ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރުން އެކޯޓުން މަނާކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ ހުސްނުއް ސުއޫދު ސަސްޕެންޑް ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހުށަހަޅާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން 18 މާޗްގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމާއި ގުޅޭ ގޮތުން މީޑިއާގައި ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ކަމަށެވެ.

އެވާހަކަތަކުގެ ސަބަބުން މިމައްސަލަ އާއި މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދިފައިވާކަމަށް ބެލެވޭތީ އާއި އާންމު މީޑިއާ މެދުވެރިކޮށް މިމައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާތީ އާއި ކުރިމިނަލް ކޯޓާއިި ކޯޓުގެ ގާޒީންނާއި މެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭނެހެން ހަޤީޤަތާ ހިލާފު މައުލޫމާތު މީޑިއާއަށް ދީފައިވާ މައްސަލަ އާއި ގުޅިގެން ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވި ޗިޓާއި ހަވާލުވުމަށް ފަހު ހުސްނުއް ސުއޫދު ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވިއެވެ.

އެހެންކަމުން މިމައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޫކޮށްލާފައި ވާތީ ކުރިމިނަލް ކޯޓުން ބަލަމުންދާ މައްސަލަ ބަލައި ނިމެންދެން މިއަދުން ފެށިގެން ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުން ބަލައި ނުގަންނަން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    އެއްވެސް ކޯޓެއްގެ ވަކާލާތު ކުރާ ވަރަށްވުރެ މާ ހަޔާތް ކުޑަ މީހެއް އެއީ. މީހެއްގެ މޫނަށް ކުޅު ޖެހި މީހެކޭ ތީ. ދެން ކޮން ވަކާލާތެއް ކުރެވޭނީ މިފެންވަރު މީހުންނަށް.

  2. ފާތުން

    މިރާއްޖޭގެ އެންމެން ބަންދުކުރޭ...... ދުވަހެއް އަންނާނެކަން ހަދާން ކުރޭ.... 30 އަހަރުގެ ވެރިަކންވެސް ނިމުނުކަން ހަދާންކުރޭ.....

  3. މުޙައްމަދު

    ސުޢޫދަކީވ.ދިގުއަތެއްހުންނަމީހެއް.ހުރިހާޤާނޫނެއްހުންނާނީއޭނާގެއަތްދަށުގައި.

  4. ފާތުން

    ތީ މާކުރިންވެސް އިނގޭ ކަމެއް، މަގޭ ފިރިމީހާ ތި އިންޓަވިޔު އަޑު އަޙަފަބުނި ޔަގީނޭ މާދަން ވާކާލާތުނުކުެވޭ ގޮތަށް ހަދާނޭ. މި ހާރު ތި ކޯޓް ތަކަކީ ވެސް އެއްވެސް އަގެއް ހުރިތަން ތަނެއްނު.

  5. ފުވައްމުލަކު މީހާ

    ތިކަން ކުރަން މާބޮޑަށް ލަސްވެއްޖެ. ތީ މުޅި ރާއްޖޭގެ ކޯޓުތަކުން ސަސްޕެންޑް ކުރަން ޖެހޭ މީހެއް.

  6. އަހަރެން

    ސަހަރޯއެ ހީވޭ!