ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން ކަރަންޓްގެ އަގު ހެޔޮ ކޮށްފައިވާކަން ރައީސް ޞާލިހް މިއަދު އިއުލާން ކުރެއްވި ނަމަވެސް ކަރަންޓްގެ އަގަށް ގެނައި ބަދަލުގެ އަސަރު ކުރާނީ އަތޮތެރޭގައި ދިރިއުޅޭ އެންމެ ފަސް އިންސައްތަ މީހުންނަށް ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގައި ކަރަންޓް ބޭނުން ކުރާ މިންވަރުގެ ތަފާސް ހިސާބުތަކުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އިސް ބޭފުޅަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅުތެރޭގެ 95 އިންސައްތަ މީހުންނަކީ 400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުން ކުރާ މީހުންނެވެ.

"ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުންކުރާ ޔުނިޓްތަކުގެ އަގުތައް ވަނީ މާލެ އާއި އެއް ވަރަށް އަތޮޅުތެރެއަށް ކުޑަކޮށް، އެއްހަމަކޮށްފައި. އެފަހަރު ވެސް 400 ޔުނިޓްގެ ބޭންޑަށް ބަދަލު ނުގެނައީ އެއީ އާއްމު ގިނަ ރައްޔިތުން ބޭނުންކުރާ މިންވަރުގެ އަދަދަކަށް ނުވާތީ." ކުރީ ސަރުކާރާއި، މި ސަރުކާރުގައި ވެސް ހަކަތައިގެ ދާއިރާ އިން ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅާ ވިދާޅުވިއެވެ.

އަގަށް ގެނައި ބަދަލުގެ ސަބަބުން ކަރަންޓްގެ އަގު ހެޔޮ ވެފައި ވަނީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވި ބޭފުޅާ ވެސް ވިދާޅުވީ މާލޭގެ ގޭބިސީތަކަށް ވެސް ސަރުކާރުން ގެނައި ބަދަލުގެ އަސަރެއް ނުކުރާނެއެވެ.

"މިއީ އަގުހެޔޮ ވުމެއް ނޫން. މިއީ ރަށްރަށުގެ ވެސް އެންމެ ކުދި ވިޔަފާރިތަކަށް އަސަރު ކުރާނެ ބަދަލެއް ނޫން. މިކަމުގެ އަސަރު ކުރާނީ އަތޮޅުތެރޭގައި ވެސް ހުންނަ އެންމެ ބޮޑެތި ވިޔަފާރިތަކަށް." މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

ކަރަންޓްގެ އަގު މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން ހެޔޮ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ހެޔޮވި އަގުގެ ތަފްސީލެއް ނުދެއްވައެވެ.

ރައީސް ވިދާޅުވީ އައްޑު އާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައް ވެސް ވާނީ ކުޑަކުރެވިފައި ކަމަށެވެ.

"އަޅުގަނޑުމެން ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައް ވެސް އެއްހަމަ ކުރެވިފައި ވާނެ. މިގޮތުން އައްޑު އާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައް ވެސް ވާނީ ކުޑަކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ކަރަންޓްގެ އަގު ހުރިހާ އެންމެންނަށް ވެސް ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ސަރުކާރުން 100 ދުވަހުގެ ވައުދުތައް އާއްމު ކުރިއިރު ވެސް ލިސްޓް ކޮށްފައި އޮތީ "ކަރަންޓްގެ އަގު ހެޔޮކުރުމެވެ." ނަމަވެސް ކަރަންޓްގެ އަގަށް ގެނައި ބަދަލުގެ އަސަރު އާއްމު ރައްޔިތުންނަށް ނުކުރާނެކަން އެނގުމާއި އެކު ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރައްޔިތު މީހާ

