށްދެވޭނެ ކެންޑިޑޭޓް" އަކީ އޭނާ ކަމަށް ގަބޫލު ކުރާކަމަށެވެ.

"އަޅުގަނޑު ހޮއްވަވައިދެއްވައިފިޔާ މަޖިލިސް ތެރެއިން މެންބަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވާ މި ބަދަލުވުން ހުއްޓުވާނެ އިސްލާހެއް އަޅުގަނޑު މަޖިލީހަށް ހުށައަޅާނަން" އަސްލަމް ވިދާޅުވިއެވެ.