ކުރީގެ ރާއީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގައި އެއްވެސް ހެއްކަކަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށް ދައުލަތުންނާއި ފުލުހުން، ހައިކޯޓުގައި އިއުތިރާފް ވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީން ބަންދު ކުރުމަށް އަމުރުކުރީ، މަނީ ލޯންޑަރިންގެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ.

ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން ކުރި 14 ސަފުހާ ދިގު ހުކުމުގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ސަފަހީ ހެއްކަކަށް އިސްތިއުން ކުރާ ފަރާތުން ނުފޫޒު ފޯރުވާފައިވާ ކަމުގެ އެއްވެސް މިންވަރެއްގެ ހެއްކެއް ލިބިފައި ނެތް ކަމަށް،"ޝަރީއަތުގެ މަޖިލީހުގައި ދައުލަތާއި، ފުލުހުން ވިދާޅުވި ވެފައިވެއެވެ.

ނަމަވެސް، ފުލުހުން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް، ދައުލަތުންނާއު ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް، ރައީސް ޔާމީން ހައިކޯޓުގައި ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ހައިކޯޓުގެ ހުކުމުގައި ވިދާޅުވި، ވެފައި ވަނީ ދައުލަތުންނާއި ފުލުހުން ދެވަނަ މައްސަލައިގައި އެގޮތަށް، ހައި ކޯޓަށް މައުލޫމާތު ދެއްވި ނަމަވެސް، ކްރިމިނަލް ކޯޓުން ރައީސް ޔާމީން ހައްޔަރުކުރަން އަމުރުކުރީ ދެ މައްސަލައިގައި ހިމެނޭ ހެކިންނަނަށް ރައީސް ޔާމީން ނުފޫޒު ފޯރުވާ ކަމަށް ފުލުހުން މެދުވެރިކޮށް ޕީޖީ އޮފީ އޮފީސްއިން ހުށަހަޅާފައިވާ އިންޓަލިޖެންސް މައުލޫމާތުތަކާއި، ހެކިތަކުން އިނގޭތީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

"އިސްތިއުނާފް ކޮށްފައިވާ ކޯޓު އަމުރުގައި ހިމެނޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ހެކި ނެތް ކަމަށް، ދައުލަތުގެ ފަރާތުންނާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ދިވެހި ރާއްޖެގެ ހައި ކޯޓުގައި ބުނެފައިވާތީ، ގާނޫނޫ ނަންބަރު 12/016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) 60 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ މާއްދާގެ ދަށުން މަނީ ލޯންޑަރިން މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބަޔާންކޮށް، ބަންދު ކުރުމުގެ އަމުރު ނެރެވެން ނެތް ކަމަށް ޝަރީއަތްތައް ގަބޫލު ކުރެވޭ، "ހައި ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ މަނީ ލޯންޑަރިން މައްސަލައިގައި، ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން ހާޒިރުކުރި ފަހުން އެ މައްސަލައިގައި އެއްވެސް އަޑު އެހުމެއް ބާއްވާފައި ނުވާ ކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ޝަރީއަތް ކުރެވޭ މައްސަލައެއްގައި މީހަކު ބަންދުކޮށްފި ނަމަ، ޝަރީއަތުގެ އަޑުއެހުންތައް މެދުނުކެނޑި ކުރިއަށް ގެންގޮސް، ގަބޫލުކުރެވޭ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިމުމަށް، ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގައި އޮއްނަކަން ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގެ ހުކުމްގައި އިތުރަށް ވިދާޅުވެފައި ވަނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ހައްޔަރުކުރެވިދާނެ ކަމަށާއި، ހައްޔަރުކޮށްފިނަމަ ބަންދާއި މެދު ގޮތެއް ނިންމަން 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެމްއެމްޕީއާރްސީ މައްސަލާގައި "މި ދެންނެވި އިޖުރާއަތުތައް" ފުލުހޖް ފުރިހަމަކޮށްފައެއް ނުވޭ". ހައިކޯޓުގެ ހުކުމްގައި ވެއެވެ.

