މިދިޔަ ހޮނިހިރު ދުވަހު މާލޭގެ ފިހާރައެއް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފިހާރަ ފަޅާލައިގެން ފައިސާ ނަގާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން އެ ފިހާރައިން އޭނާ ވަނީ ބައިލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައެވެ.

މި މައްސަލައިގައި އެމީހާ ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ދިއުމުން ދިހަ ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ހޮނިހިރު ދުވަހު ފަޅާލާފައި ވަނީ ގަލޮޅުގައި ހުންނަ އެމްއޭ ސާވިސް ކޮމްޕްލީޓް ސޮލިއުޝަން ނަމަކަށް ކިޔާ ފިހާރައެކެވެ. އެ ފިހާރައިން ވަގަށް ނަގާފައި ވަނީ 2600 އެމެރިކާ ޑޮލަރާއި 13500 ރުފިޔާއެވެ. މި ފައިސާގެ ޖުމްލަ ޢަދަދު 53000 އަށް އަރައެވެ.

ފަހަކަށް އައިސް މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.