ދިވެހިރާއްޖެއިން ޖަރުމަންވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސީވީޑް އަހުމަދު ލަތީފް ޖަރުމަންވިލާތުގެ ވަރަށް އިސް ފާދިރީއަކާއި ބައްދަލުކޮށްފިއެވެ.
ސީވީޑް ލަތީފް ކްރިސްޓިއަން ދީނުގެ އިސް ފާދިރީ އަކާއި އެކު ބޭއްވެވި ބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް "ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ސީވީޑް ލަތީފް ބައްދަލު ކޮށްފައި ވަނީ ޖަރުމަންވިލާތުގެ ކެތަލިކް ޗާޗެއްގެ އިސް ފާދިރީއެއް ކަމަށްވާ ނިކޮލާ އެޓެރޮވިކް އާއި އެވެ. އަދި އޭނާ އަކީ ވެޓިކަން ޗާޗް އިން ޖަރުމަންވިލާތައް ކަނޑައަޅާފައި ހުންނަ އިސް ފާދިރީއެވެ. ނިކޮލާ އަކީ ކްރޮއޭޝިއާ މީހެކެވެ. ޖަރުމަންވިލާތުގެ ކެތަލިކް ޗާޗްގެ އިސް ފާދިރީ ކަމަށް އޭނާ އައްޔަން ކުރީ 2013 ވަނަ އަހަރު އެވެ.
އިންޓަނެޓްގެ އިތުބާރު ހިފޭ ވެބްސައިޓްތައް ބުނާ ގޮތުން ނިކޮލާ ވަނީ ކްރިސްޓިއަން ދީނުގެ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައެވެ. އޭނާ މިހާރު ވެސް ގެންދަނީ ކްރިސްޓިއަން ދީން ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރުމުގައި އިސް ދައުރެއް އަދާކުރާ ކްރިސްޓިއަން ދީނުގެ އިސް ދެ އިދާރާއެއްގައި މަސައްކަތް ކުރަމުންނެވެ.
ސީވީޑް ލަތީފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅާފައި ހުރި ސަފީރެވެ. އޭނާ ވަނީ ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގެންނެވުމުން ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.
ރައީސް ޞާލިހްގެ ސަރުކާރުން އެންމެ ފުރަތަމަ ސަފީރުކަން ދެއްވި ބޭފުޅުންގެ ތެރޭގައި ސީވީޑް ލަތީފް ހިމެނެއެވެ. މައުލޫމާތު އެނގޭ ބައެއް ބޭފުޅުން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައިވާ ގޮތުގައި ސީވީޑް ލަތީފަކީ ރައީސް ޞާލިހްގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބެ އެވެ.
މިހިރަ ފެންނަނީ އެޖެންޑާ 19 ގެ ވައުދުތައް.
އެޖެންޑާ 19 ގެ ފުރަތަމަވައުދު، އިސްލާމީ މަރުމަޒާ.ޖެހިގެން އޮތްބިބް. ދިރާގު ކުރިން ހިންގި ބިމުގައި ޗާޗް އެޅުން.
އެޖެންޑާ ނަވާރަ އަކީ ދިވެހިންނަށް ހުރި ބޮޑު ނުރައްކަލެއް
ފައްޅި އެޅުމުގެ ޕްލޭންތައް ކުރަނީ
ޙަސަން ލަޠީފުގެ ބޭބެ އިތުރަށް ޑިފެންސް މިނިސްޓަރ މާރިޔާދީދީގެ ޅިޔަނު ވެސްމެ. މާރިޔާގެ ދައްތަޔަކާ ލަޠީފް އިނދެގެން އުޅެނީ.
ތިޔައީ ނަސިދު މެޖޯރިޓީ ހޯދާވާހަކަ ކިޔާ ކަންތަކުގެ ބޮޅެއް.
ކަންނެލި އޮޑި ޝޭހުމެން ބުނީ ދުޢާ ކުރެއްވި ފަދަ ވެރިޔެކޯ. ޢެހެންވީމާ ގޯސް ނުހަދާނެ ނުން.
ތީ ހައިރާންވާވަރުގެ ކަމެއްނޫން....ގަސްގަހުގަ މާފޮޅޭކަން އަހަރެމެން ދަންނަމު...
ކުރިސްތިއަނެއް ވިއްޔާ މިސަރުކާރު ވަރައްފަރިތަވާނެ!!
ވަރައް ފުރިހަމަވިސް ޔާމީން ކިޔާ މީހަކު ލަންކާ ފާދިރީއެއް ވަޒީފާ ދީގެން ގެންގުޅުން ވާހަކަޔާ ވަހީދު ރަވީ ރަވީ ސަންކަރު ގެނެސް ރައީސް އޮފީހުގަ ގެންގުޅުނު ވާހަކަ އިތުރުކޮއްލި ނަމަ.