އަދި ބަންދު ކުރަން އަމުރުކުރިއިރު، ހުކުމްގައިވާ މަނީ ލައުންޑަރިންގ މައްސަލާގައި ހެކިންނަށް ނުފޫޒި ފޯރުވާތީ ބަންދުގައި ބެހެއްޓެނީވެސް ގިނަ ވެގެން 30 ދުވަހަކަމަށް ވާތީ، މި މަހުގެ 18 ވަނަ ދުވަހުގެ 15:54 އަށް 30 ދުވަސް ހަމަވެފައި ވާތީ ރައީސް ޔާމީން ވަގުތުން މިނިނަވަން ކުރުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޔާމީން ހައްޔަރު ކޮށްފައި ބަހައްޓަން ނެރުނު އަމުރު އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގަތުމުން ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ފެބްރުއަރީ މަހުގެ 18 ގައެވެ. ނަމަވެސް މާޗް 13 ވަނަ ދުވަހު ޑޮކްޓަރުގެ ލަފާގެ މަތިން ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ދައުވާ އުފުލިތާ ދެ މަސް ދުވަސް ވާން ކައިރިވާއިރު ވެސް އެމައްސަލައިގެ އަޑުއެހުމެއް އަދި ބާއްވާފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީން ބަންދު ކުރުމަށް އަމުރުކުރީ، މަނީ ލޯންޑަރިންގެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮޑުދުފާ

    ޔާމީނު ބަންދު ކުރީ އިބޫގެ އޯޑަރަށް 100ދުވަހުގެ ވައުދު ފުއްދުމަށް ފުލުހުންނާ ޕީޖީ ގުޅިގެން.

    87
    1
    • ރައްޔިތުން ވާނުވާގަ

      ފުލުހުން ގާނުނާ ޚިލާފަށް ، ޕްރެސެކިޔުޓަރ ޖެނެރަލް ގާނުނާޚިލާފަށް ކުރާ ކަންކަމުގެ ޙައްޤު އަދަބު ދޭންޖެހޭނެ. ޢެކަމަށް ބާރުއަޅަން. ޢެއްވެސް ހެއްކެއްނެތި ދިވެހި ރައްޔިތުން ހިފާ ހައްޔަރުކުރީ ރަން 30ގަ. ޢެކަު ރަން 30 ހަށް ހަޖޫޖަހާފަ އައި ވެރިކަމުގަ އަނެއްކާވެސް އެކަން ތަކުރާރުވަނީ... މި ރަން ރީނދޫ ކުލަޔަށް ހީވަނީތަ އަދިވެސް ދިވެހިން ވަރަށް ގަމާރޭ... ؟؟؟ ޙެހheހ އެއީ މާޒީ. ޢެކަމެއް ނުވާނެ.

      37
  2. ާއައިސަ

    ޓިކިޔަނީީކީކޭތެ އެބައެނގޭތަ ކިޔޭއެއްޗެއްވެސް ބޮޑުބަދިވަރެއް އެމުނިގައިމުދޯ މިހާރުކާކު ތިހެންކީ ހަމަލަދުވެސް ނުގައްނަނީދޯ ކުރިންވެސް ހަމަތިޔަބައިމީހުން ނޫންތޯ ޔާމީނޭ ކިޔައިގެން ދޮގުވާހަކަ ދައްކާފަ އަސްލު ނުހައްޤުން ދެވުނު އަދަބަކަށްވާނީ މިއޮއްހުރިހާދުހު ޖަލައްލާފަ

    25
  3. ާއަލީ

    ތެދެއްތީ

    23
  4. މނ

    މި 5 އަހަރު ނިމޭއިރައް އިބޫ ޖަލައް ދާން ތައްޔާރު ވޭ.

    37
    1
  5. ޤައުމު

    އިންޝާ ﷲ ތެދުވެރި އިހްލާސްތެރި މީހުނަށް ދެރަގޮތެއް ﷲ މިންވަރު ނުކުރައްވާނެ. މިއަދުމީ ރައީސް ޔާމީންއާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް އުފާވެރި ދުވަހެއް. ބަޔަކުމީހުން ކިތަންމެ ހަސަދައެއް ލިޔަސް ރައީސް ޔާމީން އަކީ މިޤައުމުގެ ތަަރައްގީގެ ބާނީ.

    56
    1
  6. ޓެކުސީ

    ތަރައްގީގެ ބާނީ ރައީސް ޔާމީން ހާސްނުވާތި އަޅުގަނޑުމެން މިތިބީ ރައީސްޔާމީން އާއިއެކު ﷲގެ ރަހުމަތުން ވަގުސަރުކާރު ވެއްޓޭކަށް މާގިނަދުވަހެއް ނެތް .

    12
    2
  7. ނާނު

    ވަގުއިބޫގެ ވަގުވޯޓުގެ ހުރިހާ ޖަރީމާއެއް ހިންގި ފަރާތްތަށް ސަރީއަތަށް ހާޒިރުކުރެވޭނީ މިފަހަރުގެ މަޖިލިސް އިންތިހާބު ނިމުމުން މިކަންތަށް މިހާރުދަނީ ކުރެވެމުން ރައްޔަތުން އެދުވަހަށް ތައްޔާރުވޭ އުފާވެތި އެދުވަހަށް ތައްޔާރަށް ތިބޭތި އިންޝާ ﷲ.

    1
    1