ފުވައްމުލަކު ރިންގްރޯޑުގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ 7:30 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެތެރެއިން އެކަކު ހޭނެތިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ހޭނެތުނު މީހާއަށް ސީރިއަސް އަނިޔާތައް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އަނިޔާވި ދެވަނަ މީހާގެ ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލް ކަމަށް ވެއެވެ.