އަދި މާ ފުރިހަމަ ވީސް ޔާމީނުގެ ފާދިރީ އޭ ތިކިޔާ މީހާ ރިޔާސީ އިންތިޚާބުގަ ކިނބޫ އަށް ވޯޓް ދޭށޭ ބުނި ވާހަކަ ލިޔެލިނަމަ. އަދި އޭނަ މާލެ އައިސް އިންތިޚާބު ތެރޭ އުޅުނީ މަހްލޫފް ގޭގައޭ ބުނެލިނަމަ. މާ އެނގޭ މީހަކަށް ވެގެން އެބަ ކޮމެންޓް ކުރެއެއްނު. ތިފާދިރީންތައް ސަޕޯޓް ކުރަނީ އެއްބަޔަކަށް އަބަދުވެސް. އޭރުވެސް މިހާރުވެސް. ހީނުކުރާތި އެންމެންނަކީ މޮޔައިންނޭ.
ތިޔަކަމާ އެއްޗެއް ބުނަން ގަންނަނީ ލަދު 4 ކަށިމަތި މާލޭގެ އުސްއިމާރާއް ތަކާ ބިއްލޫރި ފެންނަ މީހާގެ ބޭބެތާ ތީ ތިޔަމީހުންގެ ތިޔަމީހުންގެ އަޖެންޓް 19 މަދުމަޑުން ފަޅާ އަރަމުން ރަށްޔަތުންނަޢް އިނގެމުންމިދަނީ މާތް ﷲ ތިއެންމެން ފަލީހަތް ކޮއްދެއްވާ ރަށްޔަތުންނަށަ ހޮޔޮވިސްނުންދެއްވާށި އާމީން މިައނިޔާވެރި އެޖެންޓް 19ގެ ކިބައިން މިގައުމު ސަލާމަތް ކުރަށްވާ ފާންދޭވް އާމީން ކީކޭތޯ ދަންނަވާނޫ އެމީހަކަށް ދައްކަވަން ހުރުކަމެއް ދައްކަވާފަ އޭމަރުގަންނަވާނޫ މުސްކުޅިން ބުނޭ
ތިގޭގަ ނުހުންނާނެ ރަގަޅު އެކަކުވެސް.
ހަސަނެއް އެހެން މީހެއް ކިޔާނެ ކަމެއް ނެތް.
ވައުދާ އަހްދުގެ މަތިން ދެން ފެންނާނީ ރާއްޖޭގައި ފައްޅި އަޅާތަން.
ރައްޔިތުންނޭވެ. ރާއްޖެ މިވެރިންގެ އަތްދަށުން ސަލާމަތްކުރައްވާންދޭވެ.
އެޖެންޑާ 19 ގެ ބިރުވެރި ފަރާތުން އެތިފުކެއް މިއީ!!
ބިރުން ފިތްކެނޑޭވަރު ވެއްޖެ. ދެން ރާއްޖެއަކު އިސްލާމީ އަގީދާއެއް ހަރެއް ނުލާނެ. އެންމެން ނިކަން ފާރަވެރިވެ ބޮނދާ ތިބޭ.
އެޗެންޑާ 19
އަސްތާ! އެޖެންޑާ 19 އަންނަން އެ ތައްޔާރުވަނީ!
އެޖެންޑާ 19
ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބޮޑު ވަގަކާ ބައްދަލުކޮށްފި
ޗިޗަންޑާ އޮނަވިހީގެ ދަށުން ތިފެންނަނީ ނަޒާހައްތެރިކަން ހުރިހާ ށޭހުން ގަދަނިދީގަ އެވެރިން ހޭލާނީ ދީފަހުރި ފައިސާހުސްވީމަ
ހަސަނާ މިއީ ކޮންކަމެއް؟އޖނޑ 19 އަށް ފާއިސާކޮޅެއް ހޯދަންތަ؟
މި މައްސަލަ މިހާރުން މިހާރަށް ބަލަން ޖެހޭނެ
ކޮންކަމަކާ ކީއްކުރަންކަން އެ ފާދިރީ މީހާ ބައްދަލުކުރި ހައިސިއްޔަތު އޮޅުންފިލުވަންޖެހޭނެ.
ތިޔަ ފާދިރީން ލައްވާ ހެދި ސްޓިކަރ ކެމްޕޭނުގަ ބޭނުންކުރީ.. އެއީ ވަރަށް ނުރައްކާތެރި ސްޓިކަރ އެއް. ދޯންޏަކާ ރައްޖޭގެ ރައްތަކުގެ ޗާޓް ހިމަނައިގެން އޮޅުވާލުންތަކެއް ދައްކާފަ ހަމަސިހުރު ހަދާފަހުރިކަމަށްވަނީ.