    ހުރިހާ ކަމެއް ފުރީ ނުވާނެ ދޯ. މުސާރަ ބޮޑުކޮށަބަލަ ދެކޮޅު ޖެހޭ ވަރަށް. އެނިމުނީ

    27
    4
  2. އަހުމަދު

    ދެމެހެއްޓެނެވި ގޮތުގައި ކަރަންޓް ފޯރު ކޮށްދެވޭނީ ލިބޭ އެއްޗަކުން ދެކޮޅު ޖެއްސިގެން ސަރުކާރުން އަބަދު ކުންފުނިތަކަށް ފައިސާ އަޅަންޔާ ދުވަހަކުވެސް ކުންފުނިތަކަށް ހިންދެމިލައިގެން މަސައްކަތެއް ނުކުރެވޭނެ. މިޒަމާނުގައި ސަރުކާރުތައް ވެސް ހިންގަނީ ވިޔަފާރި މޮޑެލަށް އަގަށް ބަދަލް ގެންނައިރު ދުނިޔޭގެ އިގްތިސާދައި ތެލަށް އަންނާނެ ބަދަލް ވިސްނާންޖެހޭ.. ވިރިކަން ނެގެހެއްޓުމާއި ދެމެހެއްޓުމަށް ވެލްފެއަރ ގައުމަކަށް ވެގެން މިގައުމު މުސްތަގުބަލް ވަރަށް ބަނަ ވާނެ އެންމެނަށް މޮޅަށް ކިޔަވައި ދިނުމަކީ ވެސް ހެެދޭ ގޯހެއް މަސައްކަތު މާހަލުގައި އާދައިގެ ވަޒީފާ އަދާކުރާނެ މީހުން ނުލިބި މުޅިގައުމުގައި ބޭރު މީހުން ގިނަވުމަށް ހުޅުވޭ ދޮރެއް އެއީ މުސްތަގުބަލް ގައި އެންމެން ބޭނުންވާނީ ވައިޓްކަލަރ ޖޮބް އޭރުން މުޅި ގައިމުގައި ބޮޑެތި މައްސަލަތައް ނުކުމެ ކިޔަވަން ދެއްކި ދަރަނީގެ ފައިސާ ނުދެއްކި ސަރުކާރު ނުވަތަ އެކަމަށް އުފެއްދި ބޭންކް ބަގުރޫޓް ވާނެ..... އިނޓަރެސްޓް ކުޑަ ކުރިއަސް ލޯނު ނުދައްކާ މީހުން ދަނީ ހައްތަހާ ގިނަވަަމުން ދުވަސް ކޮޅަކުން ސަރުކާރަށް އޮބި އޮންނަ ކަމަކަށް ތިޔަކަން ނުވާނެ

    19
  3. މުޙައްމަދު ޢަރީފް

    ކަރަންޓްގެ އަގަށް ބަދަލު ގެނައިގޮތުން އަގު ހެޔަވާނީ ރާއްޖެތެރެޭގެ ރައްޔިތުންގެ ތެރޭ މަދުބަޔަކަށް އަދި ރީޑިންނެގުމުގައި ފުރަތަމަ ސަތޭކަޔުނިޓް ރަނގަޅަށް ނުހިނގާ 100 ޔުނިޓާ 200ޔުނިޓާ ދެމެދު ޔުނިޓްހިނގާ މީޓަރުތަކެއް ގޭގޭގައި ހުރުމަކީ އަދި މިއަށްވުރެބޮޑު މައްސަލައެއް އަޅުގަނޑުމެންރަށުން އެކަނިވެސް މަހަކު އެއްލައްކަރުފިޔާ އުސޫލާ ޚިލާފަށް ނެގޭކަމަށް ހިސާބުތަކުންދައްކާ މިކަން އަިސްލާޙްކޮށްފިނަމަ ދެރަމީހުންއަތުން ދޭންޖެހޭ ކަރަންޓްފީ ކުޑަވާނެ މިބަދަލާމެދު ވިސްނާނެ ކަމަށް އުއްމީދުކުރުން

    15
  4. ކަރީނާ

    ވަރިކަމަށްއަންނަންވެގެންވީވައުދު އެންމެންއުފާވެރިވާކަންތައް ހުރިހާއެންމެންގެ މުސާރަބޮޑުކޮށްދީބަލަ 400 ޔުނިޓަށްވުރެންމައްޗަށްކަރަންޓްބޭނުންކުރަނީ މުއްސަނދިން އެހެންވީމައި މުއްސަނދިންގެއިން ކަރަންޓް ބިލް ކުޑަވަނެ އާދައިގެދިރިއުޅުންއުޅޭމީހުންނަކަށް މިކަމުންވީފައިދާއެއްނެތް

