ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ޏ. ފުވައްމުލަކުގެ ރިންގްރޯޑު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

މިއީ ސަރުކާރުން 32،042،893،70 ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައިވާގޮތުން، މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެއެވެ.

މި މަޝްރޫގެ ދަށުން، ފުވައްމުލަކު ސިޓީގެ ރިންގްރޯޑުގެ 2.7 ކިލޯ މީޓަރުގެ ސަރަހައްދެއް ރަނގަޅު ފެންވަރަކަށް ހަދައި، މަަގު ބައްތި ޖަހާނެއެވެ. އަދި ސައިޑްވޯކް ގާއިމް ކުރާނެެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޭމުހައްމަދު ޝީރާޒް

    ތިޔައީ ވަރައްވެސް އުފާވެރި ޙަބަރެއް! ބަލަން ތިބެމާ!

    6
    1
  2. ޭމުހައްމަދު ޝީރާޒް

    އުފާވެރި ޙަބަރެއް!

    6
    1
  3. ރައްޔިތު

    ކިތަށް ފަހަރު ސޮއިކޮށްގެން ކުރެވޭ ކަމެއްބާ؟ ފަންޑު ހޯދާ ޖަމާކޮށްފަ ހުންނަތާ އެތަށް އަހަރެއް ވެއްޖެކަމަށް ވަނީ. އަނެއްކާވެސް ބަޔަކު މަޖިލިސް އިންތިޚާބާއި ދިމާކޮށް ސޮއެއް ކޮށްލީދޯ؟!