    19
  5. އިއިއިޓްއިޓް

    ކަރަންޓުގެ އަގު ހެޔޮކޮށްފައިވާ ކަން ރައީސް އިއުލާން ކުރައްވައިފި ނަމަ އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ އަދި ވެސް ކަރަންޓްގެ އަގު ހެވެއް ނޫނޭ މާލެ ސަރަހައްދުގެ ވިޔަފާރި ތަކުން ނިކުންނަ ޕްރޮފިޓް މާރޖިން އާއި އަޅާ ބަލާއިރު އެމްޑީޕީގެ ވެރިކަމަކީ އެއީ މާލެ ސަރަހަައްދުގެ ވިޔަފާރިވެރިންގެ ވިޔާފަރި އަށް ވަރަށް ނުރައްކާތެރި ބަޔެކޭ އެމެން ރަށުތެރޭގައި އުޅޭ ދަ ބަނޑުއަކިރިން ބުނާ ގޮތަށް ހަދައިގެން ވިޔަފާރިވެރިން ފެލާލަން ދިމާކުރަމުން ދާއިރު ކޯޓާ އެއްވެސް ކޮޒް އެވްރީޓައިމް އައި ރީޑް ޔުއަރ މެސެޖްސް އިޓްސް ގިވިންގް ޝޮކިންގް ފީލިންގްސް ޓު ބިޒްނެސް ކޮމިއުނިޓީ އޮފް މާލެ އޭރިއާ އައި ވޮނާ ޔޫ ޓު ނޯ ނޯ ނޯ ނޯ އިޓް އައި ޑޫ އިޓް އައި ޑޫ އިޓް ރިމައިންޑް ޔޫ ސޯ އިޓްސް އިޓްސް އިޓްސް އޯލް ރައިޓް...

    5
    4
  6. ބުނެދީބަލަ

    ކަރަންޓްގެ އަގު އެކަނި ކުޑަ ކުރި ނަމަވެސް އަދި ރާއްޖޭގައި އިންފްލޭޝަން ދަށް ނުވާނެއޭ ރާއްޖޭގައި އިންފްލޭޝަން ދަށް ކުރުަމަށް ޓަކައި ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުކުރެއޭ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ފުރަތަމަ މީރާއިން ވިޔަފާރިވެރިން ލޫޓުވަމުންދާތީވެ އެކަން ހުއްޓުވަންވީއޭ ތަނަކަށް ބިލެއް ހަދައިފިނަމަ ވެސް އެބިލަށް ފައިސާ ނުލިބެނީސް އެބިލް ގައިވާ ޓެކްސް ފައިސާ ސަރުކާރަށް ދެއްކުން އެއީ ވައްކަން ކުރުން ނޫންތޭ އެއީ އުފުރާފައި ދޭ ފައިސާތޭ

  7. މަރިޔަމް

    95% މީހުންނަށްވެސް ކޮންމެ 100 ޔުނިތަކުން 12 ލާރި މަދު ވަާނެ.

    5
    15
  8. ކުޅުދުއްފުށީ މީހެއް

    ރާއްޖޭގައި ހުރިހާ ހިސާބެއްގައިވެސް ކަރަންޓް ޔުނިޓެއްގެ އަގަކީ އެއް އަގެއް ކަމުގައި ކަނޑަ އެޅީމައި ކަމެއް ކުރެވުން ކަމަށް ވާނީ، މި އަދި ހަމަ ކެމްޕެނަށްޓަކާ ހަދަިގެނ އުޅޭ މަކަރެއް.

    13
  9. ވެރިން

    ހުރިހާކަމެއް ފްރީ ނުކިރެވޭނަކަންއިންގޭ ކުނަފުނިތައް ހިންގޭނީ އކަށީގެން ވާ އެއްޗެއް ނަގާއިގެން ކަންވެސް އިންގޭ،މައްސަލައަކީ އިންތިހާބުތަކާ ދިމާކޮއްފަ މިކަހަލަ ސީދާ ރައްޔިތުންނާ ގުޅުން ހުންނަ ކަންތައްތައް ވޯޓުހޯދަން ހަތިޔާރަކައް ބޭނުން ކޮއްފަ އެކަންތައް ތައް ފުރިހަމަ ކޮއްނުދޭތީ.ވޯޓާ ދިމާކޮއްފަ ކޮއްދޭނަމޭ ބުނާ މިކަހަލަ ވާހަކަ ގަބޫލު ނުކުރަމާތޯ

    16
    • ޢެހެން ދޯ

      ގަމާރު ނަޝީދު ބުނާނެ ދީނީ ވާހަކައެއް ދައްކާއިރަށް ދީން ސިޔާސީ ހަތިޔާރަކަށް ހަދަނީއޭ. ޢެހެން ބުނާއިރު އިނތިޚާބަށް ޓަކައި ރައްޔިތުންނަށް ކުއްލިޔަަށް ފަހިކޮށްދޭ ކަން ކަމަކީވެސް މަގާމުގެ ނުފޫޒް ބޭނުންކުރުމުގެ ހުތުރު ޢަމަލު ނޫން ދެން ކޯއްޗެއް؟

  10. ނާން

    ދެންވާ ތިކަން ނުކުރިނަމަ ހުރީހީ ރަނގަޅަކަށްނު....

  11. ޗިއްލޫ

    އަމާބުނީތީ ފަރަށްދާއުސޫލުންތޯ؟؟ ވިޔަފާރި ވެރިން ކަލޭމެން ވެރިކަމަށްގެންނަން ސަޕޯޓްކުރީތީ ކުރިވެދުމެއްތޯ؟ ތިގޮތައްކަރަންޓްގެ އަގުހެޔޮކުރުމަކީ ކަރަޕްޝަަންނޫންކޯއްޗެއް؟؟؟

  12. Anonymous

    ހިލޭ ލިބުން އެހީތަށް ގެއަށް ދޯ ގެންދިޔައީ. މކމަހު މުސާރަ ލިބެންވާ ދުވަހު މުސާރަ ނުލިބުނޠ، ދައުލަތުގައި މުސާރަ ދޭވަރަށް ފައިސާނެތިގެން. މިއީ މިވޭތުވި 7 އަހަރު ތެރޭ ދިމާވި ަކމެއްމ
    ނޫން. ދޮގުހެދިވަރަކަށް ފަޅާ އަރަނީ.

  13. ކިނބޫ

    މިއަދު އަނެއްކާވެސް.....! މީގެ ކުރިންވެސް އޭނަ ބުނި ކަރަންޓުގެ އަގު ހެޔޮ ކޮށްފީމޭ. އެކަމަކު އަގަށް އައި ބަދަލެއް ދެނަހުރި މީހަކު ނެތް. މާދަމާ ބުނެފާނެ އެހެން ބުނެވުނީތީ ހިތާމަ ކުރަމޭ.

  14. ކިނބޫ

    ހިސާބު އަދަދުން ކިޔައިދޭން ނޭގެންޏާ އަނގަ ނުގަޅާ ހުރެބަލަ. ތަންފުކެއް ބޮޑުވަރެއްނު.

  15. ހަމީދު

    ފަގީރުންގެ ކަރަންޓް ބިލް އާއްމު ގޮތެއްގައި 400 ޔުނިޓް ނާރާއިރު ކުޑަ ރޭޓަކުން ނަގާތީ މިހާރު އެހެދިގޮތުން އެމީހުން ކިތަންމެ މަދުން ބޭނުން ކުރިނަމަވެސް 400 ޔުނިޓް އަރާމީހުންގެ ރޭޓަށް ބަދަލު ކުރުމުގެ ނަތީޖާ އަކަށްވީ އެމީހުންގެ ކަރަންޓްބިލުގެ އަގު ކުރިއަށްވުރެ ބޮޑުވުމެވެ. ނަމަވެސް 400 ޔުނިޓް އަށްވުރެ ގިނައިން ބޭނުން ކުރައްވާ ބޭފުޅުންނަށް ކަރަންޓް ބިލް އަގު ހެއުވުމަކީ ވެދާނެ ކަމެކެވެ.

  16. ހަމީދު

    400 ޔުނިޓަށްވުރެ މަދުން ބޭނުން ކުރައްވާފައިވާ ބިލްތަކަށް %5 ޑިސްކައުންޓެއް ދެއްވައިފި ނަމަ ރައްޔިތުންނަށް ހާމަވާގޮތަށް ހެޔޮ ކުރިވަރު ބިލުން ފެންނަން އޮންނާނެ. ދެފުއް ފެންނަ ހެޔޮވުމެއް ބިލުން އަދަދު ފެންނަން އޮތުމުން ކޮންމެމީހަކަށްވެސް ހިތަށް ފިނިކަމެއް ލިބޭނެ އެހެންނޫންތޯ